ޒައިކާގެ ބިރިޔާނީ ދޮލަނގުގެ ރަހަ ބަލައިފިންތަ؟

ޒައިކާގެ ބިރިޔާނީ ދޮލަނގުގެ ރަހަ ބަލައިފިންތަ؟

ޕާކިސްތާނު ކުކުޅު ބިރިޔާނީ ދޮލަނގެކެވެ. ޕާޕަރާއި، ސޮފްޓު ޑްރިންކާއި ގުލާބުޖާމު ތަށްޓެއް ވެސް ހުއްޓެވެ. އިތުރު އެއްޗަކަށް އެދޭ ވަރަށް ވުރެ، އަރައިގަތް ވަހުގެ ހިތްގައިމުކަމާއެކު ކާހިތް ވެއްޖެ އެވެ. މިއީ ހަމައެކަނި އަހަރެންނަށް ކުރެވުނު ތަޖުރިބާއެއް ނޫންކަން, އެކު ދިޔަ އެކުވެރިން ވެސް އުޅުނު ގޮތުން އެނގުނެވެ.

މިއީ, މާލޭގެ ބޮޑުފުންގަނޑު މަގުގައި ހުޅުވާފައިވާ ޕާކިސްތާނު ކެއުމަށް ހާއްސަ ރެސްޓޯރަންޓު، ޒައިކާ (Zaiqa) ގެ ބިރިޔާނީ ދޮލަނގެވެ. މާލޭގައި މިގޮތަށް ބިރިޔާނީ ދޮލަނގު ތައްޔާރުކުރާ ހަމައެކަނި ރެސްޓޯރަންޓެވެ.

ކުކުޅު، ބީފް، މަޓަން، އަދި ފިޝް ބިރިޔާނީ ދޮލަނގު ޒައިކާއިން ލިބެން އެބަ ހުއްޓެވެ. އޭގެ ދޮލަނގަކުން ހައެއްކަ މީހުންނަށް ރަނގަޅަށް ކެވޭނެ އެވެ. މި ދޮލަނގު، އުރުދޫ ބަހުން ނަމަ ސަވާންގެ މަގުބޫލްކަން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

Advertisement

"މި ބިރިޔާނީ ދޮލަނގު މިހާރު ސަރުކާރާއި އަމިއްލަ އޮފިސްތަކަށް ވެސް އެބަ ގެންދޭ. ޕިކްނިކް ދާއިރު، ކުޑަގިރިއަށް ދާއިރު، އަދި އާއިލީ ކެއުންތަކަށް ވެސް އެބަ ގެންދޭ،" ޒައިކާ ރެސްޓޯރަންޓުގެ އާއިދު ބުންޏެވެ.

މިހާރު ވެސް ހުކުރު ދުވަހުގެ މެންދުރު ކެއުމަށް މި ބިރިޔާނީ ދޮލަނގު ގެންދެ އެވެ.

ބިރިޔާނީ ދޮލަނގަކަށް އޯޑަރުކޮށްފި ނަމަ، ވަރުގަދަ، ރީތި އެ ދޮލަނގު ހިލޭ ލިބެ އެވެ. ދޮލަނގު އަނބުރައި ފޮނުވައިފި ނަމަ ލިބޭ ޕޮއިންޓަށް، ދެން ކުރާ އޯޑަރަކުން ޑިސްކައުންޓު ލިބެ އެވެ.

ހުސް ދޮލަނގަށް ޕޮއިންޓު

ހުސް ދޮލަނގު އަނބުރައި ފޮނުވައިފި ނަމަ ކޮންމެ ދޮލަނގަކަށް 50 ޕޮއިންޓު ލިބޭނެ އެވެ. 100 ޕޮއިންޓު ހަމަކޮށްފި ނަމަ ދެންކުރާ އޯޑަރަކަށް 100ރ. ގެ ޑިސްކައުންޓެއް ލިބޭނެ އެވެ. 200 ޕޮއިންޓު ނަމަ 200ރ. ޑިސްކައުންޓެއް ލިބޭނެ އެވެ.

titledesc

ޒައިކާގައި ޕާކިސްތާނު ބިރިޔާނީ ތައްޔާރު ކުރަނީ ޕާކިސްތާނުގެ ރެސްޓޯރަންޓުތަކުގައި އުޅެ ތަޖުރިބާ ލިބިފައިވާ ޝެފެކެވެ. ޕާކިސްތާނު ބިރިޔާނީގެ ހިތްގައިމު ވަހާއި، ޖާދުވީ ރަހަ، ޒައިކާއިން ތަޖުރިބާ ކޮށްލެވޭނެ އެވެ.

އޯޑަރު ކުރަން ގުޅާނީ: 3312311, 7532311

ފޭސްބުކް: https://www.facebook.com/zaiqamv/

އިންސްޓަގްރާމް: zaiqamv

ފަހުގެ ޚަބަރު

އޭއައި އިން އުރަމަތީގެ ކެންސަރު ދެނެގަތުމުގެ ބޮޑު ދިރާސާއެއް

އޭއައި ބޭނުންކޮށްގެން އުރަމަތީގެ ކެންސަރު ދެނެގަތުމަށް އިނގިރޭސިވިލާތުގައި ކުރިއަށްގެންދާ ދުނިޔޭގެ އެންމެ ބޮޑު ދިރާސާގައި 700,000 އަންހެނުން ބައިވެރިކުރުމަށް ވަނީ ނިންމާފައެވެ. "އީޑިތު" ގެ ނަމުން ނަންދީފައިވާ މި ދިރާސާގެ މައިގަނޑު މަގްސަދަކީ މެމޯގްރާމްތައް ބެލުމުގައި އޭއައި ބޭނުންކޮށްގެން ބަލި ދެނެގަތުން އަވަސްކުރުމާއި، ސިއްހީ މުވައްޒަފުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމެވެ.

މައިލީ ސައިރަސް އާއި މެކްސް މޮރާންޑޯ ކައިވެނިކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އާއި ޑްރަމަރު މެކްސް މޮރާންޑޯ، ހަތަރު އަހަރުގެ ލޯބީގެ ގުޅުމަކަށްފަހު ކެލިފޯނިއާގެ ރިސޯޓެއްގައި ކައިވެނިކޮށްފިއެވެ. އާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިން ބައިވެރިވި މި ހަފުލާގައި މައިލީ ފެނިގެންދިޔައީ ހުދުކުލައިގެ ސިލްކް ހެދުމެއްގައެވެ.

ޖީޓީއޭ 6 ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރު

ޖީޓީއޭ 6 ބާޒާރަށް ނެރުނު ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، މުނިފޫހިފިލުވުމުގެ ދާއިރާގެ ހުރިހާ ރެކޯޑުތަކެއް މުގުރާލައިފިއެވެ. މިއީ މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފެއްދި ގޭމަށްވާއިރު، މި ކާމިޔާބީއާއެކު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކާއި މި ސިލްސިލާގެ ކުރީގެ ގޭމްތަކުގެ ރެކޯޑުތައް ވެސް ވަނީ ފަހަނައަޅައި ގޮސްފައެވެ.

އިންޑިއާގައި ޕާފޯމްކުރުމަށް ދިވެހި ބޭންޑު "ހީރަޕަންނާ" ފުރަނީ

އިންޑިއާގެ އައިސީސީއާރުގެ ދައުވަތަކަށް އެ ގައުމުގެ އެކި ސިޓީތަކުގައި ޕާފޯމްކުރުމަށް ރާއްޖޭގެ މިއުޒިކް ބޭންޑް "ހީރަޕަންނާ" ފުރަން ތައްޔާރުވެއްޖެއެވެ. މި ދަތުރުގައި ލަކްނޯ، ކަޓަކް، ކަޗް އަދި ނިއުދިއްލީގައި ދިވެހި ސަގާފީ އަދި ޒަމާނީ މިއުޒިކް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ދިވެހި މިއުޒިކް އިޝްތިހާރުކޮށް، އެ ބޭންޑުގެ ފުރަތަމަ އީޕީ ނެރުމާ ދިމާކޮށް ލިބުނު މުހިންމު ފުރުސަތެކެވެ.

ސްރީލަންކާގައި އައިސްކްރީމްގެ ފެންވަރު ބެލުމުގެ އިންސްޕެކްޝަނެއް

ސްރީލަންކާގައި އުފައްދާ އައިސްކްރީމްގެ ފެންވަރު ބެލުމަށާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ޚާއްސަ އިންސްޕެކްޝަންތަކެއް ފަށައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސިއްހީ މިންގަނޑުތަކަށް ނުފެތޭ ތަކެތި ދެނެގަތުމާއި، އައިސްކްރީމްގެ ނަމުގައި އޮޅުވާލައިގެން "ފްރޯޒަން ޑެޒާޓް" ވިއްކުން ހުއްޓުވައި ކުންފުނިތަކުން ގާނޫނަށް އަމަލުކުރާކަން ކަށަވަރުކުރުމެވެ.

ކެތުރިންގެ ކެންސަރުގެ ތަޖުރިބާތަކާއެކު 'ހީލް' ބީބީސީއަށް

ޕްރިންސަސް އޮފް ވޭލްސް ކެތުރިންގެ ކެންސަރު ބަލީގެ ތަޖުރިބާތަކާއި ނަފްސާނީ ގޮތުން އައި ބަދަލުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "ހީލް" ޑޮކިއުމެންޓްރީ މި މަހުގެ 29 ގައި ބީބީސީން ދައްކާނެއެވެ. މި ފިލްމުގައި ބަލިން ފަސޭހަވަމުން އައި ދުވަސްވަރުގެ އިހުސާސްތަކާއި، ގޮންޖެހުންތަކާ ކުރިމަތިލުމަށް ކުރެއްވި "ތްރީ ޕީކްސް ޗެލެންޖް" ގެ މަންޒަރުތައް ފުރަތަމަ ފަހަރަށް އާންމުންނަށް ފެނިގެންދާނެއެވެ.

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

Newsletter

Get the latest news delivered straight to your inbox