ސުޕްރީމިއޯ ޕޮޕްކޯން: އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ރާއްޖެއަށް ގެނެސްދިން ތަފާތު ތަޖުރިބާއެއް

އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ވިއްކާ ސުޕްރީމިއޯ ޕޮޕްކޯން -- ފޮޓޯ: އޭޑީކޭ ޖެނެރަލް ޓްރޭޑިން

އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ވިއްކާ ސުޕްރީމިއޯ ޕޮޕްކޯން -- ފޮޓޯ: އޭޑީކޭ ޖެނެރަލް ޓްރޭޑިން

އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ރާއްޖޭގެ މާކެޓަށް ތައާރަފުކޮށްފައިވާ ސުޕްރީމިއޯ ޕޮޕްކޯނަކީ ކާލަން ތައްޔާރަށް ހުންނަ، އެކި ރަހަތަކުގެ މީރު ޕޮޕްކޯނެވެ.

ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް އެއްވަރަކަށް މަގުބޫލު މެލޭޝިއާގެ ''ހޮލިސްޓިކް ފުޑްސް'' ކުންފުނީގެ އެ އުފެއްދުމަކީ ކާބޯތަކެތީގެ ރައްކާތެރިކަމާއި ކޮލިޓީ މެނޭޖްމަންޓް މިންގަނޑުތަކަށް ފެތޭ ވަރަށް ފަރުވާތެރިކަމާއެކު ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ.

"ސުޕްރީމިއޯ ޕޮޕްކޯން ގެނައުމުގެ މަގުސަދަކީ ރާއްޖޭގެ ސްނެކްސް މާކެޓަށް އިތުރު ފުރިހަމަކަމެއް ގެނައުމާއި، ކަސްޓަމަރުންނަށް ޕޮޕްކޯންގެ އިތުރު ފްލޭވާ ޗޮއިސްތަކެއް ފޯރުކޮށްދިނުން،" އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ބުންޏެވެ.

ސުޕްރީމިއޯ ޕޮޕްކޯން ލިބެން ހުންނާނީ އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ފިހާރަ ތަކުންނާއި އެހެނިހެން ގިނަ ރީޓެއިލް އަދި ސުޕަމާކެޓް ފިހާރަތަކުން އޭގެ އަގުތައް ވެސް އެކަށީގެންވާ މިންވަރެއްގައި ހުންނާނެ ކަމަށް އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ބުންޏެވެ.

އެ އުފެއްދުމަށް ރާއްޖޭގެ ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު މަގްބޫލް ކަމެއް ލިބެމުންދާ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެ އެވެ.

ގަންނަން ލިބެން ހުންނާނެ ބައެއް ފިހާރަތައް:

ހޯލްސޭލްކޮށް: އޭޑީކޭ ޖެނެރަލް ޓްރޭޑިން ބޮޑުތަކުރުފާނު މަގު

ރީޓެއިލްކޮށް: ޖީޓީ ސްނެޕް ސޯސަން މަގު އަދި ގަންނަމާޓް ބުރުޒު މަގު

މީގެ އިތުރުން ގަންނަ މާޓު މޯބައިލް އެޕް މެދުވެރިކޮށް ވެސް ފަސޭހަކަމާއެކު މި އުފެއްދުން ފޯނު އެޕް މެދުވެރިކޮށް އޯޑާ ކޮއްލާގެން ގެއައް ހިލޭ ޑެލިވާ ވެސް ކުރެ އެވެ. އަދި ބިޒީ މަސައްކަތާއި ސްކޫލް ޝެޑިއުލް އަށް ބުރު ނާރާ ހެން، ޑެލިވަރީ ކުރަން ކަސްޓަމަރުން ބޭނުންވާ ވަގުތެއް އެޕް މެދުވެރިކޮށް ފަސޭހައިން ހޮވާލެވޭނެ އެވެ.

ސުޕްރީމިއޯ ޕޮޕްކޯން އާއި އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ވިއްކާ އެހެން އުފެއްދުންތަކާ ގުޅޭ މައުލޫމާތު، ވައިބާ ހޮޓްލައިން ނަންބަރު 7885965 އަށް ގުޅައިގެން ނުވަތަ އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ވައިބާ ކޮމިއުނިޓީއިން ބަލައިލެވެ އެވެ.

ފަހުގެ ޚަބަރު

ބޭނުންވާ ބަދިގޭގެ ޑިޒައިން ޝެއާކޮށްލައިގެން ގަވިންއިން ލިބިދާނެ

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް އަތޮޅުތެރޭގެ ރަށްރަށަށް ހުޅުވާލައިގެން، 75،000 ރުފިޔާގެ ބަދިގެއެއް ހޯދުމުގެ ފުރުސަތު "މަގޭ ބަދިގެ" ޕްރޮމޯޝަންގެ ދަށުން ގަވިން އިން ހުޅުވާލައިފިއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އަމިއްލަ ބަދިގޭގެ ފޮޓޯ އާއި ބޭނުންވާ ޑިޒައިން ސޯޝަލް މީޑިއާގައި ހިއްސާކުރަންޖެހޭއިރު، ނަސީބުވެރިޔާ ހޮވާނީ އާންމުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ތިމަރަފުށްޓާއި ފޮނަދޫގައި ސިޓީ ހޮޓާ އަޅަން ހުޅުވާލައިފި

ތ. ތިމަރަފުށްޓާއި ލ. ފޮނަދޫގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި، އެ ދެ ރަށުގައި ސިޓީ ހޮޓާ އަޅައި ހިންގާނެ ފަރާތްތައް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި. މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް.

ސިމްޑީގެ ވިޔަފާރި ހާދާލަށް ފުޅާކުރަނީ

ސިމްޑީ ގްރޫޕްގެ ވިޔަފާރި ހދ. އަތޮޅުގައި ފުޅާކުރުމަށްޓަކައި ކުޅުދުއްފުށީގެ "މިތުރު" ކުންފުންޏާއެކު ސަބް-ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި ޕާޓްނަޝިޕްގެ ސަބަބުން ސިމްޑީން އެތެރެކުރާ ބައިނަލްއަގުވާމީ މަގުބޫލު ބްރޭންޑްތަކުގެ މުދާ އެ އަތޮޅުގެ ރީޓެއިލް ފިހާރަތަކަށާއި އާންމުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ވިލާ ކޮލެޖާއި މާރޕް ގުޅިގެން މެންޓަރޝިޕް ޕްރޮގްރާމެއް

ވިލާ ކޮލެޖާއި މާރޕް ގުޅިގެން ވަޒީފާ އަދާކުރާ ފަރާތްތަކަށް ޚާއްޞަ މެންޓަރޝިޕް ޕްރޮގްރާމެއް ފަށާފައިވަނީ ދިވެހި ލީޑަރުން ބިނާކޮށް ސީނިއަރ މެނޭޖްމަންޓް މަޤާމުތަކަށް މީހުން ތައްޔާރުކުރުމަށެވެ. މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ގްރެޖުއޭޓުންނަށް ޢަމަލީ ހުނަރުތައް ދަސްކޮށްދީ، މަތީ ތަޢުލީމާއި އިންޑަސްޓްރީއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ޓްރީ ޓޮޕް ހިތާނީ ކޭމްޕުގެ ރަޖިސްޓްރޭޝަން ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު ޑިސެމްބަރު 17 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުން ކުރިއަށްގެންދާ މި ކޭމްޕުގެ ހިތާނުކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްދާނީ ޑިސެމްބަރު 12 އިން ޖެނުއަރީ 11 ގެ ނިޔަލަށެވެ. މި ޕެކޭޖުގެ ދަށުން ކޮންސަލްޓޭޝަނާއި، ލެބޯޓަރީ ޓެސްޓުތަކުގެ އިތުރުން އޮޕަރޭޝަނަށްފަހު ބޭނުންވާ ފަރުވާގެ ހިދުމަތްތައް ލިބިގެންދާނެއެވެ.

ޓޯޓަލް ފިޒިއޯއިން އެލައިޑްގެ ހިދުމަތް ގަބޫލުކުރަން ފަށައިފި

ފިޒިއޮތެރަޕީގެ ޚިދުމަތްދޭ "ޓޯޓަލް ފިޒިއޯ" ކްލިނިކުން ބަލިމީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެލައިޑް އިންޝުއަރެންސް ގަބޫލުކުރަން ފަށައިފިއެވެ. ޒަމާނީ ވަސީލަތްތަކާއެކު ފަރުވާދޭ މި ކްލިނިކުން މިހާރުވެސް ޕޮލިސް، އެމްއެންޑީއެފް އަދި ސޮލަރެލް އިންޝުއަރެންސްގެ ޚިދުމަތް ލިބޭއިރު، އިތުރު އިންޝުއަރެންސްތައް މެދުވެރިކޮށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ލަކްސް ގްލޯގެ ދެވަނަ ފިހާރަ މަޖީދީމަގުގައި ހުޅުވައިފި

މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް "ލަކްސް ގްލޯ" ގެ ދެވަނަ ފިހާރަ މާލޭގެ މަޖީދީމަގުގައި ހުޅުވައިފިއެވެ. މި ފިހާރައިން ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ސްކިންކެއާ އަދި މޭކަޕް ސާމާނު ޓެސްޓުކޮށްލުމާއި، ފަންނީ ލަފާ ހޯދައިގެން ވަގުތުން ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ފިހާރަތަކުގެ އިތުރުން އެ ބްރޭންޑުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

Newsletter

Get the latest news delivered straight to your inbox