"ރޮބޯމޭން – ދަ މޫވީ" ގެ ޕޯސްޓަރު ދައްކާލައިފި

"ރޮބޯމޭން – ދަ މޫވީ" ގެ ޕޯސްޓަރު ދައްކާލުން -- ފޮޓޯ: މީޑިއާނެޓް

"ރޮބޯމޭން – ދަ މޫވީ" ގެ ޕޯސްޓަރު ދައްކާލުން -- ފޮޓޯ: މީޑިއާނެޓް

ކުދިބޮޑު ގިނަބަޔަކު އިންތިޒާރުކުރަމުންދާ ދިވެހި ފިލްމު "ރޮބޯމޭން – ދަ މޫވީ" ގެ ޕޯސްޓަރު ރޭ ދައްކާލައިފި އެވެ.

ޕޯސްޓަރު ދައްކާލުމަށް ވައިޓް ރޫފްޓޮޕްގައި ބޭއްވި ހަފްލާއެއްގައި ދިވެހި ފިލްމީ ދާއިރާގެ މަގްބޫލު ގިނަ ތަރިންތަކުގެ އިތުރުން ފިލްމުގައި ރޮބޯމޭންއާއެކު އެކްޓްކުރުމުގެ ފުރުސަތު ލިބުނު ހުނަރުވެރި ދެ ކުޑަކުދިން ބައިވެރިވި އެވެ.

"މި ފިލްމު އޮލިމްޕަސް ސްކްރީނުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު، 26 ގައި. އެއަށްފަހު މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް ބެލުންތެރިންނަށް ޓީވީ އަދި ފޯނު މެދުވެރިކޮށް މި އަހަރު ފަހުކޮޅު ބަލާލެވޭނެ," މީޑިއާނެޓުން ބުންޏެވެ.

Advertisement

މި ފިލްމަކީ އެމް އޮރިޖިނަލްސް ބެނާގެ ދަށުން އުފައްދާ މީޑިއާނެޓު ވީޑިއޯކްލަބް އަދި އޯކޭޒް އިންކްގެ ފަރާތުން ތައްޔާރުކުރާ ފިލްމެކެވެ.

ދިވެހިންގެ މެދުގައި މަގްބޫލު ހުނަރުވެރި ހުށަހެޅުންތެރިޔާ ރޮބޯމޭން ފެންނަ، ހިޔާލީ ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ އެ ފިލްމުގެ ޓްރެއިލާ ރޮބޯމޭންގެ އިންސްޓަގްރާމް ޕޭޖުގައި ވަނީ އާންމުކޮށްފަ އެވެ.

100 އަށްވުރެ ގިނަ ކުދިންނާއެކު ކުރިއަށް ދިޔަ އޮޑިޝަންތައް ގިރާކުރުމަށްފަހު ރޮބޯމޭން އާއެކު ފިލްމުގައި އިސްރޯލެއް އަދާކުރުމުގެ ފުރުސަތު ލިބިުނީ އަމީލިއާ ނަސްރުﷲ ޝަކީބު އަދި މިޝާ އިސްމާއިލް ނިޔާޒް އަށެވެ. އެ ދެކުދިންގެ އިތުރުންވެސް އެކި ރޯލުތަކުން ގިނަ ކުދިންތަކެއް މި ފިލްމުން ފެނިގެންދެ އެވެ.

އެ ފިލްމުގައި ކެމިއޯ ރޯލުތަކުން ފެންނަ ދިވެހި ދެ ފިލްމީ ތަރިން ކަމަށްވާ މަރިޔަމް އައްޒަ އަދި ރަވީ ފާރޫގް ވަނީ ޕްރޮޖެކްޓް އެގްރީމަންޓްގައި ރޭ ސޮއިކުރި އެވެ. އަދި ފިލްމުގައި ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވާ ފަރާތްތަކާއެކު ވެސް ވަނީ ސޮއިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޭއައި އިން އުރަމަތީގެ ކެންސަރު ދެނެގަތުމުގެ ބޮޑު ދިރާސާއެއް

އޭއައި ބޭނުންކޮށްގެން އުރަމަތީގެ ކެންސަރު ދެނެގަތުމަށް އިނގިރޭސިވިލާތުގައި ކުރިއަށްގެންދާ ދުނިޔޭގެ އެންމެ ބޮޑު ދިރާސާގައި 700,000 އަންހެނުން ބައިވެރިކުރުމަށް ވަނީ ނިންމާފައެވެ. "އީޑިތު" ގެ ނަމުން ނަންދީފައިވާ މި ދިރާސާގެ މައިގަނޑު މަގްސަދަކީ މެމޯގްރާމްތައް ބެލުމުގައި އޭއައި ބޭނުންކޮށްގެން ބަލި ދެނެގަތުން އަވަސްކުރުމާއި، ސިއްހީ މުވައްޒަފުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމެވެ.

މައިލީ ސައިރަސް އާއި މެކްސް މޮރާންޑޯ ކައިވެނިކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އާއި ޑްރަމަރު މެކްސް މޮރާންޑޯ، ހަތަރު އަހަރުގެ ލޯބީގެ ގުޅުމަކަށްފަހު ކެލިފޯނިއާގެ ރިސޯޓެއްގައި ކައިވެނިކޮށްފިއެވެ. އާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިން ބައިވެރިވި މި ހަފުލާގައި މައިލީ ފެނިގެންދިޔައީ ހުދުކުލައިގެ ސިލްކް ހެދުމެއްގައެވެ.

ޖީޓީއޭ 6 ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރު

ޖީޓީއޭ 6 ބާޒާރަށް ނެރުނު ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، މުނިފޫހިފިލުވުމުގެ ދާއިރާގެ ހުރިހާ ރެކޯޑުތަކެއް މުގުރާލައިފިއެވެ. މިއީ މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފެއްދި ގޭމަށްވާއިރު، މި ކާމިޔާބީއާއެކު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކާއި މި ސިލްސިލާގެ ކުރީގެ ގޭމްތަކުގެ ރެކޯޑުތައް ވެސް ވަނީ ފަހަނައަޅައި ގޮސްފައެވެ.

އިންޑިއާގައި ޕާފޯމްކުރުމަށް ދިވެހި ބޭންޑު "ހީރަޕަންނާ" ފުރަނީ

އިންޑިއާގެ އައިސީސީއާރުގެ ދައުވަތަކަށް އެ ގައުމުގެ އެކި ސިޓީތަކުގައި ޕާފޯމްކުރުމަށް ރާއްޖޭގެ މިއުޒިކް ބޭންޑް "ހީރަޕަންނާ" ފުރަން ތައްޔާރުވެއްޖެއެވެ. މި ދަތުރުގައި ލަކްނޯ، ކަޓަކް، ކަޗް އަދި ނިއުދިއްލީގައި ދިވެހި ސަގާފީ އަދި ޒަމާނީ މިއުޒިކް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ދިވެހި މިއުޒިކް އިޝްތިހާރުކޮށް، އެ ބޭންޑުގެ ފުރަތަމަ އީޕީ ނެރުމާ ދިމާކޮށް ލިބުނު މުހިންމު ފުރުސަތެކެވެ.

ސްރީލަންކާގައި އައިސްކްރީމްގެ ފެންވަރު ބެލުމުގެ އިންސްޕެކްޝަނެއް

ސްރީލަންކާގައި އުފައްދާ އައިސްކްރީމްގެ ފެންވަރު ބެލުމަށާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ޚާއްސަ އިންސްޕެކްޝަންތަކެއް ފަށައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސިއްހީ މިންގަނޑުތަކަށް ނުފެތޭ ތަކެތި ދެނެގަތުމާއި، އައިސްކްރީމްގެ ނަމުގައި އޮޅުވާލައިގެން "ފްރޯޒަން ޑެޒާޓް" ވިއްކުން ހުއްޓުވައި ކުންފުނިތަކުން ގާނޫނަށް އަމަލުކުރާކަން ކަށަވަރުކުރުމެވެ.

ކެތުރިންގެ ކެންސަރުގެ ތަޖުރިބާތަކާއެކު 'ހީލް' ބީބީސީއަށް

ޕްރިންސަސް އޮފް ވޭލްސް ކެތުރިންގެ ކެންސަރު ބަލީގެ ތަޖުރިބާތަކާއި ނަފްސާނީ ގޮތުން އައި ބަދަލުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "ހީލް" ޑޮކިއުމެންޓްރީ މި މަހުގެ 29 ގައި ބީބީސީން ދައްކާނެއެވެ. މި ފިލްމުގައި ބަލިން ފަސޭހަވަމުން އައި ދުވަސްވަރުގެ އިހުސާސްތަކާއި، ގޮންޖެހުންތަކާ ކުރިމަތިލުމަށް ކުރެއްވި "ތްރީ ޕީކްސް ޗެލެންޖް" ގެ މަންޒަރުތައް ފުރަތަމަ ފަހަރަށް އާންމުންނަށް ފެނިގެންދާނެއެވެ.

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

Newsletter

Get the latest news delivered straight to your inbox