ރައީސް މުއިއްޒު ވަޑައިގެންނެވުމަށް ޓަކައި މުލީއާގެ މަރާމާތުކުރަން 3.6 މިލިއަން ރުފިޔާ ހަރަދުކުރި

ރިޔާސީ ގަނޑުވަރު, މުލީއާގެ; މި ވެރިކަމުގައި މުލީއާގެ މަރާމާތު ކުރުމަށް 80 ދުވަސް ހޭދަވި ---

ރިޔާސީ ގަނޑުވަރު, މުލީއާގެ; މި ވެރިކަމުގައި މުލީއާގެ މަރާމާތު ކުރުމަށް 80 ދުވަސް ހޭދަވި ---

ރައީސުލްޖުމްހުރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގެއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލުވެވަޑައިގަންނަވާތީ، އެތަން މަރާމާތުކުރަން ދައުލަތުގެ ބަޖެޓުން 3.6 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މި މައުލޫމާތު ދިނީ ރައީސްގެ ރަސްމީ ގެކޮޅަށް ދިޔަ ހަރަދުގެ ތަފުސީލު ދިނުމަށް އެދި "އަދަދު" އިން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅުމުންނެވެ. މެއި 14، ގައި ހުށަހެޅި މި އާރުޓީއައި ރިކުއެސްޓަށް ޖަވާބުދިނީ އިއްޔެ އެވެ.

ރައީސް އޮފީހުގެ ޖަވާބުގައި ބުނީ ނޮވެމްބަރު 17، 2023 އިން ފެށިގެން މުލީއާގޭގެ މަރާމާތުގެ އެކި ކަންކަމަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 3،607،711ރ. ހަރަދުކޮށްފައިވެ އެވެ.

ނައިބު ރައީސްގެ ރަސްމީ ގެކޮޅު ހިލާލީގެއެކޭ އެއްގޮތަށް މުލީއާގޭގެ މަރާމާތުގެ މަސައްކަތްވެސް ކުރަނީ އެސްޓީއޯ އިންނެވެ. މި ވެރިކަމުގައި ހިލާލީގޭގެ މަރާމާތައްވެސް ޖުމްލަ 5،486،248ރ. ވަނީ ހަރަދުކޮށްފަ އެވެ.

ހަރަދުވީ ފައިސާގެ އަދަދާއެކީ ރައީސް އޮފީހުން ވަނީ ވަކި ވަކި ބިލުތަކަށް އެރި އަދަދުތައް ވެސް ހިއްސާކޮށްފަ އެވެ. ނަމަވެސް އެ ބިލުތަކުގައި ހަރަދުކުރި ކަންކަމުގައި ތަފުސީލު ހިމަނާފައިވާ ނުވާތީ، މުލީއާގެއަށް ރައީސް ބަދަލުވެވަޑައިގަންނަވަން ކުރީ ކޮން ކަހަލަ މަރާމާތެއް ކަމެއް ސާފެއް ނޫނެވެ.

ވެރިކަމާ ހަވާލުވެވަޑައިގަންނަވައި ރައީސް އަދި އާއިލާ ފުރަތަމަ ދިރިއުޅުއްވީ ރައީސްގެ އަމިއްލެ ގެކޮޅު މ. ދިމްޔާތުގަ އެވެ. ރައީސްގެ ދެކަނބަލުން މުލީއާގެއަށް ބަދަލުވެވަޑައިގެންނެވީ ވެރިކަަމަށް 80 ދުވަސް ވި ފަހުން ފެބްރުއަރީ 5، ގަ އެވެ.

މީގެކުރިން މި ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި މުލިއާގޭގެ މަރަމާތުގެ ތެރޭގައި އިތުރު ދެ ކޮޓަރި ވަނީ ހަދާފަ އެވެ. އެއީ ރައީސް މުއިއްޒު އާއި އަނބިކަނބަލުން އަދި ތިން ބޭފުޅުންގެ ބޭނުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ, ރިޔާސީ ގަނޑުވަރުގެ ގޮތުގައި މުލީއާގެ ހަމަޖެއްސީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމެވެ. އޭގެ ފަހުން ތީމުގެ ބިނާކޮށް ނިމެންދެން އެމަނިކުފާނު އެގޭ ގައި ދިރިއުޅުއްވި އެވެ. ކުރީގެ ރައީސް މުހައްްމަދު ނަޝީދު ވެސް 2012 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަން ނިމެންދެން ދިރިއުޅުއްވީ އެ ގޭގަ އެވެ. އެއަށްފަހު އެ ގޭގައި ދިރިއުޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި މުލިއާގެ ބޭނުންކުރެއްވީ އެމަނިކުފާނުގެ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށެވެ. އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ އަމިއްލަފުޅު ގެކޮޅު ކަމަށްވާ ގ. ދޫވެހީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox