ޑިމޮކްރެޓްސްގެ އިސްވެރިން ރައީސްއާ ބައްދަލުކޮށް ސަރުކާރަށް އެއްބާރުލުން ދޭން މަޝްވަރާކޮށްފި

ރައީސް މުއިއްޒު މީގެ ކުރިން ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް އާ ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު މީގެ ކުރިން ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް އާ ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވެރިކަންކުރާ ޕީއެންސީއަށް ތާއީދުކުރި ޑިމޮކްރެޓްސް ޕާޓީގެ އިސްވެރިން، ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކޮށްފި އެވެ.

އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ފަރާތުން ބައިވެރިވީ ޕާޓީގެ ރައީސް ހަސަން ލަތީފު އަދި ނައިބު ރައީސް މުހައްމަދު ޝިފާޒު އެވެ. މިއީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައީސް ޑިމޮކްރެޓްސް ޕާޓީއާ ބައްދަލުކުރެއްވި ދެވަނަ ފަހަރެވެ.

މި ބައްދަލުވުމުގާ ގުޅޭގޮތުން ހަސަން ލަތީފު "އަދަދު" އާ ވާހަކަދައްކަވަމުން ވިދާޅުވީ، އިއްޔެ ބައްދަލުވުމެއްގައި މައިގަނޑު ދެކަމަކާ ގުޅޭގޮތުން ރައީސް އާ މަޝްވަރާކުރެވުނު ކަމަށެވެ.

އެގޮތުން ގާނޫނު އަސާސީ އިސްލާހުކުރަން މި ސަރުކާރުން އިއުލާނުކޮށްފައިވާއިރު އެ މަސައްކަތުގައި ޑިމޮކްރެޓުން ބައިވެރިވެ ކުރެވެންހުރި ހުރިހާ ކަމެއް ކުރަން ބޭނުންވާކަން ރައީސްއަށް ދެންނެވި ކަމަށާއި އެކަމުގައި އެކުގައި މަސައްކަތް ކުރަން ބޭނުންވާ ކަަމަށް ރައީސް ވިދާޅުވި ކަމަށެވެ.

އޭގެ އިތުރުން، އެ ޕާޓީން ގެންގުޅޭ ސިޔާސަތުތައް މި ސަރުކާރުން ތަންފީޒުކުރުން މުހިންމުކަން ފާހަގަކޮށް ހާއްސަކޮށް މާލީ ކަންކަމުގެ ޑިމޮކްރެޓުންގެ ސިޔާސަތުތައް ބަލައިގަތުމަށް ރައީސްގެ އަރިހުން ދެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރާއިރު، އަޅުގަނޑުމެން ދެންނެވި ޕާޓީގަ އެބަތިއްބޭ އެ ފަންނުތަކުގެ ބޭފުޅުން، ބައެއް ބޭފުޅުންނަކީ އެކްސްޕާޓުންވެސްމެ، ސަރުކާރުން އެ ބޭފުޅުންގެ އެހީތެރިކަން ބޭނުންނަމަ އެކަމަށް ތައްޔާރަށް އަޅުގަނޑުމެން މި ތިބީ،" ހަސަން ލަތީފު ވިދާޅުވި އެވެ.

ސަރުކާރާ އެކު މަސައްކަތްކުރަން ޑިމޮކްރެޓުން މަޝްވަރާކޮށްފައި މިވަނީ ރިޔާސީ އިންތިހާބަށްފަހު އިދިކޮޅު ޕާޓީއެއްގެ ގޮތުގައިވެސް މަސައްކަތް ކުރުމަށް ފަހެވެ. ޕާޓީގެ ލީޑަޝިޕުގެ އެކި ބޭފުޅުން ވަނީ އެކި ފަހަރު މަތިން ސަރުކާރަށް ފާޑުކިޔާފަ އެވެ. އެހެން ބޭފުޅުން ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކޮށް ވާހަކަދައްކާފައިވެ އެވެ.

އެގޮތުން މި އަހަރު މޭ ޑޭގައި ވަޒީފާގެ ބިރު ދެއްކުމުގެ ސަގާފަތް ނައްތާލުމަށް ފުރަތަމަ ވެސް ފަށަން ޖެހެނީ ދައުލަތުގެ އެކި ވަޒީފާތައް ހަވާލުކުރާ އިދާރާތަކާއި ކުންފުނިތަކުން ކަމަށް ބުނެ ޑިމޮކްރެޓުން ބަޔާން ނެރުނެވެ.

އޭގެ ކުރިން މާޗު 10، ގައި މި ސަރުކާރުގެ މިސްރާބު މިހުރީ މީގެ ކުރީގެ ވެރިކަންތަކަށްވުރެ މާ ނުރައްކާތެރި ދިމާލަކަށް ކަމަށާއި ވެރިކަން ކުރުމުގެ ހިލްމު ރައީސް މުއިއްޒުގެ ހުރި ކަމަށް ގަބޫލުކުރަން ދަތިކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox