ގުގުމަމުން ދަނީ ރައީސް މުއިއްޒުގެ ވެރިކަން މާގޯހޭ ބުނާ އަޑު: ޔާމީން

ގުގުމަމުން ދަނީ ރައީސް މުއިއްޒުގެ ވެރިކަން މާގޯހޭ ބުނާ އަޑު: ޔާމީން

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ޕީޕީއެމް/ޕީއެންސީން އަޑު އުފުލި ޝުއޫރުތަކާ އެ ކޯލިޝަނުން ދުރަށް ޖެހުމުން އިވެމުންދަނީ މި ސަރުކާރު މާގޯހޭ މީހުން ބުނަމުންދާ އަޑު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ގެ، ހ. ދޫވެހީގައި ހުންނަ ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޕީޕީއެމް/ޕީއެންސީ މާގޯސް ކަމަށް ވިދާޅުވީ އިންޑިއާއާ ގުޅޭ މުއާމަލާތްތަކުގައި އަމަލުކުރަމުންދާ ގޮތް ފާހަގަ ކުރެއްވުމަށް ފަހު އެވެ.

އެމްޑީޕީގެ ވެރިކަމުގައި އުތުރުތިލަފަޅު ތަރައްގީކުރަމުން ދިޔައީ އިންޑިއާގެ އަސްކަރީ ބޭހެއް ގާއިމުކުރުމަށް ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިތަދޫ މެދު ދާއިރާގެ މެންބަރަކަށް ހުންނެވި އަހުމަދު އަޒާން، ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރިއިރު ވާހަކަ ދައްވާ ވީޑިއޯއެއް ސްކްރީނުގައި އެޅުވުމަށް ފަހު ޔާމީން ވިދާޅުވީ އެ ފެންނަނީ އޭރު ޕީޕީއެމް/ޕީއެންސީގެ ޖޯޝް ކަމަށެވެ. ނަމަވެސް މިހާރު އެ ޝުއޫރު ފާޅުނުކުރުމަކީ ކުށުގައި ބައިވެރިވުން ކަމަށް ޔާމީން ދެކެވަޑައިގަތެވެ.

"އަޅުގަނޑުމެންނަށް ސްކްރީންތަކުން ފެނިގެން މިދަނީ އޭރު އަޅުގަނޑުމެންގެ ހުރި ގައުމީ ޖޯޝް. އެއްވެސް މީހަކު މަޖުބޫރުކޮށްގެނެއް ނޫން. އޭރު އަޅުގަނޑުމެންގެ ހުރީ ގައުމީ ޖާޝް އިނގޭތޯ؟ އެ ޖޯޝްގައި މި ފަސް އަހަރު މަގުމަތީގައި ހުރުން މާލާއިގު ނޫންތޯ ދިވެހިންގެ ހައްގުގައި. މިހާރު މި ހުރިހާ ވާހަކައެއް ދައްކާފައި ރައްޔިތުންގެ ސަމާލުކަން މިކަމުގައި ހޯދާފައި މިކަން ބަލަން އައި މީހުން މަގުމަތީގައި ނުތިބެވިގެން މީގައި ބައިވެރި މިވަނީ، ކުށުގެ ބައިވެރިންނަށް މިވަނީ،" ޔާމީން ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓުގެ ދެ ވަނަ ފޭހުގައި އޮތީ އަސްކަރީ އެއާޕޯޓެއް ކަމާއި އުތުރު ތިލަފަޅުގެ އެގްރީމެންޓުގައި އިންޑިއާ ސިފައިން ގެންނަ ހަތިޔާރުތައް ނުބެލޭނެ ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީން ދިޔައީ އަޑު އުފުލަމުން ކަމަށާއި ރައީސް ޑރ. މުއިއްޒަށް ރިޔާސީ ޓިކެޓު އެރުވީ އަދި އިންތިހާބުގައި ރައްޔިތުން ތާއިދު ދިނީ އެ ޝުއޫރެއް ދެމެހެއްޓުމަށް ކަމަށް ޔާމީން ވިދާޅުވި އެވެ.

ނަމަވެސް، އެގޮތަށް އަމަލު ނުކުރެވުމުން މިހާރު އިވެމުންދަނީ ޕީޕީއެމް/ޕީއެންސީ ސަރުކާރު މާގޯހޭ މީހުން ބުުނާ އަޑު ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިއަދު މަގުމަތިންނާއި އެތައް މިތަނުން އިވޭ ޝުއޫރުތަކުގައި މިހުރީ މާތްކަލާކޯއޭ ކޮބައިހޭ.... އެމްޑީޕީ ގޯހޭ، އެކަމަކު ޕީޕީއެމް ޕީއެންސީ ސަރުކާރު އައިސް އަދި އިހުނަށް ވުރެ މާގޯހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ބުރާސްފަތި ދުވަހުގެ ރޭގެ ޖަލްސާގައި ވިދާޅުވީ އިތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް އެމްއެމް އެކްސްޕޯޓާ ހަވާލުކޮށްފައިވާ ކަމަށާއި، އެކަމަށް ކޮންނަ ބޯޓެއް ގެނެސްގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެފައި ވާތީ، ރައްދެއްގެ ގޮތުގައި ފަޔާޒު ކުރެއްވި ސުވާލުގައި ވިދާޅުވީ އިންޑިއާ ސިފައިން ތިބިކަން ދައްކައިފި ނަމަ [ގައްސާން] އިސްތިއުފާ ދެއްވާނެތޯ އެވެ.

ދެ ބަގާވާތުގެ ވާހަކަ

އެމްޑީޕީ އަށް ވެސް ޕީޕީއެމް ގޯސްވި ވާހަކަތަކަށް ފަހު ޔާމީން ފާހަގަ ކުރެއްވީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރަކަށް ހުންނަވަނިކޮށް އެ ކޯލިޝަންގެ ތެރެއިން އެ މަނިކުފާނާ ދެކޮޅަށް ހިންގި ބައެއް ކަންކަމެވެ.

ފުރަތަމަ ޖަލަށްލި ފަހަރު އަދި އޭގެ ފަހުން ވެސް ޕާޓީގެ އެތެރެއިން ބަގާވާތެއް ކުރި ކަމަށް ޔާމީން ވިދާޅުވި އެވެ. ވަކި ކަމެއް ފާހަގަ ނުކުރެއްވިޔަސް، ދެ ވަނަ ބަގާވާތުގެ ގޮތުގައި ފާހަގަ އެ ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ ޓިކެޓު ދިނުމާއި، ޕީޕީއެމް/ޕީއެންސީގެ ބާރު ގެންދިޔުން ކަމަށް ބެލެވެ އެވެ.

ރައީސް މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓެކެޓު ލިބިވަޑައިގަތީ، ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއްގައި ވާދަ ކުރެއްވުމަށެވެ. އެ ޝަރުތާއެކު ސެންޓުގައި ނެގި ވޯޓުގައި 48 މީހުންގެ ތެރެއިން 25 މީހުން ވޯޓުނީ މުއިއްޒު ކެންޑިޑޭޓަކަށް ހެދުމަށެވެ. އެ ޕްރައިމަރީގައި މުއިއްޒާ ވާދަ ކުރެއްވި މިހާރު ލޯކަލް ގަވަމެންޓް މިނިސްޓަރަކަށް ހުންނެވި އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

ޔާމީންގެ ޝަރީއަތަށް އަދި އެ މަނިކުފާނަށް ލިބިފައި އޮތް ރިޔާސީ ޓިކެޓު ބާތިލުކުރަން މި ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން ނުފޫޒު ފޯރުވި ކަމަށާއި، އެ މީހުންގެ "ފުލް ލިސްޓު" އެބަ އޮތް ކަމަށް ޔާމީން ވިދާޅުވި އެވެ.

"ހައި ކޯޓުގައި އަޅުގަނޑުގެ މައްސަލަ ހިނގަމުން ދިޔައިރު އޭގެތެރެއަށް އަތް ބާނައި އަޅުގަނޑަށް ގެއްލުންދޭން މިހާރު ތި ގަރުދިޔަ ޖަގަހައިގައި މަސައްކަތް ކުރާ އިސް ބޭފުޅުންގެ ތެރެއިން ކޮން ބައެއްކަން، ފުލް ލިސްޓު އެބަ އޮތް. ކޮން ފަނޑިޔާރަކާތޯ ގުޅި ވެސް އަޅުގަނޑަށް އެނގެ. އެ ބޭފުޅުން ހީފުޅު ނުކުރައްވާ މި ކަހަލަ މައުލޫމާތު އަޅުގަނޑުމެންގެ ނުހުންނާނެ ކަމަށް،" ޔާމީން ވިދާޅުވި އެވެ.

"އަދި ހަމަ އެހެންމެ، އަޅުގަނޑުގެ ކެންޑިޑެސީ ބާތިލުކުރުމަށްޓަކައި ހިނގައި ދިޔަ ކަންތަކުގެ ވާހަކަ އަޅުގަނޑު ދެންނެވިން. މި ސަރުކާރުގެ ވަޒީރަކު [ފަނޑިޔާރާ] ބައްދަލުކުރީ، ބައްދަލުކުރީ ޕުކެޓުގައި. އެކަންކަން އަޅުގަނޑުމެންނަށް ނޭނގެނީއަކީ ނޫން އިނގޭތޯ."

ސެޕްޓެމްބަރު 2023 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ވުމާއެކު ވެސް، ޔާމީން މިނިވަން ކުރަން ރައީސް ސޯލިހަށް ދެންނެވި ކަމަށް ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ. ނަމަވެސް ޔާމީން ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު، އޭރުގެ ރައީސް ސޯލިހާއި މުއިއްޒުއާއެކު ބޭއްވި ބައްދަލުވުމުގައި ވެސް އެ މަނިކުފާނު މިނިވަންކުރުމުގެ ވާހަކަ ނުދެއްވި ކަމަށެވެ.

"އެ މީޓީންގައި ތިބީ ހަތަރު މީހުން. މުއިއްޒުއާއެކީ ދިޔައީ އަބްދުއްރަހީމް. އަނެއްކޮޅުން އިބްރާހިމް މުހައްމަދު ސޯލިހު، ދެން ވެސް އެތާ އިން ރައީސް އޮފީހުގެ އިސް ބޭފުޅެއް. އެ މީޓީންގައި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭށޭ، ރައީސް ޔާމީން މިނިވަންކޮށްދޭށޭ މުއިއްޒެއް ނުބުނޭ. މިއީ ހުރިހާ ދިވެހިރައްޔިތުންނަށް އެނގެންޖެހޭ ވާހަކައެއް،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި ކުރަމުން މުޒާހަރާތައް ހުއްޓުވީ ރައީސް މުއިއްޒުކަން ފާހަގަ ކުރެއްވުމަށް ފަހު ޔާމީން ވިދާޅުވީ އެ މަނިކުފާނު މިނިވަން ކުރުމުގެ އިހުލާސްތެރި ނިޔަތެއް މި ސަރުކާރުގެ ބޭފުޅުންގެ ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox