އެމްޑީޕީގެ ޕޯޑިއަމަށް އެރި މުވައްޒަފަކު އެޗްޑީސީގެ ވަޒީފާއިން ވަކިކޮށްފި

އެޗްޑީސީގެ ވަޒީފާއިން ވަކިކުރި ޝާޖިން ބުރާސްފަތި ދުވަހުގެރޭގެ ޖަލްސާގައި ގުރުއާން ކިޔަވަނީ - ފޮޓޯ: އެމްޑީޕީ

އެޗްޑީސީގެ ވަޒީފާއިން ވަކިކުރި ޝާޖިން ބުރާސްފަތި ދުވަހުގެރޭގެ ޖަލްސާގައި ގުރުއާން ކިޔަވަނީ - ފޮޓޯ: އެމްޑީޕީ

އިދިކޮޅު އެމްޑީޕީއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާއެއް ފެށުމުގެ ގޮތުން ގުރުއާން ކިޔެވި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފަކު އެ ކުންފުނިން ވަކިކޮށްފި އެވެ.

އެ މުވައްޒަފަކީ އެޗްޑީސީގެ އޮޕަރޭޝަންސް އޮފިސަރު އަހުމަދު ޝާއިން އެވެ. އެ ކުންފުނިން އޭނާއަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ ވަޒީފާއިން ވަކިކުރީ ތިން ދުވަހަކު ވަޒީފާއަށް ނުނިކުތުމާ ގުޅިގެން ކަމަށެވެ. ޗިޓު ފޮނުވާފައިވަނީ މިއަދު އެވެ.

ނަމަވެސް, އެމްޑީޕީން ބުނަނީ އޭނާ ވަކިކުރީ ޕޯޑިއަމުގައި ގުރުއާން ކިޔެވުމުން ކަމަށެވެ.

މިކަމާ ގުޅިގެން "އަދަދު" އާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ނައިބު އިދާރީ އިބްރާހިމް ވަހީދު ވިދާޅުވީ، ޝާއިން އެ ރޭގެ ޖަލްސާގައި ގުރުއާން ކިޔެވީ ޖަލްސާގައި ކިޔަވަން ހަމަޖެއްސި މީހާ ލަސްވުމުން އެ ތަނުގައި ހުރި މީހުންގެ ތެރެއިން އޭނާ ރީތިކޮށް ގުރުއާން ކިޔަވާ ވާހަކަ ފާހަގަކުރުމުން ކަމަށެވެ.

"އެމްޑީޕީގެ ޕޯޑިއަމުގައި ގުރުއާން ކިޔަވައިގެން ވަޒީފާއިން ވަކިކުރުމަކީ ދެވޭ ވަރަށް ބޮޑު އަނިޔާއެއް،" އޭނާ ވިދާޅުވި އެވެ.

އަދި، މިއީ އެމްޑީޕީގެ ޕޯޑިއަމެއްގައި ޝާއިން ގުރުއާން ކިޔެވި ފުރަތަމަ ފަހަރުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެޗްޑީސީގެ ސިޓީގައި ބުނެފައިވަނީ އެ ކުންފުނީގެ ޑިސިޕްލިނަރީ އުސޫލުގެ ތެރޭގައި އެއްޗެސް މުވައްޒަފަކު ސަބަބެއް ނެތި އަހަރެއްގެ ތެރޭގައި ތިން ދުވަހު މަސައްކަތަށް ނުނިކުމެއްޖެނަމަ ވަޒީފާއިން ވަކިކުރުމުގެ އިހުތިޔާރު ކުންފުންޏަށް ލިބިފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި ޝާޖިންގެ އަހަރީ ޗުއްޓީއަށްފަހު އޮފީހަށް ނުކުމެފައި ނުވަނީ މި މަހުގެ 2 އަދި 3 ގައި ކަމަށާއި އޭގެ އިތުރުން މިއަދުވެސް ސައިން އިން ކުރުމަށްފަހު އޮފީހަށް ނުނިކުންނަ ކަމަށެވެ. ނަމަވެސް އެ ކުންފުނިން މިހާތަނަށް މިކަމާ ގުޅިގެން ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން އެޗްޑީސީގެ މީޑިއާގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ނުވި ނަމަވެސް އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އޭނާ ވަކިކުރީ ގުރުއާން ކިޔަވައިގެން ނޫން ކަމަށާއި އޭނާ ވަކިކުރީ ހާޒިރީ މައްސަލަތަކުގެ ސަބަބުން ކަމަށެވެ. އަދި, އޭނާއަކީ އެ ކުންފުނީގެެ ދާއިމީ މުވައްޒަފެއް ނޫން ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox