މާރަނގަޅު ގޮތްތައް ހޯއްދަވާނެ ކަަމަށް ވިދާޅުވަމުން ވެރިކަމަށް ވަޑައިގެން "ހިތިބޭހު"ގެ ވާހަކަ ދައްކަވާތީ ފައްޔާޒުގެ ފާޑުކިއުން

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް; މާރަނގަޅު ގޮތްތައް ހޯއްދަވާނެ ކަަމަށް ވިދާޅުވަމުން ވެރިކަމަށް ވަޑައިގެން "ހިތިބޭހު"ގެ ވާހަކަ ދައްކަވާތީ ފާޑުވިދާޅުވި -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް; މާރަނގަޅު ގޮތްތައް ހޯއްދަވާނެ ކަަމަށް ވިދާޅުވަމުން ވެރިކަމަށް ވަޑައިގެން "ހިތިބޭހު"ގެ ވާހަކަ ދައްކަވާތީ ފާޑުވިދާޅުވި -- ފޮޓޯ: އެމްޑީޕީ

މާރަނގަޅު ގޮތްތައް ހޯއްދަވާނެ ކަަމަށް ވިދާޅުވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން "ހިތިބޭހު"ގެ ވާހަކަ ދައްކަވާތީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފާޑުވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު މިވަގުތު އޮތް ގޮތް ސަރުކާރުން ހާމަ ކުރަންޖެހޭ ކަމަށާއި މިހާރު ދިމާވެފައި އޮތް އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް ހިތި ބޭހެއް ބޯންޖެހޭ ނަމަ އެކަން ވެސް ރައްޔިތުންނަށް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް ވަނީ ވިދާޅުވެފަ އެވެ.

ދައުލަތުގެ ހަރަދުކުޑަކޮށް، މާލީ ހާލަތު ހަމައަކަށް އަޅުވަން އަޅާ ގިނަ ފިޔަަވަޅުތަކެއް ސަރުކާރުން ވަނީ އޭގެ ފަހުން ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންނަށް މާލީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާނެ ކަންތައްތައް ހިމެނެ އެެވެ. ސަރުކާރަށް ތާއީދުކުރާ މީހުން އެހުރިހާ ކަމެއް ގުޅުވަނީ ކުރީ ސަރުކާރާ އެވެ.

Advertisement

ސަރުކާރުގެ އެ އެޖެންޑާއަށް ރައްދު ދެއްވަން ފައްޔާޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހިއްސާކުރެއްވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކައެއްގެ ވީޑިއޯ އެކެވެ. އެއާ އެކު ވިދާޅުވީ "ރައްޔިތުން ރައީސް މުއިއްޒަށް ވޯޓުދިނީ ކުރީ ސަރުކާރާ މެދު ދެއްކެވި ވާހަކަތަކަށް ބަލައި ގެން" ކަމަށެވެ.

ރައްޔިތުންނަށް މާ ރަނގަޅު ގޮތެއް ތިމަން މަނިކުފާނު ހޯއްދަވައި ދެއްވާނޭ ކަމާއި އެކަންކަން ކުރައްވަން އެނގިވަޑައިގަންނަވާ ކަމަށް ކެންޕޭނުގައި ވިދާޅުވުމުންކަން ފާހަގަކުރަައްވާ ފައްޔާޒް ވިދާޅުވީ އޭރު ހިތިބޭހުގެ ވާހަކައެއް ނުދައްކަވާ ކަމަށެވެ. އަދި ހިތިބޭސް ދީގެން ކޮންމެ މީހަކަށްވެސް ކަންކަން ކުރެވިދާނެ ކަމަށް އޭނަ ވިދާޅުވި އެވެ.

ވީޑިއޯގައި ރައީސް ވިދާޅުވީ ކަންކަން ކުރެވޭ ވަރަށް ކޮންމެ މަހަކު ވެސް ދައުލަތަށް ފައިސާ ވަންނަ ކަމަށާއި, ނަމަވެސް ކުރީ ސަރުކާރުން ކަންކަން 'މިސް-މެނޭޖު' ކުރަނީ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އެމަނިކުފާނު އޭރު ދެއްކެވީ, ކުރީ ސަރުކާރުން ކުރަން ނުޖެހޭ ހަރަދުތައް ކުރުމާއި, އިސްކަން ދޭންވާ ކަންކަމަށް އިސްކަން ނުދިނުމުގެ އިތުރުން ފައިސާ ޗާޕު ކުރުމާއި މުސާރަ ދިނުމަށްޓަކައި ލޯނު ނެގުމެވެ.

އެމްޑީޕީ ސަރުކާރުން އޮތީ މައިގަނޑު އިގްތިސޯދީ އަސާސްތައް އެކޮޅުކޮޅުން ޖަހާފައިކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެމަނިކުފާނު ވަޑައިގަންނަވާނީ އިގްތިސޯދީ ހާލަތު ހަމައަކަށް އަޅުވަން ކަމަށެވެ.

"ފައިސާ ޗާޕު ކުރުން ނިމުމަކަށް ގެނެސް, އަދި ދައްކަން ހުރި ލޯނުތަކަށް ފައިސާ ހޯދޭނެ ގޮތްތައް އެބަހުރި ފަހިވެފައި, މިހާރު ވެސް ގަތް ރަހްމަތްތެރި ބައެއް ދިމަ ދިމާލުން އެބަހުރި ގްރީން ސިގްނަލް ލިބިފައި, މިހުރި ބޮޑެތި ލޯނުތައް ރީފައިނޭންސް ކުރެވޭނެ ގޮތްގޮތް. ހަމަ ހަގީގަތުގައި ވެސް އަޅުގަނޑުމެންގެ އެއްވެސް ކަންބޮޑުވުމެއް ނެތް ރާއްޖޭގެ މިއޮތް އިގްތިސޯދީ ހާލަތު ހައްލު ކުރުމުގެ," ކެމްޕޭނު ޖަލްސާގައި އެމަނިކުފަނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިލްމީ ނަޒަރިއްޔާއިން ބައްލަވާފައި މެނުވީ ރައްޔިތުން ކައިރިއަށް ވަޑައިގެން އެފަދަ ވައުދުވެ ވަޑައިނުގަންނަވާނެ ކަމަށެވެ.

އެހެން ނަމަވެސް, ރާއްޖެއިން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނިތައް ނުދެއްކޭނެ ކަމަށް ބަލައި އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުން ވަނީ އެ އެޖެންސީގެ ރާއްޖޭގެ ރޭޓިން މިއަހަރު "ސީސީސީ ޕްލަސް" އަށް ދަށްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox