އަޅުގަނޑުމެންނާ އެކު ރައްޔިތުން ތިބިހާ ދުވަހަކު ބަދަލުހިފުމުގެ ރޫހެއް ނުފެންނާނެ: ރައީސް

ޕީއެންސީގެ ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުއިއްޒު ވަޑައިގަންނަވަނީ; ބަދަލު ހިފުމުގެ ރޫހެއް ނުގެންގުޅުއްވާ ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް/ އަދަދު

ޕީއެންސީގެ ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުއިއްޒު ވަޑައިގަންނަވަނީ; ބަދަލު ހިފުމުގެ ރޫހެއް ނުގެންގުޅުއްވާ ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް/ އަދަދު

ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހެއް ނުގެންގުޅުއްވާނެ ކަމަށާއި އެމަނިކުފާނާ އެކު ރައްޔިތުން ތިބިހާ ދުވަހަކު ބަދަލުނުހިފާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕާޓީ, ޕީއެންސީގެ ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިފަހުން ވޭތުވި ހަތް މަހުގެ ތެރޭގައި ސިޔާސީ ވިސްނުމެއްގައި ނުވަތަ މަގުސަދެއްގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި, ކުރިއަށް އޮތްތާ ވެސް އެފަދަ މަންޒަރެއް ނުފެންނާނެ ކަމަށެވެ.

ރައްޔިތުން އެމަނިކުފާނާ ހަވާލުކުރީ ބަދަލުހިފުމުގެ ރޫހު ނައްތާލުމަށް ކަމަށާއި އެކަން ފުރިހަމަ ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެކަން ވަނީ މި ގައުމުން މިހާރު ނައްތާލާފައި. ނުފެންނާނެ މި ގައުމަކުން ބަދަލު ހިފުމުގެ ރޫހެއް. އަޅުގަނޑުމެންނާ އެކީގައި ރައްޔިތުން ތިބިހާ ދުވަހަކު މި ގައުމުން ބަދަލުހިފުމުގެ ރޫހެއް ނުފެންނާނެ," ރައީސް ވަރަށް ޖޯޝުގައި ރޭ ވިދާޅުވި އެވެ.

ފާޑުކިއުމަކީ އެމަނިކުފާނަށް އާ ކަމެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވަނީ, ކޮންމެ ކަހަލަ މީޑިއަމެއްގައި ވެސް އެމަނިކުފާނަށް ފާޑު ކިޔަސް ތެދު ބަހުން ޖަވާބު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކިޔަން ބޭނުންވާ ފާޑެއް, ތެދު ބަހުން ކިޔުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.

"ތެދު ބަހުން ވާހަކަ ދެއްކުމަށް ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ހިތްވަރު ދެން. ދެން އެ ބޭފުޅުންގެ އެ ހިތްވަރު ނެތިއްޔާ ދޮގު ހައްދަވާ, ކިތަންމެ ވަރަކަށް ހެއްދެވިއަސް މައްސަލައެއް ނެތް. އަޅުގަނޑުމެންގެ އެބަހުރި ތެދު ހެދުމުގެ ހިތްވަރު," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިޔާސީ ގޮތުން ކިތަންމެ ދޮގެއް ހެދިއަސް ހައްޔަރު ކުރާނެ މީހެއް ނުހުންނާނެ ކަމަށާއި, ސިޔާސީ ބަދަލު ހިފުމެއް ނުހިއްޕަވާނެ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވީ ބަދަލު ހިފުމުގެ ރޫހު ނައްތާލަން ކަމަށްވާތީ އެކަން ނައްތާލާފައިވާ ކަމަސް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ, ކޮރަޕްޝަނާއި, ވައްކަން އަދި ނާޖާއިޒު ގޮތެއްގައި ގަވައިދާ ހިލާފަށް ކަންކަން ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރާ މީހަކު ހެއްކާއެކީގައި އެމަނިކުފާނު ކުރިމައްޗަށް ގެނެސްފިނަމަ, އެމީހަކާ ދެކޮޅަށް އިސްވެ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox