ޖަރުމަނު

Jun 14, 2024, 9:16 AM
ޖަރުމަނު

ޖަރުމަނުން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާނީ ބާއްވާ ގައުމުގެ ހައިސިއްޔަތުންނެވެ. ޖުމްލަ އެކު، މީގެ ކުރިން ޖަރުމަނުން ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތްތަކުގައި 13 ފަހަރު ވާދަކޮށްފަ އެވެ. ކުރިން ހުޅަނގު ޖަރުމަނުގެ ނަމުގައި ވެސް އެ ޓީމު ވަނީ ވާދަކޮށްފަ އެވެ.

ޖަރުމަނުން އެންމެ ފުރަތަމަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރިއިރު، 1972 ވަނަ އަހަރު ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭގެ ފަހުން، އެ ޓީމުން ޗެމްޕިއަންކަން ހޯދީ 1980 ވަނަ އަހަރާއި 1996 ވަނަ އަހަރު އެވެ. އެކާވީސް ވަނަ ގަރުނުގައި ޖަރުމަނުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އެނއް ފަހަރު ކުޅުނެވެ. އެއީ 2008 ވަނަ އަހަރު އެވެ. އެ ފަހަރު ވަނީ ސްޕެއިން އަތުން ފައިނަލުގައި ބަލިވެފަ އެވެ. އޭގެ ފަހުން ޖެހިޖެހިގެން ތިން ސެމީ ފައިނަލުގައި ކުޅުމަށް ފަހު، އެންމެ ފަހުން ބޭއްވި ޔޫރޯ އިން ކެޓީ ގަދަ 16 ބުރުގަ އެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޖަރުމަނުން މި ނުކުންނަނީ، ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ވޭތުވެދިޔަ ހަ ވަރަކަށް އަހަރު ހިތި ތަޖުރިބާތަކެއް ކޮށްފަ އެެވެ. އެ ގޮތުން، ޖެހިޖެހިގެން ދެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓިއިރު، ނަތީޖާތަށް ވެސް ފެނުނީ ހައިރާންކުރަނިވި ގޮތަކަށެވެ.

ޖަރުމަނު ފުޓްބޯޅަ ހަމަމަގަށް އަޅުވަން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފުރުސަތު ލިބިފައިވާއިރު، އަމިއްލަ ގައުމުގައި 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު، ބާއްވާ ފުރަތަމަ ބޮޑު މުބާރާތުގައި ޖަރުމަނު ޓީމުގެ ޒިންމާއާ ހަވާލުވެހުރީ، ޒުވާން ކޯޗު ހޫލިއަން ނާގަލްސްމަން އެވެ. ނާގަލްސްމަން އަށް ޖަރުމަނު ކޯޗުކަން ފުރަތަމަ ހަވާލުކުރީ މި މުބާރާތުގެ ނިޔަލަށެވެ. އެކަމަކު، އޭނާގެ މަސައްކަތް ރަނގަޅުވުމުން، 2026 ވަަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް ވަނީ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

ޖަރުމަނު ހިމެނެނީ ސްކޮޓްލެންޑާއި ހަންގޭރީ އަދި ސްވިޒަލެންޑާ އެކު ގްރޫޕް އޭ ގަ އެވެ.

ޖަރުމަނު ޓީމަކީ ތަރިންގެ ޓީމެކެވެ. މި ފަަހަރުގެ މުބާރާތުގައި ޓޯނީ ކްރޫސް، އެނބުރި ޓީމަށް އައުމަކީ ލިބިގެންދިޔަ ބޮޑު ފަސޭހަ އެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox