ކެނަޑާ ބަލިކޮށް ޕާކިސްތާން އަށް އުންމީދެއް

Jun 12, 2024, 4:33 AM
ކެނަޑާ ބަލިކޮށް ޕާކިސްތާން އަށް އުންމީދެއް

ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 12) - އެމެރިކާ އާއި ވެސްޓް އިންޑީސްގައި މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި، ހަތް ވިކެޓުން، ކެނަޑާ ބަލިކޮށް ޕާކިސްތާނުން މުބާރާތުގައި ކުރިއަށްދިއުމުގެ އުންމީދެއް ހޯދައިފި އެވެ.

އެންމެ ފަހުން ވޯލްޑް ކަޕްގެ ރަނަރަޕް، ޕާކިސްތާން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވަނީ ބަލިވެފަ އެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި ހައިރާންކުރަނިވި ގޮތަކަށް އެމެރިކާ އަތްދަށުވިއިރު، ދެ ވަނަ މެޗުން ވަނީ ވާދަވެރި އިންޑިއާ އަތުން ބަލިވެފަ އެވެ. އަމިއްލަ ބާރުގައި އަނެއް ބުރަށް ދިއުމުގެ ފުރުސަތު ނެތްއިރު، ޕާކިސްތާނަށް ކިރިޔާ ވެސް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވެން އޮތީ ފަހު ދެ މެޗުން މޮޅުވެގެންނެވެ. އޭގެ ތެރެއިން ފުރަތަމަ މެޗުން މި ވަނީ ކެނަޑާ އަތުން މޮޅުވެފަ އެެވެ.

ޓޮސް ދިމާވުމުން ޕާކިސްތާނުން ނިންމީ ހޮވާށެވެ. ކެނަޑާ އިން ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު، ހަތް ކުޅުންތެރިން ނުބައިވެގެން 106 ލަނޑު ހެދި އެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ، 52 ލަނޑު ހެދި އާރޮން ޖޯންސަން އެވެ.

މި އިނިންސްގައި ޕާކިސްތާންގެ މުހައްމަދު އާމިރު އާއި ހާރިސް ރައޫފް، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ.

ޕާކިސްތާން މޮޅުވީ ޖަވާބުގައި ކުޅެން އަރައި، 17.3 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވިއިރު، 107 ލަނޑު ހަަދައިގެންނެވެ. ޕާކިސްތާނަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ނުބައިނުވެ، 53 ބޯޅައިން 53 ލަނޑު ހެދި މުހައްމަދު ރިޒްވާން އެވެ.

ސުޕަ އެއިޓްގެ ފުރުސަތެއް ޕާކިސްތާނަށް އޮތީ، އެ ޓީމުން ފަހު މެޗުގައި ގިނަ ލަނޑުގެ ތަފާތަކުން، އަޔަލެންޑް އަތުން ބޮޑު މޮޅެއް ހޯދައި، ނެޓް ރަން ރޭޓް ރަނގަޅުކޮށްގެންނެވެ. އަދި އެ އަށް ފަހު ވެސް ޕާކިސްތާނުން، އިންޑިއާ އާއި އެމެރިކާގެ މެޗުތަކުގެ ނަތީޖާ އަށް ބަލަންޖެހޭނެ އެވެ.

މުބާރާތުގައި މިރޭ އޮތީ، އިންޑިއާ އާއި އެމެރިކާ ބައްދަލުކުރާ މެޗެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox