ރެޑް ބުލް ވިންޑް ރައިޑާސް: ރޭސް ކެޓަގަރީގެ ޗެމްޕިއަންކަން ހަންޓޭ އަށް

ވިންޑް ރައިޑާސް ރޭސް ކެޓަގަރީގެ ތެރެއިން ހަންޓޭ.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު

ވިންޑް ރައިޑާސް ރޭސް ކެޓަގަރީގެ ތެރެއިން ހަންޓޭ.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު

ބ. ގޮއިދޫގަިއ މިއަދު ފެށި ރެޑް ބުލް ވިންޑް ރައިޑާސްގެ ރޭސް ކެޓަގަރީގެ ޗެމްޕިއަންކަން ހުނަރުވެރި ކައިޓް ސާފާ ހަސަން މާހިރު (ހަންޓޭ) ހޯދައިފި އެވެ.

ހަންޓޭ ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ އެއްވަނަ ހޯދާފަ އެވެ. ހަންޓޭ ވަނީ މިދިޔަ އަހަރު އޭނާ ވާދަކުރި ހުރިހާ ކެޓަގަރީ އަކުންވެސް އެއްވަނަ ހޯދާފަ އެވެ.

ހަންޓޭ މި މުބާރާތުގެ ފައިނަލަށް ދިޔައީ އޭނާ ޖެހި ފުރަތަމަ ހީޓުގެ ތިން ރޭސް ކާމިޔާބުކޮށެވެ. އަދި ފައިނަލް ހަންޓޭ ކާމިޔާބުކުރީ, ފައިނަލް ހީޓުގެ ފަސް ރޭސްގެ ތެރެއިން ހަތަރު ރޭސް އެއްވަނައިގައި ނިންމައިގެންނެވެ.

ރޭސް ކެޓަގަރީގެ ފައިނަލް ހީޓުގައި ހަންޓޭ އާއެކު, ގަދަ 10 ބައިވެރިން ވާދަކުރި އެވެ. މި ކެޓަގަރީގެ ދެވަނަ ހޯދީ ލަންކާގެ ސަނަކާ ސަޑަރޫ އެވެ. އޭނާ ވަނީ ފަސް ރޭހުގެ ތެރެއިން ހަތަރު ރޭސް ދެވަނައިގައި ނިންމާފަ އެވެ. އަދި ތިންވަނަ އަށްދިޔައީ ނަސާރު އަމްޖަތު އެވެ. އޭނާ ވަނީ ފަސް ރޭހުގެ ތެރެއިން އެއް ރޭސް ދެވަނައިގައި އަދި ދެ ރޭސް ތިންވަނައިގައި ނިންމާފަ އެވެ.

ރެޑް ބުލް އިން ވަނީ މި އަހަރު ފޯ ޓު ސްކޯ ނަމުގައި މުބާރާތެއް ބާއްވާފަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދި ފުޓްސަލް ޓައުން (ޓީއެފްޓީ) އެވެ. އެއާއެކު, ޓީއެފްޓީ އަށް މި އަހަރު ޖަރުމަނުގައި ކުރިއަށްދާ މުބާރާތުން ފުރުސަތު ވަނީ ލިބިފަ އެވެ.

މީގެ އިތުރުން ކުރިއަށްވެސް ރެޑް ބުލްގެ ބައިވަރު އިވެންޓް އެބަހުއްޓެވެ. ރެޑް ބުލް އިން ގޮއިދޫގައި ވިންޑް ރައިޑާސް ބާއްވާތާ މިއީ ތިން ވަނަ ފަހަރެވެ. އަދި މި ރަށުން މި އިވެންޓަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ރެޑް ބުލް އިން ވަނީ ބުނެފަ އެވެ.

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox