ބޮސްނިއާ ގަރާރަށް ވޯޓު ނުދީ ހަގީގަތް އޮޅުވާލަން ސަރުކާރުން މަސައްކަތް ކުރާތީ ކަންބޮޑުވޭ، އެކަމުގައި ޖަވާބުދާރީ ކުރުވާނަން: ފައްޔާޒު

May 27, 2024, 3:48 PM
ފައްޔާޒް: ވިދާޅުވީ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ފައްޔާޒް: ވިދާޅުވީ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ބޮސްނިއާގެ ގަތުލުއާންމުގެ ހަނދާން ކޮންމެ އަހަރު އާކުރުމަށް އދ. ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރަށް ރާއްޖޭން ތާއިދު ނުކޮށް، އެ ވޯޓުގެ ހަގީގަތް އޮޅުވައިލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިންތިހާއަށް މަސައްކަތް ކުރަމުން ގެންދާތީ ކަންބޮޑުވާ ކަމަށާއި، އެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ މެންބަރުން މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށް، އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެ އެވެ.

ފައްޔާޒު "އަދަދު" ނޫހަށް ވިދާޅުވީ ބޮސްނިއާގެ ގަރާރަށް އިސްލާމީ މި ދިވެހިރާއްޖޭން ވޯޓު ނުދީ، އެ ވޯޓާ ގުޅޭ ގޮތުން ދިވެހި ރައްޔިތުންނަށް ހަގީގަތް އޮޅުވައިލުމަށް ސަރުކާރުން މަސައްކަތް ކުރުމަކީ ފިނޑި އަދި ލަދުވެތި ކަމެއް ކަމަށެވެ.

"ސަރުކާރުން ބުނަމުން އެދަނީ އިސްލާމީ ގިނަ ގައުމުތަކުގެ ތާއިދު އެކަމަށް ނެތް ކަމަށް. އެއީ ކަނޑައެޅިގެން ބުހުތާނު ދޮގެއް. އދ. އާންމު މަޖިލީހުގެ އެ ވޯޓުގައި ބައިވެރިވި އިސްލާމީ ގައުމުތަކުގެތެރެއިން ގިނަ ގައުމުތަކުން ގަރާރު ފާސްކުރަން ވޯޓު ދީފައިވޭ،" އެމްޑީޕީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.

"ކީއްވެތޯ ހަގީގަތާ ކުރިމަތި ނުލާންވީ، ގޯސްތަކެއް އުޅޭތީވެ، ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަން މަސައްކަތް އެ ކުރަނީ. އެކަން އަޅުގަނޑު މަޖިލީހުގެ މެންބަރުން މެދުވެރިކޮށް ބަލާނަން."

މާދަމާ ފަށާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތީ ޕީއެންސީގެ ސުޕަ މެޖޯރިޓީ އެވެ. އެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރަނީ 12 މެންބަރުންނެވެ.

ބޮސްނިއާގައި 1995ގައި އެތައް ހާސް މުސްލިމުންނެއް މަރާލައި، ހިންގި ގަތުލުއާންމުގެ ހަނދާން އާކުރާ ދުވަހެއްގެ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް 11 ޖުލައި ހަމަޖައްސަން، އދ. އާންމު މަޖިލީހުގައި ވޯޓު ނެގީ މެއި 23, 2024 ގަ އެވެ.

އެ ގަރާރު ފާސް ކުރީ 84 ގައުމުގެ ތާއީދާއެކު އެވެ. ގަރާރު ފާސް ކުރުމާ ދެކޮޅަށް ވޯޓު ދިނީ އެންމެ 19 ގައުމެވެ. ނަމަވެސް އެއްވެސް ކޮޅަކަށް ވޯޓުނުލާ 68 ގައުމެއް ތިއްބެވެ. ރާއްޖެއިން ވީ "އެބްސްޓެއިން" އެވެ. އެއީ ވަކި ގޮތަކަށް ވޯޓު ނުދިނުމެވެ.

އިސްލާމީ ގިނަ ގައުމުތައް ހިމެނޭ ޖަމްއިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގައި ހިމެނޭ 57 ގައުމުގެ ތެރެއިން ބޮސްނިއާ ގަރާރުގެ ވޯޓުގައި ބައިވެރިވީ 48 ގައުމަކުންނެވެ. އެ ވޯޓުގައި ބައިވެރި ނުވަނީ އދ. ގެ އާންމު މަޖިލީހުގައި ނުހިމެނޭ ފަލަސްތީނުގެ އިތުރުން، އައިއޯސީގެ އިތުރު އަށް ގައުމެކެވެ.

ގަރާރު ފާސްކުރަން އައިއޯސީގެ 26 ގައުމަކުން ވޯޓު ދިން އިރު، އެއީ ވޯޓުގައި ބައިވެރިވި 54 ޕަސެންޓެވެ. ރާއްޖެ ހިމެނޭހެން ވަކި ކޮޅަކަށް ވޯޓު ނުދިނީ 19 ގައުމަކުންނެވެ. އަދި ގަރާރު ފާސްކުރަން ނުފެންނަ ކަމަށް ބުނެ "ނޯ" ބަޓަންއަށް ފިތީ ތިން ގައުމަކުންނެވެ. އެ ވޯޓުގައި އައިއޯސީގެ އަށް ގައުމަކުން ބައިވެރިއެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox