މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 1500 އަށް އަރައިފި: ސޯލިހު

މާޗު 17، 2024 ގައި ބޭއްވި ކެބިނެޓު ބައްދަލުވުމުގެ ތެރެއިން. ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި ވަނީ މި ސަރުކާރުގެ ސިޔާސީ މަގާމުތައް ގިނަވެ، މުސާރަ އަށް ބޮޑު ހަރަދެއް ހިނގާތީ ކަމަށް ކުރީގެ ދެ ރައީސުން ކަމުގައިވާ ސޯލިހު، އަދި ޔާމީން ވަނީ ވިދާޅުވެފައި. -- ފޮޓޯ: ރައީސް އޮފީސް

މާޗު 17، 2024 ގައި ބޭއްވި ކެބިނެޓު ބައްދަލުވުމުގެ ތެރެއިން. ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި ވަނީ މި ސަރުކާރުގެ ސިޔާސީ މަގާމުތައް ގިނަވެ، މުސާރަ އަށް ބޮޑު ހަރަދެއް ހިނގާތީ ކަމަށް ކުރީގެ ދެ ރައީސުން ކަމުގައިވާ ސޯލިހު، އަދި ޔާމީން ވަނީ ވިދާޅުވެފައި. -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ހަރަދު ބޮޑުވެގެން ދިޔައީ ސިޔާސީ މަގާމުތައް އިންތިހާ އަށް އިތުރު ކުރުމުން ކަމަށާއި އަންދާޒާ ކުރެވޭ ގޮތުގައި މިހާރު ވެސް ސިޔާސީ މަގާމުތަކުގެ އަދަދު 1،500 އަށް ވުރެ އިތުރުވެއްޖެ ކަމަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ އިފްހާމް ހުސައިން އަށް ތާއިދު ހޯދަން ރޭ ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތް ގޮތާބެހޭ ގޮތުން ސަރުކާރުގެ ވެރިން ދައްކާ ވާހަކަ އާއި އަމަލު ދިމާ ނުވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަވާލުކުރީ ބަނގުރޫޓުވެފައި އޮތް ސަަރުކާރެއް ކަމަށް އެ ބޭފުޅުން ވިދާޅުވާއިރު، ވޭތުވެދިޔަ ހަތަރު މަސް ދުވަސްތެރޭގައި ކަން ކޮށްފައިވާ ގޮތް ސާފުކޮށް ފެންނަން އެބަ އޮތް ކަމަށް ސޯލިހު ވިދާޅުވި އެވެ. އެ ވާހަކަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މިހާރު ދައްކަވަން ފައްޓަވައިފި ކަމަށް ވެސް ސޯލިހު ފާހަގަ ކުރެއްވި އެވެ. އެ ފާހަގަ ކުރެއްވީ ސިޔާސީ މަގާމުތައް އިތުރުވުމާއި، ސަރުކާރުގެ މަޝްރޫއުތައް ހުއްޓިފައިވުމެވެ.

ސޯލިހު ވިދާޅުވީ މި ވޭތުވެދިޔަ ތިން މަސް ދުވަހު، ކުރީ އަހަރުގެ އެ މުއްދަތަށް ވުރެ 300 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާ ކަމަށާއި އަދި، 1700 ޕްރޮޖެކްޓު ހުއްޓާލާފައިވާ ކަމަށެވެ.

"މި ފައިސާ ހަރަދުކުރީ ކޮން ބަޔަކަށްތޯ؟" ސޯލިހު ސުވާލު އުފެއްދެވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެނގެން އޮތީ އިށީންނާނެ ގޮނޑިއެއް މޭޒެއް ނެތް މިންވަރަށް ސިޔާސީ މަގާމުތައް އިތުރުވުމެވެ.

"އަންދާޒާ މިހާރު ކުރެވޭ ގޮތުގައި، އެ ބޭފުޅުން މައުލޫމާތު ދެއްވީމަ އެނގޭނީ، 1500 އަށް ވުރެ ގިނަ ސިޔާސީ މަގާމު މިހާރު ވާނީ އުފައްދާފައި. އެހެން ނަމަކަ މަހެއްގެ މައްޗަށް 100، 150 މިލިއަން ރުފިޔާ ރިކަރަންޓު ހަރަދަށް، މުސާރައަކަށް ހަރަދު ކުރަން ނުޖެހޭނެ،" ސޯލިހު ވިދާޅުވި އެވެ.

"އިސްރާފު އިންތިހާއަށް، އިސްރާފު އިންތިހާއަށް. މިހާރު ހުއްޓާލާފަ އެހުރި ޕްރޮޖެކްޓުތައް ދެން އަލުން ފައްޓަން ވެއްޖިއްޔާ ވާނީ ކިހިނެއްތޯ؟ ދެގުނަ އިތުރަށް ހަރަދު އަނެއްކާ ވެސް ކުރަން ޖެހޭނީ. އަނެއްކާ ވެސް ތިބޭފުޅުންގެ ލާރި، ތިބޭފުޅުންގެ ފައިސާ ހަރަދުވެގެން އެދަނީ."

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިއަދު މިއޮތް ސަރުކާރަށް ލިބިއްޖެ ނަމަ، "ހީނުކުރާ ވަރުގެ ދަތި އުނދަގޫ ނާމާން ހާލަތަކަށް މި ގައުމު ވެއްޓިގެން ދާނެ" ކަމަށް ސޯލިހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox