ޖަމީލުގެ ސީރިއަސް ބޮޑު ތުހުމަތެއް: "އަދުރޭ ސިޔާސީ މަސައްކަތް ކުރަނީ އަގަށް"

ޑރ. ޖަމީލު (ވ)، ރައީސް ޔާމީން (މ)، އަދި އަބްދުލްރަހީމް (ކ) ޕީޕީއެމްގެ އިވެންޓެއްގައި: އަދުރޭގެ މައްޗަށް ސީރިއަސް ބޮޑު ތުހުމަތުތަކެއް ޖަމީލު ކުރައްވައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޑރ. ޖަމީލު (ވ)، ރައީސް ޔާމީން (މ)، އަދި އަބްދުލްރަހީމް (ކ) ޕީޕީއެމްގެ އިވެންޓެއްގައި: އަދުރޭގެ މައްޗަށް ސީރިއަސް ބޮޑު ތުހުމަތުތަކެއް ޖަމީލު ކުރައްވައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ވަޒީރު އަދި ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އަކީ އަބަދުވެސް އަގަށާއި މުސާރައަށް ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ އިސް ބޭފުޅުންނާއެކު "އަދަދު" ނޫހުން މިހާރު ގެނެސްދޭ "އެއްޗެއް ކަޅެއް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖަމީލު ވަނީ އަދުރޭ މީގެ ކުރިން ރައީސް އަބްދުﷲ ޔާމީނަށް ސިޔާސީ މަަސައްކަތް ކޮށްދެއްވި ގޮތް ކަމަށް ވިދާޅުވެ، ބައެއް ކަންކަން ހިއްސާ ކުރައްވައިފަ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަންނަވަން ދެން ޔާމީނަކީ ޕީއެންސީ އާއި ޕީޕީއެމްގެ އިސް ލީޑަރެވެ. ނަމަވެސް ވެރިކަމަށް ފަހު، ޔާމީނާއި ރައީސް މުއިއްޒުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ ޔާމީން މިހާރު ވަނީ އެ އިއްތިހާދު ދޫކޮށްލައްވައިފަ އެވެ.

ޕީއެންއެފްގެ ނަމުގައި އާ ޕާާޓީއެއް އުފެއްދެވުމުގެ މަސައްކަތް ޔާމީން ކުރައްވާއިރު، އެމަނިކުފާނުގެ އެންމެ އަރިހުގައި މިހާރު ހުންނެވީ ޖަމީލެވެ. ޖަމީލު ވިދާޅުވީ ޔާމީންގެ ވެރިކަން ނިމިގެން، އެމަނިކުފާނު ލީޑުކުރެއްވި ސިޔާސީ އިއްތިހާދު ހިންގެވުމުގައި އަދުރޭ ހުންނެވީ މަހު މުސާރައަކަށް ކަމަށެވެ.

"ރައީސް ޔާމީން ވެރިކަން ނިމުމުން، އަދުރޭއަށް ވެސް ރަނގަޅު، އޭނައަށް ވެސް ކްރެޑިޓެއް ދޭން ޖެހޭ އެބަ، އެއީ މަހު މުސާރައަށް ވެސް އޭނާ މަޑުކޮށްގެން ހުރީމަ، އޭނާއާއެކީ ދެން އުޅުއްވި ބޭފުޅުން ރައީސް ޔާމީން ދޫކުރައްވައި ވަޑައިގަތީ،" ޖަމީލު ވިދާޅުވި އެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވަން ޖެހުމުގެ ސަބަބުން ދައުލަތުން ޕީޕީއެމަށް އޭރު ދޫކުރާ ފައިސާ އާއި ސިޔާސީ މަސައްކަތަށް ޕާޓީއަށް ލިބޭ ފައިސާ ބަލަަހައްޓަވަމުން ގެންދެވީ އަދުރޭ ކަމަށާއި، އޭރު ވެސް އެއިން ކުރާ ހަރަދުތަކުން އަދުރޭއަށް ފައިދާ ނަންގަވަމުން ގެންދެވި ކަމަށް ތުހުމަތު ކުރެއްވި އެވެ.

އަދުރޭއަކީ އެއްވެސް އިރެއްގައި ވޮލިންޓިއާކޮށް ސިޔާސީ މަސައްކަތްކޮށްދެއްވި ބޭފުޅެއް ނޫން، ރައީސް ޔާމީނަށް ވެސް ސިޔާސީ މަސައްކަތް ކޮށްދެއްވީ އަގަށް، މުސާރައަަށް

ރައީސް މުއިއްޒުގެ ސަރުކާރުގައި އެންމެ ނުފޫޒުގަދަ ބޭފުޅަކީ އިސް ވަޒީރު އަބްދުއްރަހީމެވެ. އޭނާގެ އާއިލާ ބޭފުޅުންނަށާއި، އޭނާގެ އުފަން ރަށް ކަމަށްވާ ފޮނަދޫން ގިނަ ވަޒީފާތަކާއި މަގާމުތައް ސަރުކާރުން ހަމަޖައްސައިދީފައިވެ އެވެ. ރައީސްގެ ކެބިނެޓުގައި އޭނާގެ ދަރިކަލުން ފައިސަލް ވެސް އިންނަވަ އެވެ.

"ރައީސް މުއިއްޒުއާއި އަދުރޭއާ ދެ މީހުން ދެން ރޭވި ރޭވުމެއްގެ ތެރެއިން، މުޅި އެތި ޖަހައިގަތީ، މިހާރު ބައްލަވާ އެ ކަން އެބަ ފެނޭ ނޫން ތޯ، ހުރިހާ އެއްޗަކީ ވެސް އަދުރޭތާ މިހާރު، މުޅި ސަރުކާރަކީ ވެސް މި އަދުރޭ،" އޭނާ ވިދާޅުވި އެވެ.

ޔާމީނުގެ ވެރިކަމުގައި، އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައި ހިންގެވި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ވެސް ޖަމީލު މިހާރު ގުޅުވަނީ އަބްދުއްރަހީމާ އެވެ. އެއީ ފައިސާގެ ދަހިވެތިކަމުގައި، އަދުރޭ ހިމެނޭހެން ތިއްބެވި ބައެއް މަޖިލިސް މެންބަރުން ތިބެގެން ކުރެއްވި ކަމެއް ކަމަށް ޖަމީލު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox