އެމްޑީޕީގެ 12 މެންބަރުން ގެންދިޔައީ ފައިސާ ދީގެން: ސޯލިހު

ސޯލިހު ކެނދިކުޅުދޫގައި: ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ މަޖިލީހުން ބޭނުން ކަނޑުވާލުން ކަމަށް -- ފޮޓޯ: އެމްޑީޕީ

ސޯލިހު ކެނދިކުޅުދޫގައި: ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ މަޖިލީހުން ބޭނުން ކަނޑުވާލުން ކަމަށް -- ފޮޓޯ: އެމްޑީޕީ

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ 12 މެންބަރަކު ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ގެންދިޔައީ ފައިސާ ދީގެން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނ. މަނަދޫގައި ކެމްޕެއިން ކުރައްވަމުން ސޯލިހު ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރަކު ވެރިކަން ހިންގާ ޕާޓީއަށް ގެންދިޔުމުގެ އެއް މަގުސަދަކީ "މަޖިލީހުގެ ބޭނުން ކަނޑުވާލުން" ކަމަށެވެ.

"ގާނޫނުއަސާސީގައި ބޮޑު އެއް ބާރުގެ ގޮތުގައި ކަނޑައަޅާފައި އޮތް ރައްޔިތުންގެ މަޖިލީހުގެ ބޭނުން ކަނޑާލައި ބާރުތައް އަތް މައްޗަށް ނެގުމަށް ކުރައްވަން ފެއްޓެވި މަސައްކަތް. ފުރަތަމަ ކަމަކަށް ކުރެއްވީ އޭގެ ތެރެއިން ތިޔަ ބޭފުޅުން، އަޅުގަނޑުމެން އެމްޑީޕީގެ ބުރަ މަސައްކަތުން ހޮއްވަވާފައި ތިބި 12 ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ގެންދެވީ،" ސޯލިހު ވިދާޅުވި އެވެ. "އެކަން ކުރި ގޮތް ވަރަށް ސާފުކޮށް އެބަ އެނގޭ. މިތާ މި ތިއްބެވި ދެ ބޭފުޅުންނަށް ވެސް ފައިސާ ހުށަހެޅި. ފައިސާ ދީގެން 12 މެންބަރަކު އެ ތިބީ ގެންގޮސްފަ. އެއްޗެއް ހިތަށް ވެސް ނާރާ."

އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ގާނޫނުތައް ތަސްދީގު ނުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ގޮންޖައްސަވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮތުމުން އެކަމުން މިވަގުތު ސަލާމަތްވަމުންދާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ގާނޫނުތައް ތަސްދީގުނުކޮށް ގޮންޖައްސަވަމުން ގެންދަވަނީ. އަޅުގަނޑުމެންނަށް އެކަމުން ސަލާމަތްވެވުނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިވަގުތު އޮތީމަ. [މެޖޯރިޓީ] ނެތް ނަމަ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ފާސް ކުރުމަކަށް މި ސަރުކާރުން ބޯލަނބައި، ތަބައެއްނުވާނެ،" ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ 12 މެންބަރަކާއި އެ ޕާޓީއިން ކުރިން ވަކިވި މެންބަރަކު ޕީއެންސީއަށް ސޮއި ކުރީ ޑިސެމްބަރު 28، ގަ އެވެ. ރައީސް މުއިއްޒު ވިދާޅުވީ އަދި ވެސް އިތުރު އެމްޑީޕީގެ މެންބަރުން ޕީއެންސީއާ ގުޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ޔަގީން ކުރަނީ ތިޔަ ބޭފުޅުން ތިޔަ ނިންމެވި ނިންމެވުމާއެކު ހިތްވަރު ލިބިގެން އަދިވެސް ގިނަ މަޖިލިސް މެމްބަރުން މި ސަފަށް، ގައުމީ ސަފަށް އަރުއްވާނެ ކަމަށް. އެކަމުގެ އުއްމީދުގައި އަޅުގަނޑުމެން ތިބި ވާހަކަ ދަންނަވާލަން،" ރައީސް އެ ރޭ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox