ނޯބެލް ސުލްހައިގެ އިނާމު ލިބުނު މީހަކު ރަޝިއާގެ އަސްކަރިއްޔާއަށް ފާޑު ކިޔުމުން ޖަލަށް

ރަޝިއާގެ އަސްކަރިއްޔާއަށް ފާޑުކިޔައިގެން ޖަލަށްލީ އޯލެގް އޯލާވް -- ފޮޓޯ: ރޮއިޓާސް

ރަޝިއާގެ އަސްކަރިއްޔާއަށް ފާޑުކިޔައިގެން ޖަލަށްލީ އޯލެގް އޯލާވް -- ފޮޓޯ: ރޮއިޓާސް

ނޯބެލް ސުލްހައިގެ އިނާމު ލިބުނު އޯލެގް އޯލާވް, ރަޝިއާގެ އަސްކަރިއްޔާއަށް ފާޑު ކިޔުމުން 30 މަހަށް ޖަލަށް ލައި، 1،629 ޑޮލަރުން ޖޫރިމަނާ ކުރަން އިއްޔެ ހުކުމްކޮށްފި އެވެ.

މޮސްކޯގެ ކޯޓަކުން ކުރި ހުކުމުގައި ބުނީ އުމުރުން 70 އަހަރުގެ އޯލާވް ޖަލަށްލީ ތަކުރާރުކޮށް ރަޝިއާގެ އަސްކަރިއްޔާއަށް ފާޑުކިޔުމާ ގުޅިގެން ކަމަށެވެ.

ރަޝިއާގެ އަސްކަރިއްޔާއަށް ފާޑު ކިޔަމުން އޯލާވް ބުނީ އެތަނުގައި ވަޒީފާ އަދާކުރާ ސިފައިންގެ ދަރިންނާއި، ދަރިންގެ ދަރިން ސިފައިންނާ ބެހޭ ގޮތުން ކުރިޔަށް އޮތްތަނުގައި ވާހަކަދައްކަން ލަދު ގަންނާނެ ކަމަށެވެ.

Advertisement

"ރަޝިއާގެ އަސްކަރިއްޔާގައި މަސައްކަތްކުރާ ސިފައިން އަމަލުކުރި އޯޑަރުތަކަށް ބޯލަނބައި ޔޫކްރެއިންގައި ހިންގަމުންދާ ގަތުލުއާންމާމެދު އެމީހުން ލަދުގަންނަން ޖެހޭނެ" އޯލާވް ބުނި އެވެ.

ރަޝިއާގެ އެންމެ ގިނަ ދުވަސްވީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ "މެމޯރިއަލް" ގެ ކޯ-ޗެއާ އޯލާވްއަށް ނޯބެލް ސުލްހައިގެ އިނާމު ލިބުނީ 2022 ވަނަ އަހަރެވެ.

ނޯބެލް ސުލްހައިގެ އިނާމު ލިބުމުގެ ކުރިން އޯލާވްގެ ޖަމިއްޔާގެ ރަޝިއާއިން ހުއްޓުވި ނަމަވެސް، އޭނާ ވަނީ ހައްޔަރު ކުރުމާ ހަމައަށް އެ މަސައްކަތް ގައުމުގައި ކުރިޔަށް ގެންގޮސްފަ އެވެ.

ރަޝިއާ ސަރުކާރުން ވަނީ އެ ގައުމުގެ އަސްކަރިއްޔާއަށް އަދި ސަރުކާރަށް ފާޑުކިޔައި ނަފުރަތު އުފައްދާ މީހުންނަށް ހަރުކަށި އަދަބު ދީ، އެމީހުންގެ މުދާތައް ހިފެހެއްޓޭނެ ގާނޫނެއް ދާދި ފަހުން ފާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުމަކަށް ނާދެވި ކޮޕް31 ގެ މަޝްވަރާތައް ހުއްޓުމަކަށް

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާއި މޫސުމީ އެހީގެ ފައިސާއާ މެދު ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާއިރު، ހުރިހާ ގައުމަކުން އިއްތިފާގުވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްވެސް ނަތީޖާއެއް ނުނެރެ ސަމިޓް ނިންމާލަން ޖެހިދާނެއެވެ.

އެފްބީއައިގެ މައި ޑޭޓާބޭސްއެއް ހެކްކޮށްފި

އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ކުށްވެރިންގެ މައުލޫމާތު ރައްކާކުރާ މައި ޑޭޓާބޭސްއަށް ހެކަރުން ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ނޭޝަނަލް ސައިބާ ޑައިރެކްޓަރު މަގާމުން ވަކިކޮށްފައިވާއިރު، މިއީ އެފްބީއައިގެ ނިޒާމުތަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ވޮޝިންގްޓަންގެ އިސްތަށިކޮޅެއް 4،000 ޑޮލަރަށް ވިއްކާލައިފި

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމެއްގައި 4،000 ޑޮލަރަށް ވިއްކާލައިފިއެވެ. މި އިސްތަށިކޮޅަކީ 1799 ވަނަ އަހަރު އޭނާ އަވަހާރަވުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެކުވެރިއަކަށް ދެއްވި ތާރީޚީ އާސާރީ އެއްޗެކެވެ. މީގެ ކުރިންވެސް ވޮޝިންގްޓަންގެ އިސްތަށިކޮޅުތަކާއި އޭނާއާ ގުޅުންހުރި ތަކެތި ނީލަމުގައި ބޮޑު އަގުގައި ވިއްކާފައިވެއެވެ.

ޗާޕޯ އިސިދްރޯ ހައްޔަރުކޮށްފި

އެމެރިކާގެ އެފްބީއައި އިން އެންމެ ބޮޑަށް ހޯދަން ބޭނުންވާ މެކްސިކޯގެ ޑްރަގު ލީޑަރު "ޗާޕޯ އިސިދްރޯ" ބަޑީގެ ހަމަލާތަކަކަށްފަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. މި ކުރިމަތިލުންތަކުގައި 11 މީހަކު މަރުވެފައިވާއިރު، އޭނާ ހައްޔަރުކުރީ އެމެރިކާއަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކުރާ ކަމުގެ ތުހުމަތުގައެވެ. އެމެރިކާގެ އިންޓެލިޖެންސް އެހީގައި ހިންގި މި އޮޕަރޭޝަނަށްފަހު، އޭނާ އެގައުމާ ހަވާލުކުރުމަށް އެމެރިކާ ސަރުކާރުން ދަނީ އެދެމުންނެވެ.

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

Newsletter

Get the latest news delivered straight to your inbox