ހަންގޭރީގެ ގާނޫނު ހަދާ މަޖިލީހުން އެ ގައުމުގެ އާ ރައީސް އިންތިހާބުކޮށްފި

ހަންގޭރީގެ އާ ރައީސް ތަމަސް ސަލިއޯކް -- ފޮޓޯ: އެމްޓީއައި

ހަންގޭރީގެ އާ ރައީސް ތަމަސް ސަލިއޯކް -- ފޮޓޯ: އެމްޓީއައި

ހަންގޭރީގެ ގާނޫނު ހަދާ މަޖިލީހުން އެ ގައުމުގެ އާ ރައީސަކަށް ތަމަސް ސަލިއޯކް އިންތިހާބު ކޮށްފި އެވެ.

ހަންގޭރީގެ ރައީސް ކަމަށް ސަލިއޯކް އިންތިހާބު ކޮށްފައި މިވަނީ އެ ގައުމުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ކެޓަލިން ނޮވާކް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ކެޓަލިން މަގާމުން އިސްތިއުފާ ދެއްވީ ޖިންސީ ގޯނާގެ މައްސަލައެއް ފޮރުވައި، އެކަމަނާ މީހަކަށް މައާފު ދިން ކަމަށް އަޑު ފެތުރުމާ ގުޅިގެން ޕްރެޝަރު ބޮޑުވުމުންނެވެ. އަދި ކެޓަލިން ވަނީ ކުށް ކުރެވުނު ކަމަށް އިއުތިރާފުވެވަޑައިގެން، މައާފަށް ވެސް އެދިވަޑައިގެންފަ އެވެ.

Advertisement

ހޯމަ ދުވަހު އޮތް ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި ސަލިއޯކް ރައީސް ކަމަށް އިންތިހާބުކުރީ ވެރިކަން ކުރާ ފިޑެޒްސްގެ މެޖޯރިޓީއާއެކު ކަމަށްވާއިރު، އިދިކޮޅުން އަންނަނީ ސަރުކާރުގެ އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ އައު ސަރުކާރެއް ހޮވުމަށް އިންތިހާބެއް ބޭއްވުމަށް ގޮވާލާފަ އެވެ.

އުމުރުން 67 ސަލިއޯކް ހަންގޭރީގެ ރައީސްކަމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ މާޗު 5، ގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހަންގޭރީގެ ބޮޑުވަޒީރު ވިކްޓޯ އޯބަން މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި ފެބްރުއަރީ 16، ގައި ބޮޑު މުޒާހަރާއެއް ބާއްވާފައި ވާއިރު، އެ ގައުމުގައި ސަރުކާރާ ދެކޮޅަށް އަޑު އުފުލުން ވަނީ އިތުރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުމަކަށް ނާދެވި ކޮޕް31 ގެ މަޝްވަރާތައް ހުއްޓުމަކަށް

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާއި މޫސުމީ އެހީގެ ފައިސާއާ މެދު ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާއިރު، ހުރިހާ ގައުމަކުން އިއްތިފާގުވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްވެސް ނަތީޖާއެއް ނުނެރެ ސަމިޓް ނިންމާލަން ޖެހިދާނެއެވެ.

އެފްބީއައިގެ މައި ޑޭޓާބޭސްއެއް ހެކްކޮށްފި

އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ކުށްވެރިންގެ މައުލޫމާތު ރައްކާކުރާ މައި ޑޭޓާބޭސްއަށް ހެކަރުން ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ނޭޝަނަލް ސައިބާ ޑައިރެކްޓަރު މަގާމުން ވަކިކޮށްފައިވާއިރު، މިއީ އެފްބީއައިގެ ނިޒާމުތަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ވޮޝިންގްޓަންގެ އިސްތަށިކޮޅެއް 4،000 ޑޮލަރަށް ވިއްކާލައިފި

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމެއްގައި 4،000 ޑޮލަރަށް ވިއްކާލައިފިއެވެ. މި އިސްތަށިކޮޅަކީ 1799 ވަނަ އަހަރު އޭނާ އަވަހާރަވުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެކުވެރިއަކަށް ދެއްވި ތާރީޚީ އާސާރީ އެއްޗެކެވެ. މީގެ ކުރިންވެސް ވޮޝިންގްޓަންގެ އިސްތަށިކޮޅުތަކާއި އޭނާއާ ގުޅުންހުރި ތަކެތި ނީލަމުގައި ބޮޑު އަގުގައި ވިއްކާފައިވެއެވެ.

ޗާޕޯ އިސިދްރޯ ހައްޔަރުކޮށްފި

އެމެރިކާގެ އެފްބީއައި އިން އެންމެ ބޮޑަށް ހޯދަން ބޭނުންވާ މެކްސިކޯގެ ޑްރަގު ލީޑަރު "ޗާޕޯ އިސިދްރޯ" ބަޑީގެ ހަމަލާތަކަކަށްފަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. މި ކުރިމަތިލުންތަކުގައި 11 މީހަކު މަރުވެފައިވާއިރު، އޭނާ ހައްޔަރުކުރީ އެމެރިކާއަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކުރާ ކަމުގެ ތުހުމަތުގައެވެ. އެމެރިކާގެ އިންޓެލިޖެންސް އެހީގައި ހިންގި މި އޮޕަރޭޝަނަށްފަހު، އޭނާ އެގައުމާ ހަވާލުކުރުމަށް އެމެރިކާ ސަރުކާރުން ދަނީ އެދެމުންނެވެ.

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

Newsletter

Get the latest news delivered straight to your inbox