އަޒުލުކުރުން ފަސޭހަ މާއްދާގެ މައްސަލަ ގެންދަނީ ރައްދުވާ ފަރާތެއް ނެތް ގޮތަށް، މަޖިލިސް ހާޒިރުނުކޮށް

ސުޕްރީމް ކޯޓުގައި، ރައީސް އަޒުލު ކުރުން ފަސޭހަ ކުރާ މާއްދާތަކުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗު - ފޮޓޯ: ސުޕްރީމް ކޯޓު ލައިވް ސްޓްރީމް ވީޑިއޯ ޝޮޓް

ސުޕްރީމް ކޯޓުގައި، ރައީސް އަޒުލު ކުރުން ފަސޭހަ ކުރާ މާއްދާތަކުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗު - ފޮޓޯ: ސުޕްރީމް ކޯޓު ލައިވް ސްޓްރީމް ވީޑިއޯ ޝޮޓް

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ މަރުހަލާތައް ބަޔާން ކުރާ މާއްދާތައް ބަދަލު ކުރުމުން، ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި ދުސްތޫރީ މައްސަލަ ރައްދުވާ އެއްވެސް ފަރާތެއް ނެތް ގޮތަށް ސުޕްރީމް ކޯޓުގައި މިއަދު ޝަރީއަތް ފަށައިފި އެވެ.

ރާއްޖޭގެ ޝަރުއީ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫނާއި، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

މިއަދު ހެނދުނު 10:00 ޖަހާކަށްހާއިރު މައްސަލައިގެ ފުރަތަމަ އަޑުއެހުން ފައްޓަވަމުން، ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ މި މައްސަލަ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ރައްދުވާ ގޮތަށް ހުށަހެޅި ނަމަވެސް އެ ކަން ބަދަލުކޮށްދިނުމަށް އެދި ބަންޑާރަ ނައިބު ފަހުން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

Advertisement

"އެއީ ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރަން ޖެހޭ ފަރާތަކީ [ވެސް] ބަންޑާރަ ނައިބުގެ އޮފީސް،" އެ ގޮތަށް ބަދަލު ކުރަން ބަންޑާރަ ނައިބު ބޭނުންވި ސަބަބު ހާމަކޮށްދެއްވަމުން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވިދާޅުވި އެވެ.

މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް އިއުތިރާޒެއް އޮތްތޯ ސުޕްރީމް ކޯޓުން ސާފުކުރިއިރު، މަޖިލީހުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް ވެސް ލިބިފައިވާ ކަން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ފާހަގަ ކުރެއްވި އެވެ. އެހެންވެ މައްސަލަ ރައްދުވާ ފަރާތެއް ނެތް ގޮތަށް ގެންދަން ކޯޓުން ވަނީ ނިންމައިފަ އެވެ.

މިއަދުގެ ޝަރީއަތު އަޑުއެހުމަށް ވެސް ހާޒިރުވެ ތިބީ ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުން އެކަންޏެވެ. ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އެއްވެސް މީހަކު ހާޒިރުވެފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓުން މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ވަގުތީ އަމުރެއް ނެރުނު ނަމަވެސް މަޖިލީހުގެ މެންބަރުންގެ ވޯޓަކުން ނިންމީ އެ އަމުރަށް އަމަލު ނުކުރުމަށެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް އިންތިހާބުކުރި 87 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓެވެ.

ނަމަވެސް ސަރުކާރާ ގުޅުނު ހަތް މެމްބަރުންގެ ގޮނޑި ހުސްވި ފަހުން އިދިކޮޅު އެމްޑީޕީގެ ކޮންޓްރޯލުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކުން ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފަސޭހަކޮށް، މަޖިލީހުގެ މެންބަރުންގެ ޖުމުލަ އަދަދާއި އަގުލަބިއްޔަތު ގުނާ ގޮތަށް ބަދަލުގެނަ އެވެ.

ގަވާއިދަށް ގެނައި ބަދަލުގައި ވަނީ މަޖިލީހުގެ ޖުމުލަ މެންބަރުންނަކީ އެ ވަގުތެއްގައި މަޖިލީހުގައި ދެމިތިބި މެންބަރުން ކަމަށެވެ. އެހެންވެ، ޖުމުލަ މެންބަރުންގެ ގޮތުގައި 87 މެންބަރުން ތިބި ކަމަށް ބެލުމުގެ ބަދަލުގައި 80 މެމްބަރުންނަށް ތިރިވީ އެވެ.

މިއާ ގުޅިގެން މަޖިލީހުގައި ކަންކަން ފާސްކުރަން ކަނޑައަޅާފައިވާ އަގުލަބިއްޔަތުގެ މިންވަރުތަކަށް ބަދަލު އައިސް ރައީސާއި ނައިބު ރައީސް އަޒުލުކުރަން ބޭނުންވާ ވޯޓުގެ އަދަދު 54 އަށް ތިރިވި އެވެ. މިހާރު މަޖިލިސް ބެހިފައި އޮތް ގޮތުން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން ގުޅިގެން ލިބޭ 56 ވޯޓުން ރައީސް އަޒުލުކުރެވޭނެ އެވެ.

މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ފަހުން މަޖިލީހުން ވަނީ ގަވާއިދަށް އަނެއްކާ ވެސް ބަދަލެއް ގެނެސްފަ އެވެ. އެއީ ކޯޓަށް ހުށަހެޅިފައިވާ މާއްދާތަކުން އެ ބައިތައް އުނިކުރުމަށް ފަހު މުޅިން އާ މާއްދާތަކެއްގައި އެ ބައިތައް ހިމެނުމަށެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ތެރެއިން އުފެދުނު އަރައިރުމުގައި އެމްޑީޕީން ވަނީ ރައީސް އަޒުލުކުރާ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ވަރަށް ސޮއި ހަމަކޮށްފަ އެވެ. ނަމަވެސް މި މައްސަލަ އަދި މަޖިލީހަށް ހުށަނާޅަ އެވެ. އެމްޑީޕީގެ މެންބަރުން ވިދާޅުވަނީ، އެ މައްސަލަ މަޖިލީހަށް ވައްދާނީ އެ ކަމަށް "އެންމެ ރަނގަޅު" ވަގުތު ޖެހުމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox