އަޒުލުކުރުމުގެ މައްސަލައަށް ސަރުކާރު މެމްބަރުންގެ ޝައުގު އޮތް ކަމަށް އެމްޑީޕީން ބުނެފި

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން : އެ ޕާޓީއިން ބުނަނީ ރައީސް އަޒުލުކުރުމަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަވާ ކަމަށް - ފޮޓޯ: އަދަދު

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން : އެ ޕާޓީއިން ބުނަނީ ރައީސް އަޒުލުކުރުމަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަވާ ކަމަށް - ފޮޓޯ: އަދަދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުން ދުރު ކުރުމުގެ މައްސަލާގައި އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސް އާ އެކު މަސައްކަތް ކުރުމަށް ސަރުކާރު ނިސްބަތްވާ ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެމްޑީޕީއިން ބުނެފި އެވެ.

އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު، ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ރައީސް އަޒުލުކުރުމުގެ މައްސަލާގައި ޑިމޮކްރެޓްސްގެ އިތުރުން އެހެން ޕާޓީތަކުގެ މެންބަރުން ވެސް އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމުގެ ޝައުގުވެރިކަން އެ މެންބަރުން ފާޅުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ހިމެނޭތޯ "އަދަދު" އިން ސުވާލުކުރުމުން އެމްޑީޕީގެ ޕީޖީ ލީޑަރު، މުހައްމަދު ރަޝީދު ހުސެއިން ވިދާޅުވީ، މި މައްސަލަ ކުރިއަށް ގެންދާނީ ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ ތާއީދާ އެކު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ރައީސުލްޖުމްހުރިއްޔާ އަޒުލުކުރުމާ ގުޅޭގޮތުން އެހެން ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންގެ [ޝައުގު] އެބަހުރިތޯ، މިހާރުވެސް އެބަހުރި، އަދި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންގެ ތާއީދާ އެއްކޮށް ކަަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ މިކަން ކުރާނީ," އޭނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަޅަން މިހާތަނަށް 34 މެމްބަރަކު ސޮއި ކޮށްފައިވާ ކަމަށް މި ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް މީގެ ތެރޭގައި ސަރުކާރަށް ނިސްބަތްވާ އެއްވެސް މެންބަރެއްގެ ސޮއި ނުހިމެނޭ ކަމަށްވެސް މިއަދު އެމްޑީޕީއިން ވަނީ ބުނެފަ އެވެ.

ރައީސް އަޒުލުކުރުމުގެ ގަރާރު ހުށަހަޅަން ބޭނުން ވަނީ 26 ސޮޔެވެ.

އިދިކޮޅުން ރައީސް އަޒުލުކުރުމުގެ މަސައްކަތް ފެށުމާއެކު ސަރުކާރުން ވަނީ އަޒުލު ކުރުމުގެ ޕްރޮސެސް ބަޔާން ކުރާ މާއްދާތައް ބަދަލު ކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް ވައްދާފައިވާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

\ގަވާއިދަށް ގެނައި ބަދަލުގައި ވަނީ މަޖިލީހުގެ ޖުމުލަ މެންބަރުންނަކީ އެ ވަގުތެއްގައި މަޖިލީހުގައި ދެމިތިބި މެންބަރުން ކަމަށެވެ. އެހެންވެ، ޖުމުލަ މެންބަރުންގެ ގޮތުގައި 87 މެންބަރުން ތިބި ކަމަށް ބެލުމުގެ ބަދަލުގައި 80 މެމްބަރުންނަށް ވަނީ ތިިރިވެފަ އެވެ.

މި ބަދަލާއެކު މަޖިލީހުގައި ކަންކަން ފާސްކުރަން ކަނޑައަޅާފައިވާ އަގުލަބިއްޔަތުގެ މިންވަރުތަކަށް ބަދަލު އައިސް ރައީސާއި ނައިބު ރައީސް އަޒުލުކުރަން ބޭނުންވާ ވޯޓުގެ އަދަދު 54 އަށް ތިރިވި އެވެ. މިއީ އޭރު އެމްޑީޕީގައި ތިބި މެމްބަރުން އެކަނި ވޯޓު ލައިގެން ވެސް އަޒުލުކުރެވޭނެ އަދަދެކެވެ.

އެމްޑީޕީއިން މިއަދު ބުނި ގޮތުގައި ރައީސް އަޒުލުކުރުމަށް ސޮއި ހަމަކޮށް ޕީޖީއިން ފާސްކުރި ނަމަވެސް އަދި އެ ގަރާރު މަޖިލީހަށް ހުށަހަޅާނެ ތާރީހެއް ނިންމާފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox