ދެކުނު އޭޝިއާއަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ހާރިޖިއްޔާގެ ނައިބު، ރައީސް ޑރ. މުއިއްޒުއާ ބައްދަލުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމެރިކާއިން ދެކުނު އަދި މެދު އޭޝިއާގެ ގައުމުތަކަށް ކަނޑައަޅާފައި ހުންނަ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓު ޑޮނާލް ލޫ - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމެރިކާއިން ދެކުނު އަދި މެދު އޭޝިއާގެ ގައުމުތަކަށް ކަނޑައަޅާފައި ހުންނަ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓު ޑޮނާލް ލޫ - ފޮޓޯ: ރައީސް އޮފީސް

އެމެރިކާއިން ދެކުނު އަދި މެދު އޭޝިއާގެ ގައުމުތަކަށް ކަނޑައަޅާފައި ހުންނަ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓު ޑޮނާލް ލޫ، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ލޫ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރައީސް އާ ބައްދަލު ކުރެއްވީ މިއަދު ހެދުނު ރައީސް އޮފީހުގަ އެވެ.

"މި ބައްދަލުވުމުގައި ރައީސް އަދި އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓު ވަނީ ރާއްޖެއާ އެމެރިކާއާ ދެމެދު އޮތް ބަދަހި ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.

އެ ބައްދަލުވުމުގައި ލޫ ވަނީ ރާއްޖެއާ އެ ގައުމާ ދެމެދު ހާއްސަކޮށް ވިޔަފާރި އާއި ފަތުރުވެރިކަން އަދި އިގުތިސޯދީ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އެމެރިކާގެ ޝައުގުވެރިކަން ހުރިކަން ފާހަގަ ކުރައްވާފަ އެވެ. އޭގެ އިތުރުން، އިންޑިއާ ކަނޑުގެ ސަލާމަތް ދެމެހެއްޓުމުގައި އެކުގައި މަސައްކަތް ކުރުމަށް ވެސް މަޝްވަރާގައި ޝައުގު ފާޅުކުރެއްވި ކަމަށްވެ އެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ އެމަނިކުފާގެ ހާރިޖީ ސިޔާސަތު ހިއްސާ ކުރައްވާ ރާއްޖެއަށް ފައިދާ ކުރަނިވި ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވިކަން ފާހަގަ ކުރައްވާފަ އެވެ.

އޭގެ އިތުރުން، ރައީސް ވަނީ އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައް ރޯދަމަހުގެ ކުރިން ހުއްޓޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަށް ލޫ ދެއްވި ޖަވާބެއް ރައީސް އޮފީހުން ބުނެފައެއް ނުވެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ބައްދަލުވުން ނިންމާލަމުން ލޫ ވަނީ ރިޔާސީ އިންތިހާބުގައި ހޯއްދެވި ކާމިޔާބީއަށް އަދި ވެރިކަމުގެ ކުރީކޮޅު ހާސިލްކުރެއްވި ކަންކަމަށް މަރުހަބާ ދަންނަވާފައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox