ރުހުން ދިނުން ހުއްޓުވުމަށް ފަހު ސަރުކާރު މެމްބަރުން ރައީސްއާ ބައްދަލުކުރަން ރައީސް އޮފީހަށް

Jan 28, 2024, 6:33 PM
މިރޭ އެ މެމްބަރުން ރައީސް އޮފީހަށް ވަދެވަޑައިގަންނަވަނީ. ބައްދަލުކުރައްވަނީ ކޮން ބޭފުޅަކާކަން ސުވާލު ކުރުމުން އެއްވެސް ބޭފުޅަކު ޖަވާބެއް ނުދެއްވާ --- ފޮޓޯ: އަދަދު

މިރޭ އެ މެމްބަރުން ރައީސް އޮފީހަށް ވަދެވަޑައިގަންނަވަނީ. ބައްދަލުކުރައްވަނީ ކޮން ބޭފުޅަކާކަން ސުވާލު ކުރުމުން އެއްވެސް ބޭފުޅަކު ޖަވާބެއް ނުދެއްވާ --- ފޮޓޯ: އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފެށި ޖަލްސާއަށް ސަރުކާރުގެ މެންބަރުން ހުރަސްއެޅުމުގެ ސަބަބުން ކުރިއަށް ނުގެންދެވި ނިންމާލުމަށް ފަހު އެ މެމްބަރުން ވަޑައިގަތީ ރައީސް އޮފީހަށްކަން ހާމަވެއްޖެ އެވެ.

މީގެ ކުޑަވަގުތުކޮޅެއް ކުރިން އެ މެމްބަރުން ވަނީ ހިންގަވާފައި ގޮސް ރައީސް އޮފީހަށް ވަދެވަޑައިގަނެފަ އެވެ. މިވަގުތު އެ ބޭފުޅުން ރައީސް އޮފީހަށް ވަދެވަޑައިގަންނަވާނީ ހަމައެކަނި ރައީސްއާ ބައްދަލުކުރައްވަން ކަމަށް ބެލެވެ އެވެ.

ބައްދަލުކުރައްވަނީ ކޮން ބޭފުޅަކާކަން ސުވާލު ކުރުމުން އެއްވެސް ބޭފުޅަކު ޖަވާބެއް ނުދެއްވަ އެވެ. މި މެމްބަރުންގެ ތެރޭގައި އިދިކޮޅު އެމްޑީޕީ ދޫކޮށް ޕީއެންސީއަށް ދިޔަ މެމްބަރުން ވެސް ހިމެނެ އެވެ.

މިއަދުގެ ޖަލްސާ ފުރަތަމަ ފެށީ ހެދުނު 9:00 ގަ އެވެ. އެ ދަންފަޅީގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްފަހު ޖަލްސާ މެދުކަނޑާލީ މެންދުރު 1:30 ގައި ވޯޓުލާ ދަންފަޅި ފެށުމަށް މަސައްކަތް ކުރުމުން ސަރުކާރުގެ މެންބަރުން ވަނީ އެކަމަށް ހުރަަސް އަޅާފަ އެވެ.

އޭގެ ފަހުން ޖަލްސާ ބޭއްވުމަށް މިރޭ 08:00 އިން ފެށިގެން މަސައްކަތް ކުރިއިރު އެކަން ވެސް ކާމިޔާބު ނުވެ މެދުކަނޑާލި އެވެ.

އެއަށްފަހު, އަނެއްކާ ވެސް 10:30 ގައި ޖަލްސާ ބާއްވަން މަސައްކަތް ފެށި އެވެ. އޭރު ރިޔާސަތުގައި ހުރި މައިކް ސިސްޓަމް ނެގުމާ ގުޅިގެން މަޖިލިސް ރައީސް މުހައްމަދު އަސްލަމް އިންނެވީ ވަޒީރުން ތިއްބަވާ މޭޒުގަ އެވެ.

އަދި, ދެ މެމްބަރަކަށް މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތް ދެއްވި އެވެ. އެއަށް ފަހު ވެސް މުޅި މަޖިލިސް ކުރާ ހޯލުން ވެސް ދުންމާރީގެ އަޑު ކެނޑިފައިނުވާއިރު 10:57 ހާއިރު އަސްލަމް ވަނީ ޖަލްސާ ނިންމަވާލައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox