ފައްޔާޒުގެ އިންޒާރު ސަރުކާރަށް، "މާމުއިހަނދުވަރުގެ ރޭތައް ނިމިއްޖެ"

އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި އެޕާޓީގެ ޗެެއާޕާސަން ފައްޔާޒް އިސްމާއީލު ވާހަކަދައްކަވަނީ. އޭނާ މިރޭ ސަރުކާރަށް ވަރުގަދަ މެސެޖެއް ދެއްވި. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި އެޕާޓީގެ ޗެެއާޕާސަން ފައްޔާޒް އިސްމާއީލު ވާހަކަދައްކަވަނީ. އޭނާ މިރޭ ސަރުކާރަށް ވަރުގަދަ މެސެޖެއް ދެއްވި. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

"މާމުއިހަނދުވަރުގެ ރޭތައް ނިމިއްޖެ" ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ސަރުކާރަށް މިރޭ ނުސީދާ އިންޒާރެއް ދެއްވައިފި އެވެ.

ސޯޝަލް މީޑިއާ އެކްސްގައި ލިއުއްވި ލިއުމެއްގައި ފައްޔާޒު ވިދާޅުވީ އަނިޔާވެރިކަމާއި ހުދުމުހުތާރުކަން "ހައްޔަރުކުރުމަށް" ކުރެވެން އޮތް ހުރިހާކަމެއް މިހާރު ކުރަން ޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ސަރުކާރުގެ ސީދާ ކޮން ސިޔާސަތަކާ ދެކޮޅަށް ފާޅުކުރެއްވި ޝުއޫރެެއް ކަމެއް ފައްޔާޒުގެ ލިއުމުގައި ވިދާޅެއް ނުވެ އެވެ.

"މާމުއި ހަނދުވަރުގެ ރޭތައް ނިމުމަކަށް މިއަޔީ. އަނިޔާވެރިކަމާ އޮޅުވާލުމާ ހުދުމުހުތާރުކަން ހައްޔަރުކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރަން މިހާރު މިއޮތީ ޖެހިފަ. الله ގެ އިރާދަފުޅާއެކު ކާމިޔާބު ލިބޭނެ" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒު މިފަދަ މެސެޖެއް ސަރުކާރަށް ދެއްވާފައި މިވަނީ މާލޭ ސިޓީ ކައުންސިލުން ހިންގަން ރާވާފައި ހުރި ބައެއް ބޮޑެތި މަޝްރޫއުތައް ސަރުކާރާ ހަވާލުކުރަން ނިންމާފައިވާ ވަގުތެއްގަ އެވެ. މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވެފައިވާ އާދަމް އާޒިމް މަގާމާ ހަވާލުވެވަޑައިގަންނަވަން ތައްޔާރުވެފައި ވަނިިކޮށް ސިޓީކައުންސިލުން މިއަދު ނިންމީ މާލޭގެ މަސްމާރުކޭޓާއި ލޯކަލް މާރުކޭޓްގެ އިމާރާތް ތަކާއި ޕާކިން އިމާރާތްތައް އެޅުމުގެ މަޝްރޫއު ސަރުކާރާ ހަވާލުކުރުމަށެވެ.

އިންތިހާބީ މޭޔަރު އާދަމް އާޒިމް ވެސް ކައުންސިލްގެ އެ ނިންމުމާ މެދު މިއަދު ކަންބޮޑުން ފާޅުުކުރެއްވި އެވެ.

އެކްސްގައި ލިއުއްވި ލިއުމެއްގައި އާޒިމް ވިދާޅުވީ "ވަޒީރުބޭފުޅުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓާލެއްވުމަށް ސަރުކާރަށް ގޮވައިލާ" ކަމަށެވެ.

"..ލާމަރުކަޒީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް، ރައީސްއޮފީހުގެ ވަޒީރުބޭފުޅުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓާލެއްވުމަށް ސަރުކާރަށް ގޮވާލަން. އަދި މާލޭ ރައްޔިތުން އިންތހާބުކޮށްފައިވާ މޭޔަރ މަގާމާ ހަވާލުވަންދެން މިއަދު ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ދަންނަވަން،" އާޒިމް ވިދާޅުވި އެވެ.

ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސައްކަތް އެމްޑީޕީން ވަރުގަދަައަށް ކުރާނެކަމަށް އެޕާޓީގެ ވަގުތީ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ. އެމްޑީޕީގެ ޖަލްސާއެއްގައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން މިހައިތަނަށް މަޑުން ތިބީ ސަރުކާރަށް ވަގުތުކޮޅެއް ދޭން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox