އިންޑިއާ އެއްބަސްވުންތައް ކިޔައިނުދެވިގެން މިސަރުކާރު އުޅެނީ އެއްބަސްވުންތަކުގައި ގޯހެއް ނެތީމާ: ޝާހިދު

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު : އޭނާ ވިދާޅުވީ ގައުމުގެ "އެންމެ ވެލިފުކަކަށް"ވެސް ގެއްލުންވާފަދަ އެއްބަސްވުމެއް އިންޑިއާއާއެކު ހަދާފައެއް ނޯންނާނެ - ފޮޓޯ: އެމްޑީޕީ

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު : އޭނާ ވިދާޅުވީ ގައުމުގެ "އެންމެ ވެލިފުކަކަށް"ވެސް ގެއްލުންވާފަދަ އެއްބަސްވުމެއް އިންޑިއާއާއެކު ހަދާފައެއް ނޯންނާނެ - ފޮޓޯ: އެމްޑީޕީ

ދިވެހި ގައުމުގެ އެންމެ ވެލިފުކަކަށްވެސް ގެއްލުންވާފަ އެއްބަސްވުމެއްގައި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އިންޑިއާއާއެކު ސޮއިކޮށްފާ ނުވާނެ ކަމަށާއި އެއްބަސްވުންތައް ހާމަކުރަން ނުކުރޭ ސަބަބަކީވެސް އެއީ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މާލޭ މޭޔަރު ކެމްޕޭނުގެ ތެރެއިން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝާހިދު އިތުރަށް ވިދާޅުވީ، ޕީއެންސީއިން ރިޔާސީ ކެމްޕޭނުގައި އިންޑިއާއާއެކު އޭރުގެ ސަރުކާރުން ގައުމަށް ގެއްލުންވާފަދަ އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް ބުނި ނަމަވެސް ވެރިކަން ލިބުމުން އެ އެއްބަސްވުންތައް ހާމަކޮށްފައި ނުވާ ކަމަށެވެ.

"ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އިތުރު ކުރުމަށްޓަކާ ދެން ވިދާޅުވި ވާހަކައަކީ ސަތޭކަ އެތައް އެގްރީމެންޓެއް އެބައޮތޭ އިންޑިއާއާ އެކީގައި ވެފަ، އޭގަ އެބަހުއްޓޭ އެތައް މާއްދާތަކެއް، މިނިވަންކަމާއި ސިޔާދަތައް ގެއްލުން ލިބޭ، އެހެންވީމަ އެ އެއްޗެހި މި ދަނީ ދިރާސާ ކުރަމުންނޭ"

އެގްރީމެންޓުތައް "ދިރާސާ" ކުރުމުގެ ސްޕީޑާ ބެހޭގޮތުން ޝާހިދު ވަނީ ސަރުކާރަށް މިވީ 55 ދުވަސް ތެރޭގައި ދުވާލަކު ދެ އެގްރީމެންޓު ކިޔާލި ނަމަވެސް އެ މާއްދާތައް މިހާރު ދިރާސާ ވެފައިވާނެ ކަމަށް ވިދާޅުވެ މަލާމާތުގެ ރާގެއްގައި ފާޑުވިދާޅުވެފަ އެވެ.

"ނޯންނާނެއޭ، މި ދިވެހިރާއްޖޭގެ އެންމެ ވެލިފުކަކަށްވެސް، އެންމެ ވެލިފުކަކަށްވެސް ގެއްލުން ލިބިދާފަދަ އެގްރީމެންޓެއް އެމްޑީޕީގެ ސަރުކާރުގަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވެވަޑައިގެންފައެއް ނޯންނާނެ" ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުން އިންޑިއާއެކު 100 އަށްވުރެ ގިނަ އެއްބަސްވުން ހަދާފައިވާ ކަމަށް ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ވިދާޅުވީ މި ސަރުކާރުގެ ދެވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

"މި އަދަދުގެ ތެރޭގައި އަޅުގަނޑު މި ފާހަގަ ކުރަނީ ޕްރޮޖެކްޓުތައް ހިންގުމަށް ވެވިފައި ހުރި އެއްބަސްވުންތައް ނުހިމަނައި، ޕްރޮޖެކްޓުތައް ހިންގަން ވެވިފައި ހުރި އެއްބަސްވުންތައް ނުހިމަނައި 100 އަށްވުރެ ގިން އެއްބަސްވުން އިންޑިއާއާ އެކު ވެވިފައިވޭ މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި، ދެން މިއީ ވަރަށް ބޮޑު އަދަދެއް ކަން ފާހަގަ ކޮށްލަން،" ފިރުޒުލް އެ ދުވަހު ވިދާޅުވި އެވެ.

މިހާތަނަށް އިންޑިއާއާއެކު ކުރީގެ ސަރުކާރުން ހެދި ހައިޑޮގްރަފީ އެއްބަސްވުން އާނުކުރުން ފިޔަވާ އެއްބަސްވުންތަކާ ބެހޭ އެއްވެސް ފިޔަވަޅެއް މި ސަރުކާރުން އަޅާފައެއް ނުވެ އެވެ. އާނުކުރާން ނިންމި އެއްބަސްވުންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox