މަޑުކޮށްލީ ސަރުކާރަށް ވަގުތުކޮޅެއް ދޭން، ދެން ބަލަން ތިބެވޭކަށް ނެތް: ސޯލިހު

މާލޭގެ މޭޔަރުކަމަށް ކުރިމަތިލާފައިވާ އާދަމް އާޒިމްގެ ކެމްޕޭން ޖަލްސާގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.

މާލޭގެ މޭޔަރުކަމަށް ކުރިމަތިލާފައިވާ އާދަމް އާޒިމްގެ ކެމްޕޭން ޖަލްސާގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.

ރާއްޖެއަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށާއި އެމްޑީޕީގެ މެމްބަރުންނާއި އެހެން ރައްޔިތުންނަށް ވެސް އެ މަންޒަރު ބަލަން (އަޅައިނުލައި) ނުތިބެވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ދައުރު ނިމުނު ފަހުން ފުރަތަމަ ފަހަރަށް އެމްޑީޕީގެ ޕޯޑިއަމަށް ވަޑައިގެން ސޯލިހު ވިދާޅުވީ އެމްޑީޕީން ސަރުކާރަށް ވަގުތުކޮޅެއް ދިނީ އެއީ ރައްޔިތުން އިންތިހާބުކުރި ސަރުކާރަކަށް ވާތީ ކަމަށެވެ. ރައްޔިތުން އިންތިހާބުކުރި ސަރުކާރަަކަށް ވާތީ "އަދިވެސް ވަގުކޮޅެއް ދޭންވީއޭ ހިތަށް އަރާ" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހައިތަނަށް އަޅުގަނޑުމެން މަޑުކޮށްލައިގެން މިތިބީ، ރައްޔިތުން އިންތިހާބުކުރި ސަރުކާރަކަށް ވާތީ ވަގުތުކޮޅެއް ދޭން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރާތީ. އަދިވެސް ހިތަށް އަރާ ބައެއް ފަހަރު، އަދިވެސް ކުޑަވަގުތުކޮޅެއް އަޅުގަނޑުމެން ބަލައިލަންވީއޭ، އެކަމަކު އަޅުގަނޑަކަށް ހިއެއް ނުވޭ އެހެން ދެން ބަލަން ތިބެވޭކަށް އޮތް ހެނެއް،" ސޯލިހު ވިދާޅުވި އެވެ.

ސަރުކާރު ޖަވާބުދާރީކުރަން އެމްޑީޕީ އަލުން ނުކުންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ގިނަ ސަބަބުތަކެއް އެމަނިކުފާނު ވިދާޅުވެދެއްވި އެވެ.

އެފަދަ އެއް ކަމަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ބޮޑުބައި މިހާރުގެ ސަރުކާރުން ހުއްޓައިލުމެވެ. އެމަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި އެ މަސައްކަތްތަކުގެ 70 ނުވަތަ 80 ޕަސެންޓް މިހާރު ހުރީ ހުއްޓައިލައިފަ އެެވެ.

"ރައްޔިތުން ނުތިބޭނެ ބަލާކަށެއް. އަޅުގަނޑުމެން [އެމްޑީޕީ] ވެސް ތިބެގެނެއް ނުވާނެ. ޖަވާބުދާރީ ކުރުވުން އޮތް އެންމެ ބޮޑު ޕާޓީއަކީ އެމްޑީޕީން،" ސޯލިހު ވިދާޅުވި އެވެ.

އެއާ އެކު އެމަނިކުފާނު އެދިވަޑައިގެންނެވީ ޒިންމާދާރުކަމާ އެކު ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކުރުމަށެވެ. އެ މަސައްކަތް އެމްޑީޕީން ނުކޮށްފި ނަމަ ރާއްޖެ ބޮޑު އަނދަވަަޅަކަށް ވެއްޓޭނެ ކަަށް ވެސް ވިދާޅުވި އެވެ.

ސަރުކާރުގެ ސަބަބުން ލިބެމުންދާ އަނެއް ގެއްލުމަކީ ސޯލިހު ތުހުމަތުކުރެއްވި ގޮތުގައި ރާއްޖޭގެ ހާރިޖީ ގުޅުން ގޯސްވަމުން ދިއުމެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނު އިޝާރާތް އެ ކުރެއްވީ އަވަށްޓެރި އިންޑިއާއާ އެކު އޮތް ގުޅުން ހީނަރުވާތީ އެކަމަށެވެ.

" ހަމަ އެކަނި ރާއްޖޭގެ އަމަން އަމާންކަމެއް ނޫން ގެއްލިގެން ދަނީ މަގުތަކުގެ، އިގުތިސާދީ ގޮތުން ވެސް ވެސް އެތައް ދައްޗެއް ކުރިމަތިވޭ. ހާރިޖީ ގުޅުންތައް މިދަނީ ނެތިގެން،" ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ފެށްޓެވި ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމުން ދޫކުރި ގޯއްޗާއި ފްލެޓް ހަވާލުކުުރުން ސަރުކާރުން ލަސްކުރާތީ އެކަމަށް ވެސް ވަަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ސޯލިހު ވިދާޅުވި ގޮތުގައި ފްލެޓާއި ގޯތި ހަވާލުކުރުން ލަސްކުރާ މައްސަލަ ހައްލުކުރެވޭނީ މާލޭގެ މޭޔަރަކަށް އާޒިމް އިންތިހާބުކޮށްގެންނެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox