ޝާހިދު ބަހުގެ ހަމަލާ ދޫކޮށްލީ "ފިތުނައިގެ ދޮލަނގު"ގެ ވާހަކައިން

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ޕީއެންސީ/ޕީޕީއެމްގެ "ފިތުނަ އާއި ދޮގުގެ ދޮލަނގު" ވެރިކަމުގެ އެންމެ 52 ދުވަސްތެރޭގައި ކުނިވެ، ނުބައި ވަސް ދުވަން ފަށައިފި ކަމަށް ވިދާޅުވެ، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބަހުގެ ހަމަލާތަކެއް ސަރުކާރަށް ފޮނުވާލައިފި އެވެ.

"ބޮލަށް ލައިގެން ހިނގި ފިތުނައިގެ ދޮލަނގުގައި ހުރިއްޔާ ހުރި އެއްޗެއް ކުނިވެ ހަރާބުވެ ފަނި އަޅައި ފަނިފަކުސާއަށް ވެގެން ހިނގެއްޖެ،" މާލޭ ސިޓީގެ މޭޔަރުގެ ބައި އިލެކްޝަނަށް އެމްޑީޕީން ވާދަ ކުރައްވާ އާދަމް އާޒިމުގެ ކެމްޕޭނު ޖަލްސާގައި މިރޭ ވިދާޅުވި އެވެ.

ސަރުކާރުގެ މިހާރު ވެރިން އިދިކޮޅުގައި ތިއްބަވައިގެން ދެއްކެވީ ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިންނެއް ތިބި ވާހަކަ އާއި އުތުރު ތިލަފަޅުން ވެސް ކޯނދު ލައި އަރާ ވަރަށް ބޭރުގެ ސިފައިން ތިބި ކަމަށެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެންނެވިތާ 52 ދުވަސް ވެގެން ދިޔައިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސާފު އަދަދު ވިދާޅުވާން ކެރިވަޑައިނުގެންނެވިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެކަން ހާމަކުރަން ކެރިވަޑައިނުގަންނަވަނީ އިދިކޮޅުގައި ތިބެ ފެތުރި ދޮގުން ކަމަށް ޝާހިދު ވިދާޅުވި އެވެ. މި ސަރުކާރުން ފުރަތަމަ ބުނީ ރާއްޖޭގައި ތިބީ 77 އިންޑިއާ ސިފައިން ކަމަށެވެ. އެއަށް ފަހު ފަހު 89 އަށް ބަދަލުވި އެވެ. އެންމެ ފަހުން ބުނީ ރާއްޖޭގައި ތިބީ އިންޑިއާ ސިފައިންގެ 88 ކަމަށެވެ.

"ކީއްވެގެންތޯ ސާފުކޮށް [އިންޑިއާ ސިފައިންގެ އަދަދު] ވިދާޅުނުވިގެން މި އުޅެނީ. މިހާރު ވިދާޅުވާ ވާހަކައަކީ އަދަދު އެއީ އެހާ މުހިއްމު އެއްޗެއް ނޫނޭ. ބަލަ އަދަދަކީ މުހިއްމު އެއްޗެކޭ. ދިވެހިރާއްޖޭގެ ރައްޔިތުންނަށް މުހިއްމު އެއްޗެކޭ. އެއީ ދޮގެއް ވީމަ،" ޝާހިދު ވިދާޅުވި އެވެ.

"ދިވެހިރާއްޔިތުން ކައިރީގައި ސާފު ބަހުން ވިދާޅުވާންވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުން ދައްކަމުދިޔަ ވާހަކައަކީ ތެދޭ. ހަތިޔާރު އެޅި ބޭރުގެ އެއްވެސް މީހަކު ނެތޭ މިރާއްޖެއަކު، ވިދާޅުވާންވީ. އެ ނޫންތޯ ރީތި ގޮތަކީ."

އިންޑިއާއާއެކު 104 އެއްބަސްވުމުން ހަދާފައިވާ ކަމަށް ބުނެފައި ވާއިރު، އެ އެއްބަސްވުން ތަކުން މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާ ކަމަށް ވެސް ބުނެފައިވެ އެވެ. އެއީ ހަގީގަތެއް ނަމަ އެކަން ސަރުކާރުން ހާމަ ކުރާނެ ކަމަށް ބުނެފައިވެ އެވެ.

ފޯޅަވައްސާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ ބޮޑު ސަރަހައްދެއް ރައީސް ސޯލިހުގެ ސިޓީއަކުން ދޫކޮށްލި ވާހަކަ މި ސަރުކާރުން ބުނި ނަމަވެސް، މި ވެރިކަމުގައި އާންމުކުރި އެ ސިޓީގައި އޭރު އިދިކޮޅުން ތުހުމަތު ކުރި ވާހަކައެއް ނެތެވެ.

"އަނެއްކާ އަނެއް ކަމަކީ ދިވެހީންގެރާއްޖޭގައި ދިވެހީންގެ ހުރިހާ ކަމެއް ހަވާލު މިކުރައްވަނީ ބޭރު މީހުންނާ. ކޮބައިތޯ ކިޔަވައިގެން ތިއްބެވި ބޭފުޅުން. ކޮބައިތޯ ވަރުވަރުން ސަފު ހަދައިގެން އިންޓަވިއު ދެއްވަން ޕްރެސްއާ ބައްދަލު ކުރެއްވި ފުންނާބު އުސް ވަކީލުން،" ފޯޅަވަހީގެ މައްސަލައަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox