ރީއެކްސްޕޯޓް ކުރަން ހާއްސަ އެސްއީޒެޑް ޒޯނެއް ކަނޑައަޅަނީ

Jan 4, 2024, 5:15 PM
ރައީސް މުއިއްޒު މިރޭގެ ޖަލްސާގައި: އެސްއީޒެޑްގެ ދަށުން ހާއްސަ ދެ ޒޯނެއް ހައްދަވާނެ ކަމަށް މިރޭ އިއުލާނު ކުރެއްވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު މިރޭގެ ޖަލްސާގައި: އެސްއީޒެޑްގެ ދަށުން ހާއްސަ ދެ ޒޯނެއް ހައްދަވާނެ ކަމަށް މިރޭ އިއުލާނު ކުރެއްވި -- ފޮޓޯ: ރައީސް އޮފީސް

ރީއެސްކްޕޯޓު ކުރުމަށް ހާއްސަ ޒޯނެއް، އެސްއީޒެޑް ގާނޫނުގެ ދަށުން ކަނޑައަޅަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމުގެ ތިން ވަނަ ފިޔަވަހި އިފުތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ތިލަފުއްޓާއި އެ ސަރަހައްދުން ހިއްކާ އެހެން ބައެއް ބިންތަކުގައި ރީއެކްސްޕޯޓު ކުރުމަށް ހާއްސަ ޒޯނެއް ކަނޑަޅަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފަހިވެފައިވާ އެހެން ފުރުސަތުތަކުގެ ބޭނުން ހިފައި، ރީ އެކްސްޕޯޓް ކުރެވޭ އިންޓަނޭޝަނަލް އެސްއީޒެޑްގެ ޒޯނަކަށް އެތަން ހެދިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރީއެކްސްޕޯޓު ކުރުމަށް ހާއްސަ ކުރާނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން ކޮމްޕެނީގެ ނަމުގައި މިހާރު އުފައްދަން މަސައްކަތް ކުރާ ކުންފުނިން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ގޯތި ދޫކުރުމާއި އެހެނިގެން ބޭނުންތަކަށް ބިން ދިނުމަށްފަހު ގާތްގަނޑަށް 100 ވަރަކަށް ހެކްޓަރުގެ ބިން އެ ކުންފުނީގެ މަސައްކަތަށް ހާއްސަ ކުރައްވާނެ ކަމަށެވެ.

ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ރާއްޖެއަށް ބޭނުންވާ ރޯ މެޓީރިއަލްސް އުފެއްދުމާއި ރާއްޖެއަށް ބޭނުންވާ ރާއްޖޭގައި ހެދޭ ކާބޯތަކެތި ވެސް އެ ކުންފުނިން އުފައްދާނެ ކަމަށެވެ.

އޭގެ އިތުރުން ރައީސް ވަނީ މިރޭ ބޮޑު އެހެން މަޝްރޫއެއްގެ ވާހަކަ ވެސް ދައްކަވައިފަ އެވެ. އެއީ ތެޔޮ ރައްކާ ކުރުމަށް މިހާރު ބޭނުން ކުރަމުންދާ ކ. ފުނަދޫ ހުސް ކުރުމަށްފަހު އެތަން ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރަކަށް ހެދުމެވެ. އެކަން ވެސް ކުރާނީ އެސްއީޒެޑްގެ ދަށުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ ތަނަކީ [ފުނަދޫއަކީ] އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާއަކަށް ހެދުމަކީ އެކަމަށް ފުރުސަތު ހުޅުވާލެވި، އެގޮތަށް ފުނަދޫ، އެ ލޮކޭޝަން ޑިވެލޮޕް ކުރުމަކީ އަޅުގަނޑުމެންގެ ދެންމެ ފެނިގެންދިޔަ ތަސައްވުރުގައި ހިމެނޭ ގޮތް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށާއި އެކަމުގެ މަޝްވަރާ އަންނަ އާދީއްތަ ދުވަހު ކެބިނެޓުގައި ވެސް ކުރައްވާނެ ކަމަށެވެ.

"އިރާދަކުރެއްވިޔާ މި އަންނަ އާދީއްތަ ދުވަހު އޮންނަ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމޭނެ ކަމަށް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސާސް އޮތޯރިޓީގެ ނަމުގައި އާ އޮތޯރިޓީއެއް އެސްޓެބްލިޝް ކުރަން. މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސާސް އޮތޯރިޓީވެގެންދާނީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާސް ރާއްޖޭގައި ގާއިމް ކުރުމުގެ މަގު މިވަގުތަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

އެ ދެ މަޝްރޫއަކީ ސަރުކާރުން މިހާތަނަށް އިއުލާނު ކުރި އެންމެ ފުރަތަމަ ދެ އެސްއީޒެޑް ޒޯނެވެ. ސްޕެޝަލް އިކޮނޮމިކް ޒޯނަކީ ބައެއް ހާއްސަ އިނާޔަތްތައް ލިބިދޭނެ ޒޯންތަކެކެވެ. އެފަދަ ތަނަކަށް އިންވެސްޓް ކުރެވޭނެ އެންމެ ދަށް އަދަދެއް ސަރުކާރުން ކަނޑައަޅާފައި އޮވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox