ފައިލޭރިއާ ފެތުރުން ހުއްޓުވުމަށް އާބަންކޯގެ ހާއްސަ މަސައްކަތްތަކެއް

Dec 24, 2023, 6:11 PM
ފައިލޭރިއާ ފެތުރުން ހުއްޓުވުމަށް އާބަންކޯގެ ހާއްސަ މަސައްކަތްތަކެއް

ދިވެހިރާއްޖެއިން ނައްތާލާފައިވާ ފައިލޭރިއާގެ ކޭސްތަކެއް ގްރޭޓާ މާލެ ސަރަހައްދުން ފެނިފައިއިރު އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އާބަންކޯގެ އިސްނެގުމަށް ގިނަ މަސައްކަތްތަކެއް އެކި ސަރަހައްދުތަކުގައި ފަށައިފި އެވެ.

އެގޮތުން, އާބަންކޯއިން ވަނީ މި މަހުގެ 22 ވަނަ ދުވަހު އެޗްޕީއޭ އާއި ދިވެހި ރެޑް ކްރެސެންޓާއި ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ ބިދޭސީންގެ ހެލްތު ސްކީރިންން ކުރިއަށްގެންގޮސްފަ އެވެ. އޭގެ އިތުރުން ތިލަފުށި، ގުޅީފަޅު އަދި ހުޅުމާލެ ހިމެނޭހެން ޑިސެމްބަރު 23, ގައި ރެންޑޮމް ސާމަޕް ނަގާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އޭގެ އިތުރުން, "ފައިލޭރިއާއިން ރައްކާ" ގެ ނަމުގައި ކެމްޕޭނެއް ފަށައި, ހުޅުމާލެ 12 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނެއްގައި ވެސް މަދިރި އާލާވާ ތަންތަން ދެނެގަނެ މުޅި ހުޅުމާލޭގެ ސާވޭ ވަނީ ފަށާފަ އެވެ. އަދި, ސްކޫލުތަކަށާއި ސަރުކާރު އަދި އަމިއްލަ ކުންފުނި މުއައްސަސާތަކުގެ މުވައްޒިފުންނަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ވެސް އާބަންކޯއިން ފެށުމަށް ވަނީ ނިންމާފަ އެވެ.

Advertisement

ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި، ސްކޫލް ކުދިންނާއި ސަރުކާރު އޮފީސް އަދި އަމިއްލަ ކުންފުނިތައް ހިމެނޭހެން ސާފުކުރުމުގެ ބޮޑު ހަރަކާތެއް ވެސް ބޭއްވުމަށް އާބަންކޯއިން ވަނީ ނިންމާފަ އެވެ.

ހުޅުމާލެ އިން މި ބައްޔަށް ޕޮޒިޓިވް ފަސް މީހަކު އަދި މާލެއިން ޕޮޒިޓިވް އެކަކު ފެނިފައިވެ އެވެ. ޕޮޒިޓިވް ކޭސްތައް ފެނިފައި ވަނީ، ބިދޭސީން މަސައްކަތްކުރާ ސައިޓުތަކުން ނެގި ސާމްޕަލްތަކުންނެވެ.

ހުޅުމާލެއިން ފަސް މީހުން ޕޮޒިޓިވްވީ ޓެސްޓު ކުރި 25 މީހުން ތެރެއިންނެވެ. މާލެއިން އެކަކު ޕޮޒިޓިވް ވީ، ޓެސްޓު ކުރި 15 މީހުންގެ ތެރެއިންނެވެ. ގުޅީފަޅުން ޓެސްޓު ކުރި 20 މީހުން ތެރެއިން ވެސް، އެކަކު ޕޮޒިޓިވް ވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox