29 ރަށަކަށް މެޖިސްޓްރޭޓުން ހޯދަން އިއުލާން ކޮށްފި

ޖުޑިޝަލް ސާވިސް ކޮމިޝަންގެ އިމާރާތް؛ 29 ރަށަކަށް މެޖިސްޓްރޭޓުން ހޯދަން އެ ކޮމިޝަނުން އިއުލާންކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޖުޑިޝަލް ސާވިސް ކޮމިޝަންގެ އިމާރާތް؛ 29 ރަށަކަށް މެޖިސްޓްރޭޓުން ހޯދަން އެ ކޮމިޝަނުން އިއުލާންކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މީހުން ދިރިއުޅޭ 29 ރަށެއްގެ މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން ބޭނުންވާތީ، އެ ވަޒީފާތަކަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.

އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން އެއިން ވަޒީފާއަކަށް ކުރިމަތިލުމަށް ޝައުގުވެރިވެ، ޝަރުތު ހަމަވާ މީހުން ފޯމު ހުށަހަޅަން ހުޅުވާލީ މި ހިނގާ ޑިސެމްބަރު 31 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. އެ މަގާމުތަކަށް ކުރިމަތިލާން ފޯމު ހުށަހަޅަން ޖެހެނީ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.

އިއުލާނުގައިވާ ގޮތުން މެޖިސްޓްރޭޓަކަށް މުސާރައިގެ ގޮތުގައި މަހަކު 21،000ރ. ލިބެ އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް ވިދާޅުވި ގޮތުގައި ކުރިމަތިލުމަށް ހުޅުވާލީ ބައެއް ކޯޓުތަކުން ހުސްވި ފަނޑިޔާރުންގެ މަގާމުގެ އިތުރަށް، އިތުރު ފަނޑިޔާރުން ބޭނުންވާ ކަމަށް ކޮމިޝަނަށް ފެންނަ ބައެއް ރަށްތައް ވެސް ހިމެނޭ ގޮތަށެވެ.

"ކޭސް ލޯޑަށާއި މެޖިސްޓްރޭޓުން ތިބި އަދަދުތަކަށް ބަލާފައި، މެޖިސްޓްރޭޓުން އިތުރަށް ބޭނުންވާ ކަމަށް ބެލެވޭ ރަށްރަށް، އަދި މި ފަހުން މެޖިސްޓްރޭޓުން ހުސްވި ރަށްރަށް [އެއީ]،" އިޒްމީރާ ވިދާޅުވި އެވެ.

މެޖިސްޓްރޭޓުން ހޯދަން އިއުލާންކުރި ރަށްރަށް

  1. ހއ. ކެލާ
  2. ހއ. ބާރަށް
  3. ހއ. މާރަންދޫ
  4. ހދ. ނެއްލައިދޫ
  5. ހދ. ވައިކަރަދޫ
  6. ށ. މާއުނގޫދޫ
  7. ނ. ވެލިދޫ
  8. ރ. އުނގޫފާރު
  9. ބ. ގޮއިދޫ
  10. ބ. ތުޅާދޫ
  11. ޅ. ހިންނަވަރު
  12. ކ. ކާށިދޫ
  13. ކ. ދިއްފުށި
  14. އއ. ހިމަންދޫ
  15. އއ. މާޅޮސް
  16. އއ. ފެރިދޫ
  17. އދ. މާމިގިލި
  18. ވ. ފެލިދޫ
  19. ވ. ކެޔޮދޫ
  20. ފ. ފީއަލި
  21. ދ. މީދޫ
  22. ލ. މާމެންދޫ
  23. ލ. މާވަށް
  24. ގއ. މާމެންދޫ
  25. ގދ. ގައްދޫ
  26. ގދ. ރަތަފަންދޫ
  27. ގދ. ނަޑެއްލާ
  28. ގދ. ފިޔޯރީ
  29. ސ. ހިތަދޫ

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox