މަހިބަދޫ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދޭން މާފަރުފަޅު ހިއްކަނީ

އދ. މަހިބަދޫ -- ފޮޓޯ: ޕީއެސްއެމް

އދ. މަހިބަދޫ -- ފޮޓޯ: ޕީއެސްއެމް

އދ. މަހިބަދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އެ އަތޮޅު މާފަރު ފަޅު ހިއްކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

މާފަރު ފަޅު ހިއްކައިގެން މަހިބަދޫ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ރައީސް ސޯލިހު މިއަދު ނިންމަވާފައިވާއިރު، އެރަށުން ގޯތި ދޫނުކުރާތާ 30 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

އދ. މަހިބަދޫގެ ބިމުގެ ބޮޑު މިނަކީ 22.3 ހެކްޓަރެވެ. އެރަށުގެ އާބާދީގައި 2413 މީހުން ރަޖިސްޓްރީވެފައި ވެ އެވެ.

މިއީ ރަށުގެ ބިން މުޅިންހެން ފުރިފައި އޮތް ރަށެކެވެ. ދިރުއުޅުމަށް ގޯތި ދޫކުރާނެ ބިމެއް ނެތެވެ. އަދި ސިނާއީ މަސައްކަތްތަކާއި އެނޫންވެސް އިގްތިސާދީ އެކިއެކި މަސައްކަތްތަކަށް ދޫކުރެވޭނެ ބިމެއް ވެސް އެރަށުގައި ނެތެވެ.

މަހިބަދޫއިން މައުލޫމާތުދިން ބައެއް މީހުން ބުނި ގޮތުގައި، އެރަށުގައި އަމިއްލަ ބިމެއް ނެތުމުގެ ސަބަބުން ކުރިން ދޫކޮށްފައިވާ ގޯތިތަކުގައި ގިނަ އާއިލާތަކެއް އުޅެން ވަނީ މަޖުބޫރުވެފަ އެވެ.

މީގެ ކުރިން މަހިބަދޫގައި ފްލެޓު އަޅަން ނިންމައި ބިން ވެސް ހުސްކުރި އެވެ. ނަމަވެސް އަދި އެ މަސައްކަތް ފެށިފައެއް ނުވެ އެވެ.

މަހިބަދޫއަކީ ކަންނެލީގެ މަސްވެރިކަން، ވަޑާމާއި އަދި ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ހިންގަމުން އަންނަ ރަށެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox