ދިވެހި ފިލްމު ފަތިސް ހަނދުވަރާއި އަމާނާތް އެނބުރި އޮލިމްޕަސް ސްކްރީނަށް

ދިވެހި ފިލްމު ފަތިސް ހަނދުވަރާއި އަމާނާތް އެނބުރި އޮލިމްޕަސް ސްކްރީނަށް

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް "އިންސާނިއްޔަތަށްޓަކައި" ގެ ނަމުގައި ދިވެހި ފަންނާނުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގެ ފިލްމީ ދުނިޔޭގައި ބޮލޮކްބަސްޓާގެ ދަރަޖަ ހޯދާފައިވާ ފަތިސްހަނދުވަރާއި އަމާނާތް ހިމެނޭހެން ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ގިނަ ފިލްމުތަކެއް އޮލިމްޕަހުގައި އަލުން އެޅުވުމަށް ފިލްމު އެސޯސިއޭޝަނުން ތައްޔާރުވެއްޖެ އެވެ.

މާދަމާ ރެއިން ފެށިގެން މިމަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ ފިލްމު ފެސްޓިވަލުގެ ޓިކެޓުތައް މިއަދު އެ އެސޯސިއޭޝަނުގެ ފަރާތުން އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދާ ކުޑަކުދިންގެ ހަވީރުގައި ވިއްކަން ފަށާނެ ކަމަށް ފިލްމް އެސޯސިއޭޝަނުގެ ވައިސް ޗެއާ، އާމިރާ އިސްމާއިލް ވިދާޅުވި އެވެ.

"ކޮންމެ ފިލްމެއްގެ ވެސް ޓިކެޓުގެ އަގު ފެށޭނީ 100ރ. އިން، އެ ބޭފުޅަކު ބޭނުންފުޅު ނަމަ އެއަށްވުރެ ބޮޑުކޮށް ވެސް ގަނެވިދާނެ، މި ހަރަކާތްތަކުން ލިބޭ ހުރިހާ ފައިސާއެއް އަޅުގަނޑުމެން ހަދިޔާ ކުރާނީ އައިއޭސީއަށް،" އާމިރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަންނާނުންނާ އެކު މިއަދު އަޓިފިޝަލް ބީޗުގައި ޓިކެޓު ވިއްކުމަށްފަހު މާދަމާއިން ފެށިގެން ޓިކެޓު ވިއްކުމުގެ ކަންކަން ކުރިއަށް ގެންދާނީ އޮލިމްޕަހުގައި ހުންނަ ޓިކެޓު ކައުންޓަރުން ކަމަށެވެ.

ފިލްމު ފެސްޓިވަލުގައި އެޅުވުމަށް ނިންމާފައިވާ ފިލްމުތަކަކީ:

އޮކްޓޯބަރު 29:

  • ވާށޭމަށާއެކީ، ޑާކްރެއިން އެންޓަޓެއިންމަންޓު - 14:30
  • ބަވަތި، އައި ފިލްމްސް - 20:30
  • އުދަބާނި، ލާނާސް ޕްރޮޑަކްޝަން - 23:45

އޮކްޓޫބަރު 30:

  • އިނގިލި، ރަވީ ފާރޫގް - 14:30
  • ޔޫސުފް، ކްރިސްޓަލް އެންޓަޓެއިންމަންޓު - 20:30
  • އަމާނާތް، މުހައްމަދު ނިޔާޒު (ޓެޑްރީ) - 23:45

އޮކްޓޫބަރު 31:

  • ދިލަކަނި، ހުސެއިން މުނައްވަރު - 14:30
  • ހެހެސް، ޔޫއްޕެ ޕްރޮޑަކްޝަންސް - 20:30
  • ފަތިސް ހަނދުވަރު، ސްލޭމް ސުޓޫޑިއޯ - 23:45

ފިލްމު ފެސްޓިވަލުގެ އިތުރުން މިއަދު ހަވީރު 4:00 އިން 6:00 އަށ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރުގައި ވެސް ތަފާތު ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް އާމިރާ ވިދާޅުވި އެވެ. އެގޮތުން ކުޑަކުދިންގެ މެދުގައި މަގުބޫލު ދިވެހި ކްރެކްޓާސްތަކުގެ ކޮސްޓިއުމާއެކު ފަންނާނުން އެތަނުގައި ހަރަކާތްތެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހައިތަނަށް ހެދިފައި ހުރި ފިލްމުތަކުގައި މަޝްހޫރުވި ކެރެކްޓާސްގެ ކޮސްޓިއުމްތަކުގައި ފަންނާނުން ހަރަކާތްތެރިވާނެ، އެކިކަހަލަ ކުޅިވަރުތައް ކުޅެވޭނެ ކަހަލަ ސްޓޯލްތައް ހުންނާނެ، އަދި ޖަމްބޯ ސޭލެއް ވެސް އެތަނުގައި އެވަގުތު ކުރިއަށް ދާނެ،" އާމިރާ ވިދާޅުވި އެވެ.

މި ހަރަކާތްތަކުގެ އިތުރުން މަސްރޭހަކާއި އާންމު ރައްޔިތުންގެ ގޭގެއަށް ފަންނާނުން ގޮސް ތަފާތު މަސައްކަތްތައް ކޮށްދީގެން ފައިސާ ހޯދުމުގެ ހަރަކާތްތަކެއް ވެސް ރޭވިފައިވާ ކަމަށް އާމިރާ ވިދާޅުވި އެވެ. އެ ހަރަކާތްތަކުން ލިބޭ ހުރިހާ ފައިސާއެއް އައިއޭސީއާ ހަވާލު ކުރާނީ އެކަމަށް ހާއްސަކޮށް ޓީވީން ގެނެސްދޭން ހާއްސަ ޕްރޮގުރާމެއްގައި ކަމަށް އާމިރާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox