ކުޑަ ރަށްތަކަށް ވާތީ ޒިޔާރަތް ނުކޮށް ވޯޓަށް އެދެނޭ ކަމެއް ނެތް: ޝާހިދު

ޝާހިދު; ކުދި ރަށްތަކަށް ވަޑައިނުގަންނަވާތީ ވާދަވެރި ކެންޑިޑޭޓް ޑރ. މުއިއްޒަށް ފާޑުވިދާޅުވި -- ފޮޓޯ: އެމްޑީޕީ ކެމްޕޭން ޓީމް

ޝާހިދު; ކުދި ރަށްތަކަށް ވަޑައިނުގަންނަވާތީ ވާދަވެރި ކެންޑިޑޭޓް ޑރ. މުއިއްޒަށް ފާޑުވިދާޅުވި -- ފޮޓޯ: އެމްޑީޕީ ކެމްޕޭން ޓީމް

ކުދި ރަށްތަކަށް ވަޑައިނުގެން, ރައްޔިތުންގެ ވޯޓަށް އެދޭނެ ކަމެއް ނެތް ކަމަށް ވިދާޅުވެ, އެމްޑީޕީގެ ބޮޑުތިލަދުންމަތީ ކޯޑިނޭޓަރު އަދި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުގެ ފާޑު ކިއުން, ވާދަވެރި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް އަމާޒުކުރައްވައިފި އެވެ.

ރޭ ކުޅުފުއްފުށީގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ, އެ ޕާޓީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު, ބޮޑު ތިލަދުންމަތީގެ ރަށްތަކަށް ޒިޔާރަތް ކުރެއްވުމުން, އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށްފައިވާ ކަމުގެ ސާފު ހެކި ފެންނަމުންދާ ކަމަށެވެ.

ބޮޑު ތިލަދުންމަތީގެ ތިން އަތޮޅުގެ ރައްޔިތުން ރައީސްގެ ފަހަތްޕުޅަށް އިތުރުވަމުންދާކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބު ރައީސް ބޮޑުތަނުން ކާމިޔާބު ކުރައްވާފައިވާ ކަމަށެވެ.

އެ މޭރުމުން ވާހަކަ ކުރިއަށް ގެންދަވާ ޝާހިދު ވިދާޅުވީ ރައީސް ބޮޑު ތިލަދުންމަތީގެ 40 ރަށާއި އެއް ސިޓީއަށް ވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް, ވާދަވެރި ކެންޑިޑޭޓަށް ވަޑައިގެންނެވުނީ އޭގެ ތެރެއިން 17 ރަށަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"[ރައީސް ސޯލިހު, ބޮޑު ތިލަދުންމަތީގެ] 40 ރަށަށް ޒިޔާރަތް ކުރައްވައިފި. ރައީސްއާ ވާދަކުރައްވާ ބޭފުޅުން މި 40 ރަށުގެ ތެރެއިން މިހާތަނަށް ޒިޔާރަތް ކޮށްލެވުނީ އެންމެ 17 ރަށަށް." ޝާހިދު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު
ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު

ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު

ބޮޑު ތިލަދުންމަތީގެ ރަށްތަކުގެ ތެރެއިން މުއިއްޒު މިހާތަނަަށް ވަޑައިނުގަންނަވާ ރަށްތަކުގެ ނަން ވަކިވަކިން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ރައީސް ސޯލިހު ފިޔަވައި ދެން ވާދަކުރައްވާ ކެންޑިޑޭޓަކު އެ ރަށްތަކުގެ ރައްޔިތުންނަށް ނުވެސް އެނގޭ ކަމަށެވެ. އަދި އެއީ ކުދި ރަށްތައް ވީމައި, އެ ރަށްތައް ބާކީ ކޮށްލާ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"ކުދި ކުދި ރަށްތަކެއް ވީމައި ބާކީކޮށްލާފައި, އެކަހެރި ކޮށްލާފައި, ކަމެއް ނުހިންގާފައި, ކުދި ކުދި ރަށްތަކެއް ވީމައި އެ ރަށްރަށަށް ނާރާފައި ރައްޔިތުންގެ ވޯޓަށް އައްސަވާނެ ކަމެއް ނެތް," އެ ރަށްތަކުގެ ރައްޔިތުން ތިބީ ރައީސް ސޯލިހު ފިޔަވައި އެހެން މީހަކަށް ވޯޓު ދޭން ނޫންކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މިއިން ޒަމާނަކު އެއްވެސް ސަރުކާރަކުން ބޮޑު ތިލަދުންމައްޗަށް ތަރައްގީގެ މަޝްރޫއުތައް ނުހިންގަވާ ވަރަށް މި ސަރުކާރުގައި މަޝްރޫއުތައް ހިންގަން ފަށާފައިވާ ކަމަށެވެ. އަދި މުޅި މި ބޮޑު ތިލަދުންމަތީގެ 40 ރަށާއި އެއް ސިޓީއަށް 51.3 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ވޭތުވެދިޔަ ހުރިހާ އަހަރުތަކެއް އެއްކޮށްލާފައި ބަންޑެލި ޖަހާލާފައި ދައްކާލިޔަސް މިއާ އަރާ ހަމަކުރެވޭނެ އެއްވެސް ގޮތެއް ނެތް. ސާފު ހެކި މިއީ މި އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވައިފި ކަމުގެ," ޝާހިދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox