ޕީޕީއެމްގެ ވެރިކަމެއްގައި ހަނިމާދޫ އެއާޕޯޓު ނައްތާލާނެ: ޝާހިދު

އެމްޑީޕީގެ ރިޔާސި ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ޖަލްސާއެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ރިޔާސި ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ޖަލްސާއެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީ އަށް ކާމިޔާބު ވެއްޖެ ނަމަ މިހާރު ތަރައްގީ ކުރަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރޮޖެކްޓު ހުއްޓުވައި، އެއާޕޯޓު ނައްތާލާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސޯސަން ޖަގަހައިގަ ރޭ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ޕީޕީއެމްއިން ވެރިކަމަށް އައުމަށް ރާވާފައިވާ ރޭވުމުގެ ތެރޭގައި ހަނިމާދޫ އެއާޕޯޓު ނައްތާލުން ހިމެނޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

titledesc

"އެކަމުގެ މައުލޫމާތުތައް އަޅުގަނޑުމެންނަށް ލިބެމުން ދަނީ. ރޭވުންތައް އެ މީހުން ރާވަމުން ދަނީ. މުޅި ހަނިމާދޫ ޕްރޮޖެކްޓް އެ މީހުން އޮތީ ބޭރުކޮށްލަން ނިންމާފައި،" ޝާހިދު ވިދާޅުވި އެވެ.

ޕީޕީއެމްގެ ވެރިކަމުގައި އެއްވެސް ކުރިއެރުމެއް ބޮޑު ތިލަދުންމައްޗަށް ނުލިބޭނެ ކަމަށާއި ވޭތުވެދިޔަ ވެރިކަމުގައި ވެސް އެ ސަރަހައްދަގެ ރަށްތަކަށް ތަރައްގީގެ މަސައްކަތްތަކެއް ކޮށްދެއްވާފައި ނެތްކަމަށް ޝާހިދު ވިދާޅުވި އެވެ.

ބޮޑުތިލަދުންމަތީގެ ރަށްތަކުގެ ތެރެއިން އިގުތިސޯދީ ގޮތުން އެންމެ ވަރުގަދަ ހދ. ކުޅުދުއްފުއްޓަށް ޕީޕީއެމްގެ ވެރިކަމުގައި އަދި އިދިކޮޅުގެ މިހާރުގެ ކެންޑިޑޭޓު މުހައްމަދު މުއިއްޒު މިނިސްޓަރަކަށް ހުންނެވި ހަތް އަހަރު މާ ގިނަ ކަންތައްތަކެއް ކޮށްދީފައި ނެތްކަން ވެސް ޝާހިދު ފާހަގަ ކުރެއްވެވި އެވެ. ބޯހިޔާވަހިކަމުގެ އެންމެ ޓިނުގަނޑެއް ވެސް މުއިއްޒުގެ މިނިސްޓަރުގައި ކުޅުދުއްފުށީގައި އަޅާފައި ނެތް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއު ރަސްމީކޮށް ފެށުމަށް މި އަހަރުގެ ޖެނުއަރީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ "މި އެއާޕޯޓު ވެގެން ދާނީ ބޮޑުތިލަދުންމައްޗާއި މި އުތުރުގެ ރައްޔިތުން ފަހުރުވެރިވާނެ ފަދަ ޒަމާނީ އެއާޕޯޓަކަށް،" ކަމަށެވެ.

"މި އެއާޕޯޓް ނިމުމާއެކު، ސީދާ ގޮތުންނާއި ނުސީދާ ގޮތުން މި ސަރަހައްދުގެ އިގުތިސޯދު ފެނުން ތޮޅިލައި އުދަވާން ފަށާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ހިންގާ މި މަޝްރޫއު ވެގެންދާނީ އެއާބަސް އޭ320 އަދި ބޯއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރުގެ ރަންވޭ އަކާއި، މިލިއަނުން ޕަސެންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގަ ތަނަވަސް އެއާޕޯޓަކަށް ކަމަށް ސަރުކާރުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox