ވާގޮތް: ބާންއައުޓާއި އޭގެން އަރައިގަތުމަށް އެޅޭނެ ފިޔަވަޅު

ވާގޮތް: ބާންއައުޓާއި އޭގެން އަރައިގަތުމަށް އެޅޭނެ ފިޔަވަޅު

އެކާވީސް ވަނަ ގަރުނުގެ ބާރު ދުވެލީގައި ކުރިއަށްދާ، "ހައިޕާ" ދުނިޔޭގައި، މީހުންގެ ދުޅަހެޔޮކަމާއި އުފެއްދުންތެރިކަމަށް ބުރޫއަރުވާލާ މަކަރުވެރި ދުޝްމަނެއްގެ ބާރު އިންތިހާއަށް ގަދަވެއްޖެ އެވެ. ބާންއައުޓްގެ ނަމުން ގިނަބަޔަކު ރިއާޔަތްކުރާ މި ދުޝްމަނަކީ ވަކި ދާއިރާއެއް އިސްތިސްނާނުކޮށް، މަސައްކަތްތެރިންގެ ސްޓްރެސް ހައްދު ފަހަނައަޅުވާލާ، އެތައް މިލިއަން ބައެއްގެ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތަށް ގެއްލުންދޭ އެއްޗެކެވެ.

ބާންއައުޓްގެ ބޮޑު ނައު، އަނދިރިކަމުގައި މަޑުމަޑުން އެކި ދާއިރާތަކުގެ ކަނޑުތައް ކަފަމުންދާ އިރު، މޯހިރުގައި ވަނީ ވަރުބަލިވެފައިވާ ސިކުނޑިތަކާއި ހަށިތަކެވެ. ބާންއައުޓް ފުރަތަމަ ދެކެވިފައިވަނީ މަސައްކަތުގެ މާހައުލުގެ ސަބަބުން ދިމާވާ ކަމެއްގެ ގޮތުގަ އެވެ. ވަޒީފާ އާއި ބޮޑެތީންގެ ޑިމާންޑްތައް މަތިވުމާއި އެކަންކަން ނުނިންމުމުން ނުވަތަ ނުނިންމޭނެކަމުގެ ބިރުގެ ސަބަބުން ސިކުނޑިއަށް އަންނަ ފިއްތުންތަކާ އެވެ. ނަމަވެސް މިހާރު މި މައްސަލަ ވަނީ ފުޅާވެ، ވަޒީފާ އަދާކުރާ މީހުންގެ އިތުރުން، ދަރިވަރުންނާއި ބެލެނިވެރިންނާއި ފުރާވަރުގެ ކުދިންނަށް ވެސް އޭގެ އަސަރުކުރަން ފަށާފަ އެވެ.

Advertisement

ބާންއައުޓްގެ އަލާމާތްތައް

ބާންއައުޓް އަކީ ހަމައެކަނި ވަރުބަލިކަމެއް ނޫނެވެ. އެއީ ވަރުބަލިކަމުގެ އިތުރުން ސާފުކޮށް ވިސްނަން އުނދަގޫވުމާއި، ކުރިން ޝައުގުވެރިކަން ހުރި ހަރަކާތްތަކުން ދުރުވުމާއި، ކާމިޔާބީގެ އިހުސާސް ކުޑަވުން ފަދަ ގިނަ ކަންކަން ހިމެނޭކަމެކެވެ. ބާންއައުޓްގެ އާންމު އަލާމާތްތަކުގެ ތެރޭގައި މެދުނުކެނޑި އުނދަގޫތަކެއް އިހްސާސްވުމާއި، މޮޓިވޭޝަން ނެތުމާއި، އުފެއްދުންތެރިކަން ދަށްވުން ހިމެނެއެވެ. އަދި ބައެއް ހާލަތްތަކުގައި ބޮލުގައި ރިއްސުމާއި، ނުނިދުމާއި، ދިފާއީ ނިޒާމު ބަލިކަށިވުން ފަދަ، އާންމު ސިއްހަތަށް ނުރައްކާތެރި ޖިސްމާނީ އަލާމާތްތައް ވެސް ފެނިދާނެ އެވެ.

މީގެ އިތުރުން ނަފުސާނީ ގޮތުން ލިބޭ ގެއްލުން ވެސް ކުޑައެއް ނޫނެވެ. ބާންއައުޓްވެފައިވާ މީހުންނަށް އެކަހެރިކަމާއި އަގެއް ނެތްކަމުގެ އިހުސާސެއް ކުރެވިދާނެ އެވެ. އަދި އެމީހުންގެ އުނދަގޫތައް ވަށައިގެން ތިބި މީހުންނަށް ފަހުމު ނުވާނެ ކަމަށް ގަބޫލުކުރެވިދާނެ އެވެ. އަދި އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ ދުވަހަކަށް ދުވަހެއް ހާލަތު ގޯސްވަމުން ގޮސް ނަފުސާނީ ދުޅަހެޔޮކަމަށް ބޮޑެތި ގެއްލުންތައް ވާނެ އެވެ.

ބާންއައުޓުން އަރައިގަތުމަށް އެޅޭނެ ފިޔަވަޅުތައް

1. ބާންއައުޓްގެ އަލާމާތްތައް ދެނެގަތުން

• އަލާމާތްތައް ދެނެގަތުން: ވަރުބަލިވުން، ސިނިސިޒަމް، ޕާފޯމަންސް ދަށްވުން، އެކަނިވެރިވާން އެދުން، އަދި އިމޯޝަނަލް ބަދަލުތައް އައުން.

• މައްސަލަ ގަބޫލުކުރުން: ބާންއައުޓަކީ ސަމާލުކަން ދޭންޖެހޭ ހަގީގީ ކަންބޮޑުވުމެއްކަން ދެނެގަތުން

2. ޒިންމާތައް ވަޒަންކުރުން

• ތިމާގެ މަސައްކަތުގެ ބުރަ ވަޒަންކުރުން: ތިމާގެ ސިކުނޑީގެ ހަމަޖެހުމަށް އެންމެ ބޮޑަށް ބާރުފޯރުވާ މަސައްކަތްތަކާއި ޒިންމާތައް ދެނެގަތުން.

• ބައެއް މަސައްކަތްތައް ހަވާލުކުރުން ނުވަތަ ނައްތާލުން: ކޮންމެހެން ބޭނުން ނުވާ ނުވަތަ ކުދިކުދި މަސައްކަތްތައް އެހެން މީހަކާ ހަވާލުކުރުން ނުވަތަ އިސްކަންދޭ ކަންކަމާ ނުގުޅޭ މަސައްކަތްތައް ނުވަތަ މަރުހަލާތައް ނައްތާލުން

3. ހަގީގީ ލަނޑުދަނޑިތަކާއި އުންމީދުތައް ކަނޑައެޅުން

• މާބޮޑަށް ކޮމިޓް ކުރުމުން ދުރުހެލިވުން: ވަކި މުއްދަތެއްގެ ތެރޭގައި ހާސިލް ކުރެވޭނެ ކަންކަމާ މެދު ހަގީގީ ނުވަތަ "ރިއަލިސްޓިކް" ކޮށް ވިސްނުން

• ކުދިކުދި ފިޔަވަޅުތަކަށް ޓާސްކްތައް ބަހާލުން: ބޮޑެތި ޓާސްކްތައް މެނޭޖްކުރެވޭ ބައިތަކަށް ބަހާލައިގެން ކުޑަކުރުން.

4. މަސައްކަތާއި ދިރިއުޅުމުގެ ވަކި ހައްދުތަކެއް ގާއިމުކުރުން

• ދުވަހުގެ އުސޫލުތައް އުފެއްދުން: މަސައްކަތާއި، ބްރޭކްތަކާއި، އަމިއްލަ ހަރަކާތްތަކަށް ވަކި ވަގުތުތަކެއް ކަނޑައެޅުން.

• ޑިސްޓްރެކްޝަންތައް ދެނެގަތުން: މަސައްކަތްކުރާ ވަގުތު މަސައްކަތާ ގުޅުން ނެތް މުވާސަލާތީ ތަކެއްޗާއި ދުރުހެލިވުން

5. ސިއްހަތަށް އިސްކަންދިނުން

• ނިދުމަށް އިސްކަންދިނުން: ކޮންމެ ރެއަކު ވެސް ސިކުނޑިއާއި ހަށިގަނޑުގެ ތާޒާކަމަށް އެކަށީގެންވާ އަރާމު ނިދި ލިބޭތޯ ޔަގީންކުރުން.

• ގަވާއިދުން ކަސްރަތުކުރުން: ސްޓްރެސް ކުޑަކުރުމަށާއި ހަކަތަ އިތުރުކުރުމަށް ކަމުދާ ޖިސްމާނީ ހަރަކާތްތަކުގައި ބައިވެރިވުން.

• ބެލެންސްޑް ޑައިޓެއް: ދުޅަހެޔޮކަމަށް އެހީތެރިވެދޭ ސިއްހަތަށް ފައިދާހުރި ކާނާތައް ބޭނުންކުރުން

6. ސްޓްރެސް-ރިޑަކްޝަން ޓެކްނިކްސްތައް ބޭނުންކުރުން

• މައިންޑްފުލްނެސް އަދި މެޑިޓޭޝަން: ސްޓްރެސް ކުޑަކުރުމަށްޓަކައި މާއިންޑްފުލްނެސް ޕްރެކްޓިސްކުރުން.

• ފުން ނޭވާލާ ކަސްރަތުތައް: ނާރުތަކުގެ ނިޒާމު ހަމައަކަށް އެޅުވުމަށް ފުން ނޭވާލާ އުކުޅުތައް ބޭނުންކުރުން.

• ހޮބީތަކުގައި ބައިވެރިވުން: މަސައްކަތުން ބޭރުގައި އުފަލާއި އަރާމު ލިބޭ ހަރަކާތްތައް ކުރިއަށް ގެންދިއުން.

7. އިޖްތިމާއީ އެހީތެރިކަން ހޯދުން

• މީހަކާ ވާހަކަ ދެއްކުން: ތިމާގެ އިހްސާސްތައް ތިމާ އިތުބާރުކުރާ ރައްޓެއްސަކާ، އާއިލާގެ މެމްބަރަކާ ނުވަތަ އެކުވެރިއަކާ ހިއްސާކުރުން.

• ޕްރޮފެޝަނަލް އެހީތެރިކަން ހޯދުން: ބޭނުންވެއްޖެނަމަ ތެރަޕިސްޓެއް ނުވަތަ ކައުންސެލަރަކާ ވާހަކަ ދެއްކުން.

8. ގަވާއިދުން ބްރޭކް ނެގުން

• މައިކްރޯ ބްރޭކްސް: މަސައްކަތުގެ ތެރޭގައި ކުރު ބްރޭކްތަކެއް ނަގައިގެން ސްޓްރެޗްކުރުން، ހިނގާލުން ނުވަތަ ސިކުނޑި ހުސްކޮށްލުން

• ޗުއްޓީ: މަސައްކަތާއި މުޅިން ގުޅުން ކަނޑާލުމަށް ޕްލޭންކޮށް ޗުއްޓީ ނެގުން.

9. ބާންއައުޓަށް ހުށަހެޅުން މަދުކުރުން

• ޓްރިގާސް ދެނެގަތުން: ތިބާގެ ބާންއައުޓް އަށް މެދުވެރިވާ ހާލަތްތައް ދެނެގަނެ، އެކަންކަމުން ދުރުހެލިވާނެ ނުވަތަ އެކަމާ ކުރިމަތިލާނެ ގޮތްތައް ހޯދުން.

ނިންމުން

ބާންއައުޓްގެ ހިޔަނި މުޖުތަމައުއަށް އެޅެމުންދާއިރު، މި ގޮންޖެހުމާ ކުރިމަތިލުމަށް ފަރުދުންނާއި މުއައްސަސާތައް އެއްބައިވަންތަވުމަކީ މުހިންމު ކަމެކެވެ. ބާންއައުޓްގެ ފުޅާކަން ގަބޫލުކޮށް، އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ފިޔަވަޅުތައް އެޅުމުން، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް އުފެއްދިދާނެއެވެ. ބާންއައުޓްގެ ހުޅުކޮޅު ނިއްވާލައި، ދިރުމާއި މަގުސަދުން ފުރިފައިވާ ދިރިއުޅުމަކަށް އުންމީދު ކުރެވޭނީ އޭރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޭއައި އިން އުރަމަތީގެ ކެންސަރު ދެނެގަތުމުގެ ބޮޑު ދިރާސާއެއް

އޭއައި ބޭނުންކޮށްގެން އުރަމަތީގެ ކެންސަރު ދެނެގަތުމަށް އިނގިރޭސިވިލާތުގައި ކުރިއަށްގެންދާ ދުނިޔޭގެ އެންމެ ބޮޑު ދިރާސާގައި 700,000 އަންހެނުން ބައިވެރިކުރުމަށް ވަނީ ނިންމާފައެވެ. "އީޑިތު" ގެ ނަމުން ނަންދީފައިވާ މި ދިރާސާގެ މައިގަނޑު މަގްސަދަކީ މެމޯގްރާމްތައް ބެލުމުގައި އޭއައި ބޭނުންކޮށްގެން ބަލި ދެނެގަތުން އަވަސްކުރުމާއި، ސިއްހީ މުވައްޒަފުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމެވެ.

މައިލީ ސައިރަސް އާއި މެކްސް މޮރާންޑޯ ކައިވެނިކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އާއި ޑްރަމަރު މެކްސް މޮރާންޑޯ، ހަތަރު އަހަރުގެ ލޯބީގެ ގުޅުމަކަށްފަހު ކެލިފޯނިއާގެ ރިސޯޓެއްގައި ކައިވެނިކޮށްފިއެވެ. އާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިން ބައިވެރިވި މި ހަފުލާގައި މައިލީ ފެނިގެންދިޔައީ ހުދުކުލައިގެ ސިލްކް ހެދުމެއްގައެވެ.

ޖީޓީއޭ 6 ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރު

ޖީޓީއޭ 6 ބާޒާރަށް ނެރުނު ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، މުނިފޫހިފިލުވުމުގެ ދާއިރާގެ ހުރިހާ ރެކޯޑުތަކެއް މުގުރާލައިފިއެވެ. މިއީ މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފެއްދި ގޭމަށްވާއިރު، މި ކާމިޔާބީއާއެކު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކާއި މި ސިލްސިލާގެ ކުރީގެ ގޭމްތަކުގެ ރެކޯޑުތައް ވެސް ވަނީ ފަހަނައަޅައި ގޮސްފައެވެ.

އިންޑިއާގައި ޕާފޯމްކުރުމަށް ދިވެހި ބޭންޑު "ހީރަޕަންނާ" ފުރަނީ

އިންޑިއާގެ އައިސީސީއާރުގެ ދައުވަތަކަށް އެ ގައުމުގެ އެކި ސިޓީތަކުގައި ޕާފޯމްކުރުމަށް ރާއްޖޭގެ މިއުޒިކް ބޭންޑް "ހީރަޕަންނާ" ފުރަން ތައްޔާރުވެއްޖެއެވެ. މި ދަތުރުގައި ލަކްނޯ، ކަޓަކް، ކަޗް އަދި ނިއުދިއްލީގައި ދިވެހި ސަގާފީ އަދި ޒަމާނީ މިއުޒިކް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ދިވެހި މިއުޒިކް އިޝްތިހާރުކޮށް، އެ ބޭންޑުގެ ފުރަތަމަ އީޕީ ނެރުމާ ދިމާކޮށް ލިބުނު މުހިންމު ފުރުސަތެކެވެ.

ސްރީލަންކާގައި އައިސްކްރީމްގެ ފެންވަރު ބެލުމުގެ އިންސްޕެކްޝަނެއް

ސްރީލަންކާގައި އުފައްދާ އައިސްކްރީމްގެ ފެންވަރު ބެލުމަށާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ޚާއްސަ އިންސްޕެކްޝަންތަކެއް ފަށައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސިއްހީ މިންގަނޑުތަކަށް ނުފެތޭ ތަކެތި ދެނެގަތުމާއި، އައިސްކްރީމްގެ ނަމުގައި އޮޅުވާލައިގެން "ފްރޯޒަން ޑެޒާޓް" ވިއްކުން ހުއްޓުވައި ކުންފުނިތަކުން ގާނޫނަށް އަމަލުކުރާކަން ކަށަވަރުކުރުމެވެ.

ކެތުރިންގެ ކެންސަރުގެ ތަޖުރިބާތަކާއެކު 'ހީލް' ބީބީސީއަށް

ޕްރިންސަސް އޮފް ވޭލްސް ކެތުރިންގެ ކެންސަރު ބަލީގެ ތަޖުރިބާތަކާއި ނަފްސާނީ ގޮތުން އައި ބަދަލުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "ހީލް" ޑޮކިއުމެންޓްރީ މި މަހުގެ 29 ގައި ބީބީސީން ދައްކާނެއެވެ. މި ފިލްމުގައި ބަލިން ފަސޭހަވަމުން އައި ދުވަސްވަރުގެ އިހުސާސްތަކާއި، ގޮންޖެހުންތަކާ ކުރިމަތިލުމަށް ކުރެއްވި "ތްރީ ޕީކްސް ޗެލެންޖް" ގެ މަންޒަރުތައް ފުރަތަމަ ފަހަރަށް އާންމުންނަށް ފެނިގެންދާނެއެވެ.

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

Newsletter

Get the latest news delivered straight to your inbox