އދ. އަތޮޅަށް ހެލްތުން ފޮނުވި މިލިއަނެއްހާ ރުފިޔާގެ އައިޓީ ސާމާނު، ރިކާޑޯ ދޯންޏާއެކު އަޑިއަށް!

މުދާ އުފުލާ އެހެން ދޯންޏެއް ކަނޑުގަދަ ދުވަހެއްގައި ދަތުރުކުރަނީ

މުދާ އުފުލާ އެހެން ދޯންޏެއް ކަނޑުގަދަ ދުވަހެއްގައި ދަތުރުކުރަނީ

ހެލްތު މިނިސްޓްރީން އދ. އަތޮޅު ހޮސްޕިޓަލާއި އެ އަތޮޅު ސިއްހީ މަރުކަޒުތަކަށް ފޮނުވި މިލިއަނެއްހާ ރުފިޔާގެ އައިޓީ ސާމާނު، އިއްޔެ މޫސުން ގޯސްވެގެން އަޑިއަށް ދިޔަ "ރިކާޑޯ" ދޯންޏާއެކު ގެއްލިއްޖެ އެވެ.

މާލެއިން ފުރައިގެން މަހިބަދޫއަށް ދަތުރުކުރަމުން ދަނިކޮށް ވިއްސާރަވެ ރިކާޑޯ ދޯނި ދިޔަވާތީ އެކަމުގެ ރިޕޯޓު ކޯސްޓްގާޑަށް ކުރީ ރޭ 6:50 ހާއިރު އެވެ. އެ ދޯނި އަޑިއަށް ދިޔައީ މާލެ އަތޮޅާއި އަރިއަތޮޅާއި ދެމެދު އޮންނަ އަލިހުރަސް ކަނޑުން ދަތުރުކުރަނިކޮށެވެ. ދޯނީގައި ތިބި މީހުން ސަލާމަތް ކުރެވުނަސް މުދާ ސަލާމަތެއް ނުކުރެވެ އެވެ.

ހެލްތު މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އައިމިނަތު ޝަތުފާ "އަދަދު"އަށް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ފެށި މަޝްރޫއުގެ ދަށުން އދ. އަތޮޅު ހޮސްޕިޓަލަށާއި އެ އަތޮޅު ހުރިހާ ސިއްހީ މަރުކަޒުތަކަށް ހެލްތު މިނިސްޓްރީން ފޮނުވި އައިޓީ ސާމާނު ހުރީ އެ ދޯނީގަ އެވެ.

ކޮމްޕިއުޓާ ސިސްޓަމްތަކާއި، ޕްރިންޓަރާއި، ވީޑިއޯ ކޮންފަރެންސް ކެމެރާތަކާއި، ޓެބްލެޓްތަކާއެކު މިލިއަނެއްހާ ރުފިޔާގެ މުދާ ދޯންޏާއެކު އަޑިއަށްގޮސްފައިވާ ކަމަށް ޝަތުފާ ވިދާޅުވި އެވެ.

ދޯނީގައި ހުރި އައިޓީ ސާމާނުތައް ގެންދަން ހަމަޖެހިފައި އޮތީ މަހިބަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށެވެ. އެ ސާމާނުތައް އެހެން ރަށްތަކަށް ފޮނުވަން ހަމަޖެހިފައި އޮތީ އަތޮޅު ހޮސްޕިޓަލު މެދުވެރިކޮށެވެ.

ރިކާޑޯ ދޯނީގައި ތިބި އަށް މީހުން ސަލާމަތް ކުރީ، އދ. އަތޮޅު ފުލުހުންގެ ލޯންޗެއް އެ ދޯނި އޮތް ސަރަހައްދަށް ގޮސްގެންނެވެ.

ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮށް އައިޓީ އިންފްރާންސްޓްރަކްޗާ ހަރުދަނާ ކުރުމަށް ސަރުކާރުން ފެށި 56 މިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން ފަސް ރީޖަނަލް ހޮސްޕިޓަލާއި, 15 އަތޮޅު ހޮސްޕިޓަލް އަދި 163 ސިއްހީ މަރުކަޒަކަށް އައިޓީ ސާމާނު ހަވާލު ކުރަން ހަމަޖެހިފައިވެ އެވެ.

ހެލްތު މިނިސްޓްރީން މީގެ ކުރިން އާންމު ކުރި މައުލޫމާތުން އެނގޭ ގޮތުގައި އޭގެ ތެރޭގައި ހިމެނެނީ، 608 ކޮމްޕިއުޓާ ސިސްޓަމާއި, 44 ލެޕްޓޮޕާއި 500 ޓެބްލެޓާއި 551 ޕްރިންޓަރާއި 14 ވީޑިއޯ ކޮންފަރެންސް ސިސްޓަމެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކުރަމުންދާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހާއި އެމްއެންޑީއެފް އަދި ފުލުހުން ވެސް ވަނީ ކަނޑުދަތުރުކުރާ ފަރާތްތައް މޫސުމަށް ސަމާލުވުމަށް އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox