ޕެނަލްޓީގައި ކުވެއިތު ބަލިކޮށް އިންޑިއާއިން 9 ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

ސާފް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބުކުރުމަށްފަހު އިންޑިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސާފް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބުކުރުމަށްފަހު އިންޑިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޕެނަލްޓީގައި ކުވެއިތު ބަލިކޮށް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތަށި ނުވަވަނަ ފަހަރަށް އިންޑިއާއިން ހޯދައިފި އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގެ ނަތީޖާ ޕެނަލްޓީގައި ނެރެން ޖެހުނީ މެޗުގެ ނުވަދިހަ މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ 30 މިނެޓުގެ ކުޅުން ހަމަވިއިރު ދެ ޓީމް 1-1 އިން އެއްވަރުވުމުންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އިންޑިއާ ކުރި ހޯދީ 5-4 އިންނެވެ.

ޕެނަލްޓީ ޝޫޓް އައުޓުގައި. ދެ ޓީމުން ޖެހި ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރި އެވެ. އިންޑިއާއިން ސުނިލް ޗެތުރީ، ސަންދޭޝް ޖިންގަން، ލަލިއަންޒުއާލާ ޗަންގްޓޭ އަދި ސުބަސިޝް ބޯސް ޖެހި ޕެނަލްޓީތައް ކާމިޔާބުކުރި އެވެ. އެޓީމުން ޕެނަލްޓީ ބޭކާރުކޮށްލީ އުދަންތަ ސިންގް އެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ކުވެއިތުން ޕެނަލްޓީތައް ކާމިޔާބުކުރީ ޝަބައިބް އަލްހަލްދީ، އަހުމަދު އަލްދެފީރީ، އަބްދުލްއަޒީޒް މަހުރާން އަދި ފަވާޒް އަލޮތައިބީ އެވެ. އެޓީމްގެ މުހައްމަދު އަބްދުﷲ ފޮނުވާލި ޕެނަލްޓީ ހުރަސް ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.

ހަވަނަ ޕެނަލްޓީ ޖަހަން ނިކުމެ އިންޑީއާގެ މަހޭޝް ސިންހް އެ ޕެނަލްޓީ ކާމިޔާބުކުރިއިރު، ކުވެއިތުގެ ކެޕްޓަން ޚާލިދް ހާޖިއާ ޖެހި ޕެނަލްޓީ ކީޕަރު ގުރުޕްރީތު ސިންގް ސަންދޫ ވަނީ ދިފާއުކޮށްފަ އެވެ.

މިއީ އިންޑިއާއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބުކުރި ނުވަވަނަ ފަހަރެވެ. އެޓީމުން ވަނީ މީގެ ކުރިން 1993، 1997، 1999، 2005، 2009، 2011، 2015 އަދި 2021ގައި މި ތަށި ކާމިޔާބުކޮށްފަ އެވެ.

އިންޑިއާއިން ިމރޭގެ މެޗު ފެށީ ހަމަލާއަކުންނެވެ. އަރިމަތިން ލިބުނު ބޯޅައެއްގައި އާކާޝް ސިންގް ނަގައިދިން ހުރަހަކުން ލަލިއަންޒުއާލާ ޗަންގްޓޭ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ކުވެއިތުގެ ކީޕަރު އަބްދުއްރަހުމާން މަރުޒޫގު އަތަށެވެ.

މެޗުގެ ފުރަތަމަ ދިހަ މިނެޓަށް ބަލާއިރު ކުވެއިތަށް ބޯޅައިގެ ކޮންޓްރޯލް ހޯދައިގެން ކުޅެވޭ ގޮތެއް ނުވި އެވެ. އިންޑިއާގެ މިޑްފިލްޑަރުން މެދުތެރެއިން ގިނަ ބޯޅަތަކެއް ހޯދައި ކުވެއިތުގެ ކުޅުންތެރިންނަށް ހަމަލާއެއް އުފެއްދުނަ ނުދީ ހިފެހެއްޓި އެވެ.

ކުވެއިތު ޓީމުން މެޗުގައި އުފެއްދި ފުރަތަމަ ހަމާލާއިން ގޯލު ޖަހައި ލީޑު ނެގި އެވެ. ކައުންޓާ އެޓޭކެއްގައި އަރިމަތިން ފަހަތަށް ކުޅުނު އަބްދުﷲ އަލްބްލޫޝީ ނަގައިދިން ހުރަހަކުން މި ގޯލު ކުވެއިތަށް ޖަހައިދިނީ ޝަބައިބް އަލްހަލްދީ އެވެ. އަލްބަލޫޝީ ނަގައިދިން ހުރަހުން އޭރިއާ ތެރޭގައި ހުސްކޮށްހުރެ ޝަބައިބް ފޮނުވާލި ބޯޅަ ގޯޅަށް ވަނީ ކީޕަރު ގުރުޕްރީތް އަތް ދަށުންނެވެ.

ކުވެއިތުން ގޯލެއް ޖެހިތާ މިނެޓެއް ފަހުން އިންޑިއާގެ ޗެތުރީ ބާރު ހަމަލާއެއް ފޮނުވާލި އެވެ. އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ޗަންގްޓޭ ކޮންޓްރޯލް ކުރި ބޯޅަ އެއްފަހަރުން ޖަގާ ޗެތުރީ ފޮނުވާލި ބޯޅަ ގޯޅުގެ ކަނަށް ވަންނަން ދަނިކޮށް އެ ބޯޅަ ކީޕަރު އަބްދުއްރަހުމާން މަތަކުރި އެވެ. އަބްދުއްރަހުމާން އަތުގައި ޖެހިފައި ނިކުތް ބޯޅަ ޗަންގްޓޭ ފޮނުވާލަން މަސައްކަތްކުރި ނަމަވެސް ކީޕަރު ވަނީ ނިކުމެ ދެވެނަ ފަހަރަށް އެ ބޯޅަ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލާފަ އެވެ.

އޭގެފަހުން ކުޅުނު ވިއްސަކަށް މިނެޓު ފެނުނީ ދެ ޓީމުން ފައުލް ގިނަކޮށެވެ. ދެ ޓީމުންވެސް ފިޒިކަލް ވަރުގަދަ ކުޅުމެއް ދެއްކިއިރު، ނުރައްކާތެރި ފައުލްތަކެއްވެސް ފެނުނެވެ. ހާފުގެ ފަހުކޮޅަށް ދިޔައިރު ގިނަ ކާޑުތަކެއް ފެނުނުއިރު، ކުވެއިތުގެ ކުޅުންތެރިންނާއި ބެންޗުން ވަނީ ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އިންޑިއާއިން މެޗުގެ ނަތިޖާ ހަމަހަމަކުރީ 38 ވަނަ މިނެޓުގަ ޗަންގްޓޭ އެވެ. އޭނާ މި ގޯލު ޖެހީ، ސުނިލް ޗެތުރީ އަށް ލިބުނު ބޯޅަ އަކުން ކުވެއިތުގެ ޑިފެންޑަރުންގެ ފަހަތަށް ކުޅުނު ބޯޅައަކަށް އަރާ ސަލަހް ހަމަޖެހިލާފައި ދިން ޕާހަކުންނެވެ.

ދެވަނަ ހާފުގެ ބޮޑުބައި ދެ ޓީމަށްވެސް ގޯލެއް ޖަހާނެ ރަނގަޅު ފުރުސަތެއް ނުލިބެ އެވެ. ދެ ޓީމުންވެސް މިސް ޕާސްތައް ގިނަކޮށް ފެނުނުއިރު ފައުލްތައްވެސް ފެނުނީ ގިނަކޮށެވެ.

މިހާފުގަައި އިންޑިއާއިން ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅައަކީ ޗަންގްޓޭ ފޮނުވާލި ހަމަލާއެކެވެ. ސުނިލް ޗެތުރީ ޖައްސާލި ބޯޅަކުން އޭނާ ފޮނުވާލި ހަމަލާ ގޯލާ ދިމާއަށް ދިޔަ ނަމަވެސް އެ ބޯޅައިގެ ބާރެއް ނެތެވެ. ކީޕަރު އަބްދުއްރަހުމާން ވަނީ ފަސޭހަކަމާއިއެކު އެ ބޯޅަ ހޯދާފަ އެވެ.

ކުވެއިތުން މިހާފުގައި އިންޑިއާގެ އޭރިއާ ބޭރުން ތިން ހަަމަލާއެއް ފޮނުވާލި އެވެ. އަހުމަދު އަލް ދެފީރީ ފޮނުވާލި ބޯޅަ ހުރަސް ދަނޑިމަތިން ބޭރަށް ދިޔައިރު، މުހައްމަދު އަބްދުﷲ ފޮނުވާލި ހަމަލާއެއް އަރިމަތީ ދަނޑިކައިރިން ބޭރަށް ދިޔަ އެވެ. އޭގެ ފަހުން ލިބުނު ހިލޭ ޖެހުމަކުން ފަވާދު އަލްތައިބީ ފޮނުވާލި ބޯޅައެއް އިންޑިއާގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

ދެވަނަ ހާފުގައި ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ މެޗުގެ 90 މިނެޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ފޮނުވާލީ ކުވެއިތުންނެވެ. އެޓީމްގެ ފޯވާޑް އަހުމަދު އަބްދުﷲ އޭރިއާ ރޮނގުމަތީގައި ހުރެފައި ފޮނުވާލި ބާރު ހަމަލާ ގޯލުގެ ކަނަށް ވަންނަން ދަނިކޮށް އެ ބޯޅަ ދިފާއުކުރީ ކީޕަރު ގުރުޕްރީތު އެވެ.

90 މިނެޓުގެ ކުޅުން ހަމަވެ ނަތީޖާ ނެރުމަށް އިތުރު ވަގުތު 15 މިނެޓުގެ ދެ ހާފު ކުޅެން ޖެހުނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ގިނަ ކޯނަރުތަކެއް ހޯދައި ކުވެއިތުން އިންޑިއާގެ ގޯލަށް ނުރައްކާކުރަމުންދިޔައިރު، އިންޑިއާއިން ދިޔައީ ކައުންޓާ އެޓޭކުގައި ނުރައްކާ ކުރަމުންނެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކުވެއިތުން ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. އެޓީމްގެ މުހައްމަދު އަބްދުﷲ އަރިމަތިން ލިބުނު ބޯޅައެއްގައި ކުރިއަށް ޖެހިލައި އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ހަމަލާ ދިޔައީ ސީދާ ކީޕަރު އަތަށެވެ.

އިތުރު ވަގުތުގެ ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ކުވެއިތުން ރަނގަޅު ހަމަލާއެއް އުފެއްދި އެވެ. މުހައްމަދު ދިން ބޯޅައެއްގައި ފަވާދު ފޮނުވާލި ހަމަލާ އަރިމަތީ ދަނޑި ކައިރިން ބޭރަށް ދިޔައީ އިންޑިއާގެ ޑިފެންޑަރު ނިކިލް ޕުޖާރީ ފައިގައި ޖެހިފަ އެވެ.

ފުރަތަމަ ހާފާ ހިލާފަށް މިހާފުގައި ދެ ޓީމުން ފެނުނީ ލަސް ކުޅުމެކެވެ. ކުޅުމުން ބޭރުގައި ގިނަ ވަގުތު ބޯޅަ އޮތްއިރު، ކުވެއިތުގެ ކުޅުންތެރިންނަށް ފަރުވާދިނުމަށްވެސް ގިނަ ވަގުތު ކުޅުން ހުއްޓާލަން ޖެހުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox