ލަނޑެއް ނުޖެހި ކެޓިޔަސް ޕާކިސްތާން ކޯޗު ހުރީ އުންމީދެއްގައި

Jun 27, 2023, 1:17 PM
ލަނޑެއް ނުޖެހި ކެޓިޔަސް ޕާކިސްތާން ކޯޗު ހުރީ އުންމީދެއްގައި

ސާފް ބަންގުބަންދު ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުން ނޭޕާލް އަތުން 1-0 އިން ބަލިވެ، މުބާރާތުގައި ގޯލެއް ވެސް ނުޖެހި ކަޓައިގެން އެނބުރި ދާން ޖެހުނު ކަމުގައި ވިޔަސް، މި ލިބުނު ތަޖުރިބާއިން މުސްތަގުބަލަށް ފިލާވަޅުތަކެއް ނަގައި، ކަންކަން ރަނގަޅުކުރެވޭނެ ކަމަށް ޕާކިސްތާން ކޯޗު ޝަހުޒާދު އަންވަރު ބުނެފި އެވެ.

އެއް މުބާރާތުގެ މެދުކެނޑުމަކަށް ފަހު ޕާކިސްތާނުން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނުއިރު، އެ ޓީމު ކެޓީ ތިން މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ވެސް ނުލިބި އެވެ. ފުރަތަަމަ މެޗުން އިންޑިއާ އަތުން 4-0 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ކުވެއިތު އަތުން ވެސް ބަލިވީ ހަމަ އެ ނަތީޖާ އިންނެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން މޮރިޝަސްގައި ކުޅުނު ފޯ ނޭޝަންސް ކަޕްގެ މެޗުތަކާއި ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ކުޅުނު މެޗުތަކަށް ބަލާއިރު، ޖުމްލަ އެކު ހަ މެޗުގައި ވެސް ޖެހުނީ އެންމެ ލަނޑެކެވެ. ދެ މުބާރާތުގައި އެއްކޮށް ޕާކިސްތާން ކޮޅަށް ވަނީ 16 ގޯލު ވަދެފަ އެވެ.

Advertisement

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ޕާކިސްތާނުން މީގެ ކުރިން ބައިވެރިވީ އެ ޓީމުގެ އެސިސްޓަންޓް ކޯޗު ޖަރުމަނުގެ ޓޯބެން ވިޓަޖެވްސްކީ އެވެ. އެކަމަކު، މިއަދުގެ މެޗަށް ފަހު ހެޑް ކޯޗު، ޝަހުޒާދު ބައިވެރިވެ، އެ ޓީމުގެ ހާލަތާ ބެހޭގޮތުން ވަނީ ވާހަކަ ދައްކައިފަ އެވެ.

ޝަހުޒާދު ބުނީ ޕާކިސްތާން ފުޓްބޯޅަ މިހާރު އޮތީ "ރީބިލްޑިން ފޭސް" އެއްގައި ކަމަށާއި މި ވަގުތު ނަތީޖާތަކަށް ވުރެ އެ ޓީމަށް މުހިންމުވާނެ އަނެއް ކަމަކީ ޓީމެއްގެ ގޮތުގައި ކުރިއަރަން ބޭނުންވާނެ ތަޖުރިބާ ހާސިލްކުރުން ކަމަށެވެ.

"ތަޖުރިބާހުރި ކުޅުންތެރިން ވެސް އެބަތިބި. އާ ކުޅުންތެރިން ވެސް އެބަތިބި މީގެ، ދެން މިއީ ޖުމްލަކޮށް ބަލާއިރު ޓީމެއްގެ ގޮތުގައި އާ ޓީމެއް. އެހެންވީމަ ޓީމެއްގެ ގޮތުގައި ކުރިއަަރަން ތަޖުރިބާ ބޭނުންވާނެ، މި މުބާރާތުގެ ކުރިން ފޯ ނޭޝަންސް ކަޕެއް ވެސް ކުޅެފިން، މިހާރު މި ކުޅުނީ ސާފް އެހެންވީމަ މި ދެ މުބާރާތުން ވެސް މި ލިބުނީ މި ޓީމުގެ ރަނގަޅުކުރަން ހުރި ކަންކަން ދެނެގަންނަން ފުރުސަތެއް،" ޝަހުޒާދު ބުންޏެވެ.

"އަހަރެމެން މި އޮތް ގްރޫޕް ވެސް ވަރުގަދަ، އިންޑިއާ އާއި ކުވެެއިތު ފުރަތަމަ މި އޮތީ، ފަސޭހަ ދެ ޓީމެއް ނޫން. ދެން މިއަދު ނޭޕާލާ ދެކޮޅަށް ރަނގަޅަށް ކުޅެވުނަސް ނަތީޖާ ނުނެރެވި މިދިޔައީ،"

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ޕާކިސްތާން ޓީމު އިންޑިއާ އަށް އައުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. އެ ގޮތުން ވިސާ ހޯދުމާއި ދަތުރުފަތުރުގެ ދަތިތަކުން އަރައިގަނެ، ޕާކިސްތާން ޓީމު އިންޑިއާ މެޗަށް ހަމަވިއިރު، މެޗު ފަށަން އޮތީ ހަ ގަޑިއިރަށް ވުރެ ކުޑަވެފަ އެވެ. ޕާކިސްތާނުން އެ މެޗު ފަސްކުރަން އެދުނު ނަމަވެސް އެކަން އެ ގޮތަށް ކޮށްނުދިނެވެ.

އިންޑިއާގައި އައިސް މި މުބާރާތް ކުޅެންޖެހުނު ހާލަތާ ގުޅޭގޮތުން ސުވާލުކުރުމުން، ޝަހުޒާދު ބުނީ އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ހަމަޖައްސާފައިވާ އިންތިޒާމުތައް ރަނގަޅުކަމަށާއި ކަންކަން ހަމަޖައްސައިދިނީތީވެ، އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox