ވާގޮތް: ރަހުމަތްތެރިންނާއި އެކުވެރިން

ވާގޮތް: ރަހުމަތްތެރިންނާއި އެކުވެރިން

ގުޅުންތައް ގާއިމުކުރުމާއި މުޖުތައުއަށް ނިސްބަތްވުމުގެ އިހްސާސްއަކީ، ގުދުރަތުގެ ސަބަބުން ކޮންމެ އިންސާނަކަށް ވެސް މުހިންމު ކަންކަމެވެ. މިގޮތުން ރަހުމަތްތެރިންނާއި އެކުވެރިންނަކީ ވެސް އަހަރުމެންގެ އިޖްތިމާއީ ގުޅުމަށް މުހިންމު މީހުންނެވެ. ނަމަވެސް ދެ ބާވަތުގެ މީހުންގެ ފަރާތުން އަހަރުމެން ބޭނުންވާކަންކަމާއި، ނަފުސާނީ ދުޅަހެޔޮ ކަމަށް އެހީ ވެދޭ ގޮތްތައް ތަފާތެވެ.

ރަހުމަތްތެރިންނަކީ އެހެން މީހުންނަށް ވުރެ ފުން ގުޅުމެއް އަހަރުމެންނާ އޮންނަ ފަރާތްތަކެވެ. އަހަރުމެންގެ މިޒާޖާއި ދިރިއުޅުމުގެ ކަންކަން ވަރަށް ރަނގަޅަށް އެނގޭ އަދި އެމީހުންގެ މިކަންކަން އަހަރުމެންނަށް އެނގޭ މީހުންނެވެ. ދަތި ކަމެއް ކުރިމަތިވުމުން ބަރޯސާވެވޭނެ އަދި އުފާތައް ފާހަގަކުރުމަށް އެހީތެރިވެދޭ މީހުންނެވެ.

އެކުވެރިންނަކީ ދެކެ ފަރިތަ މީހުންނެވެ. މިއީ ވަކި ހާލަތްތަކެއްގައި ނުވަތަ ތަންތަނަކުން ދިމާވާ ފަރާތްތަކެކެވެ. އެކުވެރިންނަށް އަހަރުމެންނާ ބެހޭގޮތުން އެނގޭނީ ވަރަށް މަދު މައުލޫމާތެކެވެ. ނަމާއި އާންމު ދިރިއުޅުމުގެ އިތުރުން މިޒާޖާއި ބެހޭ ބައެއް ކަންކަމެވެ އެވެ.

Advertisement

އެހެން ނަޒަރިއްޔާތަކުން ބަލާލާނަމަ ރަހުމަތްތެރިންނަކީ އަހަރުމެންގެ ހަޔާތުގެ ގަހުގެ މޫ ތަކެއް ފަދަ ބަޔެކެވެ. ގަސް ހެދިބޮޑުވުމަށާއި ތެދަށް ހުރުމަށް އެހީތެރިވެދޭ، އަދި މި ބިމާއި ގުޅިފައިވާ ކަމުގެ އިހްސާސެއް ގެނެސްދޭ އަގުހުރި ބައެކެވެ. އެކުވެރިންނަކީ އުޑު މަތީގައިވާ ވިލާތައް ފަދަ ބައެކެވެ. އަބަދު ވެސް ދައުރުވަމުން ބަދަލުވަމުންދާ އެއްޗެކެވެ. ރީތި ކުލަތަކުން ހަޔާތް ޖަރީކޮށްދޭ، ދެކެ ފަރިތަ، އެހެނަސް އަހަރުމެންނާއި ކޮންމެސް ވަރެއްގެ ދުރުމިނެއް ވާއެއްޗެކެވެ.

ރަހުމަތްތެރިންނަކީ އަހަރެމެންނާ އެކު ދިރިއުޅުމުގެ މޫސުންތައް ތަޖުރިބާ ކުރަން ތިބޭ ތަނބުތަކެކެވެ. އެމީހުނަށް އަހަރުމެންގެ ބިރުތަކާއި، ހުވަފެންތަކާއި، ގޮންޖެހުންތައް ފަހުމުވެ އެވެ. އަނދިރި ވަގުތުތަކުގައި ޝަކުވާތައް އަޑުއަހުމަށް ކަންފަތް ހުޅުވާލަ އެވެ. އަހަރުމެން އެމީހުންނަށް ކުރާ އިތުބާރަކީ ފުން އިތުބާރެއް ކަމުން، ދިރިއުޅުމުގައި ގޮންޖެހުންތަކެއް ނުވަތަ އުފާފާޅުކުރުންތަކެއް ކުރިމަތިވާއިރު އެމީހުންގެ ހާޒިރީ އަކީ އަގު ނުކުރެވޭ ވަރުގެ އެއްޗަކަށް ވެގެންދެއެވެ.

އަނެއްކޮޅުން އެކުވެރިން އަހަރުމެންގެ އިޖުތިމާއީ ހަމަޖެހުމަށް ތަފާތު އިތުރު ރަހައެއް ގެނެސްދެއެވެ. އެމީހުން އަހަރުމެންގެ އިޖުތިމާއީ ވިއުގަ ފުޅާކޮށް، އާ ހިޔާލުތަކާއި، ނަޒަރިއްޔާތަކާއި، ފުރުސަތުތައް އަހަރުމެންނަށް ތައާރަފްކޮށްދެއެވެ. އެކުވެރިންގެ ތެރެއިން ބައެއް މީހުންނަކީ އަހަރުމެން ޝައުގުވެރިވާ ކަމަކަށް ޝައުގުވެރިކަމެއް ހުންނަ މީހުންނަށް ވެދާނެ އެވެ. މިއީ ޕްރޮފެޝަނަލް ގުޅުންތަކަށް މަގުފަހިކޮށްދީ، އަހަރުމެން އައު އުސްމިންތަކަކަށް ދިޔުމަށް ފާލަމެއްގެ ގޮތުގައި ހިދުމަތްކޮށްދޭ ބައެކެވެ.

ރަހުމަތްތެރިންނާއި އެކުވެރިންގެ ތަފާތު ހުރި ނަމަވެސް، މި ގުޅުންތައް އުފެދިފައިވަނީ ހަރުފަތްތަކެއްގެ މައްޗަށްކަން ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ވަގުތު ފާއިތުވަމުންދާ ވަރަކަށް، ހިއްސާކުރެވޭ ތަޖުރިބާތަކާއި، އެކަކު އަނެކަކަށް އިތުބާރުކުރުމާއި، ފުން ގުޅުންތައް ބިނާކުރުމުގެ ތެރެއިން އެކުވެރިން ރަހުމަތްތެރިންނަށް ބަދަލުވެދާނެ އެވެ. ހަމައެފަދައިން، ދިރިއުޅުން ތަފާތުވުމުން ނުވަތަ ހާލަތްތައް ބަދަލުވުމުން ގުޅުން ބަލިކަށިވެ، ރަހުމަތްތެރިން އެކުވެރިންގެ ތެރެއަށް ފަނޑުވުންވެސް އެކަށީގެންވެ އެވެ.

ނިންމާލަމުން ބުނެލަން އޮތީ މި ދެ ގުޅުމަކީ ވެސް ތަފާތު ބޭނުންތައް ފުއްދައިދީ، އަހަރެމެންގެ ދިރިއުޅުމަށް ތަފާތު ހިއްސާތަކެއް ގެނެސްދޭ ދެ ގުޅުންކަމެވެ. ރަހުމަތްތެރިންނަކީ އަހަރުމެންނަށް ރަހުމަތަށް އެދޭ މީހުންނެވެ. އެކުވެރިންނަކީ ހާލަތެއްގެ ސަބަބުން އެކީ އުޅޭ މީހުންނެވެ. ރަހުމަތްތެރިން އަހަރުމެންނަށް ފޯރުކޮށްދެނީ ހިތާމައާއި އުފާތައް ހިއްސާކުރެވޭނެ ފުން ގުޅުންތަކެވެ. އެކުވެރިން އަހަރުމެން ކުރިއަރައި ދިއުމަށް އެހީތެރިވެދޭ އާ ގުޅުންތަކަށް މަގުފަހިކޮށްދެއެވެ.

ފުން ގުޅުމެއް ކަމުގައި ވިޔަސް ނުވަތަ ތިލަ ގުޅުމެއް ކަމުގައި ވިޔަސް، އަހަރުމެންގެ ދިރިއުޅުން ހީވެސް ނުކުރާ ގޮތްގޮތަށް ބައްޓަން ކުރުމުގެ ގާބިލްކަން އެތައް ބަޔަކަށް ލިބިގެންވެ އެވެ. ރަހުމަތްތެރިންނާއި އެކުވެރިންނަކީ މިފަދައިން، އަހަރެމެންގެ އިޖުތިމާއީ ފޭރާމަށް މުއްސަނދިކަމާއި ފުރިހަމަކަން ގެނެސްދޭ ބައެކެވެ. އެހެންކަމުން، ދިރިއުޅުން ކުލަގަދަކޮށްދޭ ގުޅުންތަކުގެ މިފަދަ އަލިތައް ފާހަގަކޮށް، އަހަރުމެންނަށް ބަރޯސާވެވޭނެ ރަހުމަތްތެރިންނާއި އައު ކަންކަމަށް މަގުފަހި ކޮށްދޭ އެކުވެރިންގެ އަގުވަޒަންކޮށްލަމާ ހިނގާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޭއައި އިން އުރަމަތީގެ ކެންސަރު ދެނެގަތުމުގެ ބޮޑު ދިރާސާއެއް

އޭއައި ބޭނުންކޮށްގެން އުރަމަތީގެ ކެންސަރު ދެނެގަތުމަށް އިނގިރޭސިވިލާތުގައި ކުރިއަށްގެންދާ ދުނިޔޭގެ އެންމެ ބޮޑު ދިރާސާގައި 700,000 އަންހެނުން ބައިވެރިކުރުމަށް ވަނީ ނިންމާފައެވެ. "އީޑިތު" ގެ ނަމުން ނަންދީފައިވާ މި ދިރާސާގެ މައިގަނޑު މަގްސަދަކީ މެމޯގްރާމްތައް ބެލުމުގައި އޭއައި ބޭނުންކޮށްގެން ބަލި ދެނެގަތުން އަވަސްކުރުމާއި، ސިއްހީ މުވައްޒަފުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމެވެ.

މައިލީ ސައިރަސް އާއި މެކްސް މޮރާންޑޯ ކައިވެނިކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އާއި ޑްރަމަރު މެކްސް މޮރާންޑޯ، ހަތަރު އަހަރުގެ ލޯބީގެ ގުޅުމަކަށްފަހު ކެލިފޯނިއާގެ ރިސޯޓެއްގައި ކައިވެނިކޮށްފިއެވެ. އާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިން ބައިވެރިވި މި ހަފުލާގައި މައިލީ ފެނިގެންދިޔައީ ހުދުކުލައިގެ ސިލްކް ހެދުމެއްގައެވެ.

ޖީޓީއޭ 6 ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރު

ޖީޓީއޭ 6 ބާޒާރަށް ނެރުނު ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، މުނިފޫހިފިލުވުމުގެ ދާއިރާގެ ހުރިހާ ރެކޯޑުތަކެއް މުގުރާލައިފިއެވެ. މިއީ މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފެއްދި ގޭމަށްވާއިރު، މި ކާމިޔާބީއާއެކު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކާއި މި ސިލްސިލާގެ ކުރީގެ ގޭމްތަކުގެ ރެކޯޑުތައް ވެސް ވަނީ ފަހަނައަޅައި ގޮސްފައެވެ.

އިންޑިއާގައި ޕާފޯމްކުރުމަށް ދިވެހި ބޭންޑު "ހީރަޕަންނާ" ފުރަނީ

އިންޑިއާގެ އައިސީސީއާރުގެ ދައުވަތަކަށް އެ ގައުމުގެ އެކި ސިޓީތަކުގައި ޕާފޯމްކުރުމަށް ރާއްޖޭގެ މިއުޒިކް ބޭންޑް "ހީރަޕަންނާ" ފުރަން ތައްޔާރުވެއްޖެއެވެ. މި ދަތުރުގައި ލަކްނޯ، ކަޓަކް، ކަޗް އަދި ނިއުދިއްލީގައި ދިވެހި ސަގާފީ އަދި ޒަމާނީ މިއުޒިކް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ދިވެހި މިއުޒިކް އިޝްތިހާރުކޮށް، އެ ބޭންޑުގެ ފުރަތަމަ އީޕީ ނެރުމާ ދިމާކޮށް ލިބުނު މުހިންމު ފުރުސަތެކެވެ.

ސްރީލަންކާގައި އައިސްކްރީމްގެ ފެންވަރު ބެލުމުގެ އިންސްޕެކްޝަނެއް

ސްރީލަންކާގައި އުފައްދާ އައިސްކްރީމްގެ ފެންވަރު ބެލުމަށާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ޚާއްސަ އިންސްޕެކްޝަންތަކެއް ފަށައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސިއްހީ މިންގަނޑުތަކަށް ނުފެތޭ ތަކެތި ދެނެގަތުމާއި، އައިސްކްރީމްގެ ނަމުގައި އޮޅުވާލައިގެން "ފްރޯޒަން ޑެޒާޓް" ވިއްކުން ހުއްޓުވައި ކުންފުނިތަކުން ގާނޫނަށް އަމަލުކުރާކަން ކަށަވަރުކުރުމެވެ.

ކެތުރިންގެ ކެންސަރުގެ ތަޖުރިބާތަކާއެކު 'ހީލް' ބީބީސީއަށް

ޕްރިންސަސް އޮފް ވޭލްސް ކެތުރިންގެ ކެންސަރު ބަލީގެ ތަޖުރިބާތަކާއި ނަފްސާނީ ގޮތުން އައި ބަދަލުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "ހީލް" ޑޮކިއުމެންޓްރީ މި މަހުގެ 29 ގައި ބީބީސީން ދައްކާނެއެވެ. މި ފިލްމުގައި ބަލިން ފަސޭހަވަމުން އައި ދުވަސްވަރުގެ އިހުސާސްތަކާއި، ގޮންޖެހުންތަކާ ކުރިމަތިލުމަށް ކުރެއްވި "ތްރީ ޕީކްސް ޗެލެންޖް" ގެ މަންޒަރުތައް ފުރަތަމަ ފަހަރަށް އާންމުންނަށް ފެނިގެންދާނެއެވެ.

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

Newsletter

Get the latest news delivered straight to your inbox