ޖަނަވާރުތަކުގެ މަތި އަނދިރިކޮށް ދަށް އަލިކޮށް ހުންނަނީ ކީއްވެ؟

ޖަނަވާރުތަކުގެ މަތި އަނދިރިކޮށް ދަށް އަލިކޮށް ހުންނަނީ ކީއްވެ؟

ގިނަ ޖަނަވާރުތަކާއި މަސްމަހުގެ ބުރަކަށި އަނދިރިކޮށް އަދި ބަނޑު އަލިކޮށް ހުންނަނީ ކީއްވެގެން ހެއްޔެވެ؟ މިއީ ސައިންސްވެރިން ބަހުސް ކުރަމުން އަންނަތާ އެތައް ދުވަހެއް ވީ ސުވާލެކެވެ. ބައެއް ތިއަރީތަކުން ދައްކާ ގޮތުގައި މިކަމުގެ ސަބަބުން ޖަނަވާރުތައް ޝިކާރަކުރާ ޖަނަވާރުތަކުން ފަރުދާވުމަށާއި، ބައިވެރިއެއް ހޯދުމަށާއި، ހަށިގަނޑުގެ ފިނިހޫނުމިން ރެގިއުލޭޓްކުރުމުގެ އިތުރުން އިންޒާރުގެ އިޝާރާތްތައް ފޮނުވުމަށް އެހީތެރިވެދެ އެވެ.

މި ކުލަ ޕެޓާން އަށް އާންމުކޮށް ކިޔާ އުޅެނީ ކައުންޓަޝޭޑިން އެވެ. މިނިކާ ވަގާއި ކަނޑުމަސް ފަދަ ޖަނަވާރުތަކުން ފެންނަ މި ޕެޓާން އަކީ، މަތި އަނދިރިވެ، ދަށް ފަރާތް އަލިކޮށް ހުރުމެވެ. ކައުންޓަޝޭޑިން އަކީ ޖަނަވާރުތަކަށް ގެއްލުން ހުރި އަލްޓްރާވައިލެޓް ރޭޑިއޭޝަނުން ރައްކާތެރިކޮށްދީ، އަވީގެ ހޫނު އެބްސޯބްކުރުމަށް ވެސް އެހީތެރިވެދޭ އެއްޗެއް ކަމަށް ބެލެވެއެވެ.

ނަމަވެސް ބައެއް ސައިންސްވެރިން ދެކޭ ގޮތުގައި ކައުންޓަޝޭޑިން އުފެދިގެން އައީ ޖަނަވާރުތައް ފެނުމަށް އުނދަގޫ ކުރުމަށެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ޖަނަވާރެއްގެ ހަށިގަނޑަށް މަތިން އަލިއެޅުމުން، މި ޕެޓާންގެ ސަބަބުން ވިޝުއަލް ކެމޮފްލޭޖެއް އުފެދެ އެވެ.

Advertisement

ކައުންޓަޝޭޑިން އިން ކެމޮފްލޭޖްވާ ގޮތް ދެނެގަތުމަށްޓަކައި، އަލީގެ ދޯދިތައް އެއްޗަކަށް އެޅުމުން ވާ ގޮތާއި ބަލާ މީހުންނަށް ފެންނަ ގޮތް އެނގެންޖެހެ އެވެ. ތަބީއީ ގޮތުން އަލިކަން އަންނަނީ މަތިންނެވެ. އެހެންކަމުން އެއް ކުލައެއްގެ އެއްޗަކަށް މިފަދައިން މަތިން އަލި އެޅިއްޖެނަމަ، މަތި އަލިކޮށް ފެންނަ އިރު ދަށް ފެންނާނީ އަނދިރިކޮށެވެ.

ބައްޓަމާއި އައްޔާ މެދުގައި ހިނގާ މި މުއާމަލާތަކީ އަހަރުމެންގެ ލޮލުގެ ފެނުމުގެ ނިޒާމަށް މުހިންމު މައުލޫމާތުތަކެއް ލިބިގެންދާ އެއްޗެކެވެ. މިއީ "ޝޭޕް ފްރޮމް ޝޭޑިން" ކިޔާ ކޮންސެޕްޓެކެވެ. އެއީ ތަކެތީގެ ތިން ޑިމެންޝަނަލް ބައްޓަން އަހަރުމެންނަށް ދެނެގަތުމަށް އެހީތެރިވެދޭ ކަމެކެވެ. ފަންނާނުން ވަނީ ގަރުނުތަކެއް ވަންދެން މި އުކުޅު ބޭނުންކޮށްގެން އަސްލާއި އެއްގޮތް ކުރެހުންތައް އުފައްދާފަ އެވެ. ޖަނަވާރުތައް ވެސް ވަށައިގެންވާ މާހައުލުގެ ބައްޓަން ދެނެގަތުމަށް ބަރޯސާވަނީ ހިޔަނި އެޅުމަށެވެ.

ކައުންޓަރޝޭޑިން މަސައްކަތްކުރާ ގޮތް ދައްކާދޭ ސްކެޗެއް - ފޮޓޯ: ސްކެޗްޕްލެނޭޝަންސް
ކައުންޓަރޝޭޑިން މަސައްކަތްކުރާ ގޮތް ދައްކާދޭ ސްކެޗެއް - ފޮޓޯ: ސްކެޗްޕްލެނޭޝަންސް

ކައުންޓަރޝޭޑިން މަސައްކަތްކުރާ ގޮތް ދައްކާދޭ ސްކެޗެއް - ފޮޓޯ: ސްކެޗްޕްލެނޭޝަންސް

ކައުންޓަރޝޭޑިން އަކީ ދިފާއީ ނިޒާމަކަށް ވެދާނެ އެވެ. ޖަނަވާރެއްގެ ބުރަކަށި އަނދިރިވެ، ބަނޑު އަލިވެއްޖެނަމަ، އަލި އެޅުމުން ދެ ފުށް ވެސް ފެންނާނީ ގާތްގަނޑަކަށް އެއް ކުލައެއްގަ އެވެ. މިކަމުން ޝިކާރަކުރާ ޖަނަވާރުތަކަށް އެ ޖަނަވާރެއް ފެނުމަށް ދަތިވެދާނެ އެވެ. މިސާލަކަށް ގޮފިގަނޑެއްގެ ދަށުގައި އެލިގެން އޮންނަ ކެޓަޕިލާއެއް ފެންނަން އުނދަގޫވަނީ ކައުންޓަރޝޭޑިން އިން، އަސްލު ހިޔަނީގެ އަސަރުތަކާ ދެކޮޅަށް މަސައްކަތް ކުރާތީއެވެ.

ކެޓަޕިލާގެ ކައުންޓަރޝޭޑިން
ކެޓަޕިލާގެ ކައުންޓަރޝޭޑިން

ކެޓަޕިލާގެ ކައުންޓަރޝޭޑިން

ނުރައްކާތަކުން ރައްކާތެރިކޮށްދިނުމަށް އެންމެ ރަނގަޅު ކައުންޓަޝޭޑިން ޕެޓާން ބިނާވެފައިވަނީ އެއްޗެއްގެ ބައްޓަމާއި، އަލިހުރި މިންވަރާއި، ބަލާ މީހާ ހުންނަ ތަން ފަދަ އެކި ކަންތައްތަކުގެ މައްޗަށެވެ. ދިރާސާވެރިން ވަނީ އެކި ހާލަތްތަކުގައި އެންމެ ފުރިހަމަ ކައުންޓަޝޭޑިންގް ލަފާކުރުމަށް ކޮމްޕިއުޓޭޝަނަލް މޮޑެލްއެއް އެކުލަވާލާފަ އެވެ. އެ މީހުން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި މޫސުމާއި ދުވަހުގެ ވަގުތާއި ޖަނަވާރު ދިރިއުޅޭ ތަން ފަދަ ކަންކަމުގެ ސަބަބުން، އެންމެ ފުރިހަމަ ކައުންޓަޝޭޑިން ޕެޓާން ތަފާތުވެ އެވެ.

އަވިގަދަ ތަންތަނުގައި އުޅޭ ޖަނަވާރުތަކުގެ އަލި ސަރަހައްދުތަކާއި އަނދިރި ސަރަހައްދުތަކުގެ މެދުގައި ބޮޑު ފަރަގެއް އޮންނަން ޖެހޭއިރު، ބުރަކަށީގެ ތިރިއަށް އަނދިރި ރޮނގެއް ހުންނަން ޖެހެ އެވެ. އަނެއްކޮޅުން ގަސްގަހާގެހި ނުވަތަ އިރުގެ އަލި މަދު ސަރަހައްދުތަކުގައި އުޅޭ ޖަނަވާރުތަކުގެ އަލި ބަނޑާއި ކަޅު ބުރަކަށި އާއި ދެމެދު ފޭޑެއް ހުންނަން ޖެހެ އެވެ.

މިޔަރު ފަދަ އެތައް މަހެއްގައި ކައުންޓަރޝޭޑިން ހިމެނޭ
މިޔަރު ފަދަ އެތައް މަހެއްގައި ކައުންޓަރޝޭޑިން ހިމެނޭ

މިޔަރު ފަދަ އެތައް މަހެއްގައި ކައުންޓަރޝޭޑިން ހިމެނޭ

ނިންމާލަމުން ބުނާނަމަ، ކައުންޓަޝޭޑިން ފަދައިން ޖަނަވާރުތަކުގެ ހަށިގަނޑުގައި ވަކި ކުލަތަކެއް އުފެދިފައިވަނީ އެކި ސަބަބުތަކާހުރެ އެވެ. އަލްޓްރާވައިލެޓް ރޭޑިއޭޝަނުން ރައްކާތެރިވެ ހޫނު އެބްސޯބްކުރުމަށް އެހީތެރިވެދޭއިރު، ކެމޮފްލޭޖް އަށް ވެސް އެހީތެރިވެދީ، ޖަނަވާރުތައް ދެނެގަންނަން އުނދަގޫވެއެވެ. އެންމެ ރަނގަޅަށް މަސައްކަތްކުރާ ކައުންޓަރޝޭޑިން ޕެޓަރން ބިނާވަނީ މާހައުލާއި އަލިކަމުގެ ހާލަތުގެ މައްޗަށެވެ. މި އުސޫލުތައް ދެނެގަތުމަކީ ޖަނަވާރުތައް އެމީހުންގެ ދިރިއުޅޭ ތަންތަނުގައި އެޑްއެޕްޓްވެ ދިރިއުޅެވޭ ގޮތުގެ އަގުހުރި ވިސްނުންތަކެއް ލިބިގެންދާނެ ކަމެކެވެ.

ފަހުގެ ޚަބަރު

އޭއައި އިން އުރަމަތީގެ ކެންސަރު ދެނެގަތުމުގެ ބޮޑު ދިރާސާއެއް

އޭއައި ބޭނުންކޮށްގެން އުރަމަތީގެ ކެންސަރު ދެނެގަތުމަށް އިނގިރޭސިވިލާތުގައި ކުރިއަށްގެންދާ ދުނިޔޭގެ އެންމެ ބޮޑު ދިރާސާގައި 700,000 އަންހެނުން ބައިވެރިކުރުމަށް ވަނީ ނިންމާފައެވެ. "އީޑިތު" ގެ ނަމުން ނަންދީފައިވާ މި ދިރާސާގެ މައިގަނޑު މަގްސަދަކީ މެމޯގްރާމްތައް ބެލުމުގައި އޭއައި ބޭނުންކޮށްގެން ބަލި ދެނެގަތުން އަވަސްކުރުމާއި، ސިއްހީ މުވައްޒަފުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމެވެ.

މައިލީ ސައިރަސް އާއި މެކްސް މޮރާންޑޯ ކައިވެނިކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އާއި ޑްރަމަރު މެކްސް މޮރާންޑޯ، ހަތަރު އަހަރުގެ ލޯބީގެ ގުޅުމަކަށްފަހު ކެލިފޯނިއާގެ ރިސޯޓެއްގައި ކައިވެނިކޮށްފިއެވެ. އާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިން ބައިވެރިވި މި ހަފުލާގައި މައިލީ ފެނިގެންދިޔައީ ހުދުކުލައިގެ ސިލްކް ހެދުމެއްގައެވެ.

ޖީޓީއޭ 6 ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރު

ޖީޓީއޭ 6 ބާޒާރަށް ނެރުނު ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، މުނިފޫހިފިލުވުމުގެ ދާއިރާގެ ހުރިހާ ރެކޯޑުތަކެއް މުގުރާލައިފިއެވެ. މިއީ މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފެއްދި ގޭމަށްވާއިރު، މި ކާމިޔާބީއާއެކު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކާއި މި ސިލްސިލާގެ ކުރީގެ ގޭމްތަކުގެ ރެކޯޑުތައް ވެސް ވަނީ ފަހަނައަޅައި ގޮސްފައެވެ.

އިންޑިއާގައި ޕާފޯމްކުރުމަށް ދިވެހި ބޭންޑު "ހީރަޕަންނާ" ފުރަނީ

އިންޑިއާގެ އައިސީސީއާރުގެ ދައުވަތަކަށް އެ ގައުމުގެ އެކި ސިޓީތަކުގައި ޕާފޯމްކުރުމަށް ރާއްޖޭގެ މިއުޒިކް ބޭންޑް "ހީރަޕަންނާ" ފުރަން ތައްޔާރުވެއްޖެއެވެ. މި ދަތުރުގައި ލަކްނޯ، ކަޓަކް، ކަޗް އަދި ނިއުދިއްލީގައި ދިވެހި ސަގާފީ އަދި ޒަމާނީ މިއުޒިކް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ދިވެހި މިއުޒިކް އިޝްތިހާރުކޮށް، އެ ބޭންޑުގެ ފުރަތަމަ އީޕީ ނެރުމާ ދިމާކޮށް ލިބުނު މުހިންމު ފުރުސަތެކެވެ.

ސްރީލަންކާގައި އައިސްކްރީމްގެ ފެންވަރު ބެލުމުގެ އިންސްޕެކްޝަނެއް

ސްރީލަންކާގައި އުފައްދާ އައިސްކްރީމްގެ ފެންވަރު ބެލުމަށާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ޚާއްސަ އިންސްޕެކްޝަންތަކެއް ފަށައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސިއްހީ މިންގަނޑުތަކަށް ނުފެތޭ ތަކެތި ދެނެގަތުމާއި، އައިސްކްރީމްގެ ނަމުގައި އޮޅުވާލައިގެން "ފްރޯޒަން ޑެޒާޓް" ވިއްކުން ހުއްޓުވައި ކުންފުނިތަކުން ގާނޫނަށް އަމަލުކުރާކަން ކަށަވަރުކުރުމެވެ.

ކެތުރިންގެ ކެންސަރުގެ ތަޖުރިބާތަކާއެކު 'ހީލް' ބީބީސީއަށް

ޕްރިންސަސް އޮފް ވޭލްސް ކެތުރިންގެ ކެންސަރު ބަލީގެ ތަޖުރިބާތަކާއި ނަފްސާނީ ގޮތުން އައި ބަދަލުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "ހީލް" ޑޮކިއުމެންޓްރީ މި މަހުގެ 29 ގައި ބީބީސީން ދައްކާނެއެވެ. މި ފިލްމުގައި ބަލިން ފަސޭހަވަމުން އައި ދުވަސްވަރުގެ އިހުސާސްތަކާއި، ގޮންޖެހުންތަކާ ކުރިމަތިލުމަށް ކުރެއްވި "ތްރީ ޕީކްސް ޗެލެންޖް" ގެ މަންޒަރުތައް ފުރަތަމަ ފަހަރަށް އާންމުންނަށް ފެނިގެންދާނެއެވެ.

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

Newsletter

Get the latest news delivered straight to your inbox