ބަހްމޫތުގެ ފުރިހަމަ ކޮންޓްރޯލް ލިބިފައިވާ ކަމަށް ރަޝިއާގެ ވާގްނާ ގްރޫޕުން ބުނެފި

ވާގްނާ ގްރޫޕްގެ ކޮމާންޑަރާއި ސިފައިން ރަޝިއާގެ ދިދަ ހިފައިގެން. -- ފޮޓޯ: ރޮއިޓާޒް

ވާގްނާ ގްރޫޕްގެ ކޮމާންޑަރާއި ސިފައިން ރަޝިއާގެ ދިދަ ހިފައިގެން. -- ފޮޓޯ: ރޮއިޓާޒް

މޮސްކޯ، ރަޝިއާ (މޭ 20) - ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ބަހްމޫތު ސިޓީގެ ފުރިހަމަ ކޮންޓްރޯލް ލިބިފައިވާ ކަމަށް ރަޝިއާގެ ޕްރައިވެޓް ސިފައިންގެ ވާގްނާ ގްރޫޕުން ހޮނިހިރު ދުވަހު ބުނެފި އެވެ.

ލޮނު މައިނު ކުރުމުގެ ސިނާއަތެއް އޮންނަ ބަހްމޫތުގައި ހަނގުރާމަ ފެށުމުގެ ކުރިން ދިރިއުޅުނީ 70،000 މީހުންނެވެ. މިހާރު ހަނގުރާމަ އެންމެ ވަރުގަދަކޮށް ކުރިއަށް ދަނީ އެ ސިޓީގަ އެވެ.

ބަހްމޫތުގެ މައިދާނުގައި ދެ ގައުމުން ވެސް ގިނަ އަދަދެއްގެ ސިފައިން މަރުވެ، އަސްކަރީ ގެއްލުން ލިބިފައިވެ އެވެ. އެހެންވެ، ރަޝިއާއަށް އެ ތަނުގެ ކޮންޓްރޯލް ލިބުން ވާނީ ޔޫކްރެއިނަށް ބޮޑު ދެރައަކަށެވެ.

ވާގްނާ ގްރޫޕްގެ ވެރިޔާ ޔެވްގެނީ ޕްރިގޯޝިން ޓެލެގްރާމް މެދުވެރިކޮށް ބުނީ އެ ގްރޫޕްގެ ސިފައިންގެ ދަށަށް ސިޓީ ގެނެސްފައިވާ ކަމަށެވެ. އޭނާ އާއްމުކުރި ވީޑިއޯގައި ރަޝިއާގެ ދިދަ ހިފައިގެން ތިބޭ ސިފައިން ފެނެ އެވެ.

ޕްރިގޯޝިން ބުނީ ވާގްނާ ގްރޫޕްގެ ސިފައިން މުޅި ސިޓީ ބަލައި ފާސްކުރުމަށް ފަހު ރަޝިއާގެ އަސްކަރިއްޔާއާ ރަސްމީކޮށް ހަވާލުކުރާނެ ކަމަށެވެ.

މި މަހުގެ ކުރީކޮޅު ޔޫކްރެއިނުން ވެސް ބުނީ ބަހްމޫތުގައި އެ ގައުމުގެ ސިފައިން ކުރި ހޯދަމުންދާ ކަމަށެވެ. ވާގްނާ ގްރޫޕަށް ކޮންޓްރޯލް ލިބިފައިވާ ކަމަށް ބުނި އިރު، ޔޫކްރެއިނުން ހޮނިހިރު ދުވަހު ބުނީ ހަނގުރާމަ އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.

ޔޫކްރެއިންގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ގަންނަ މަލްޔާރް ޓެލެގްރާމް މެދުވެރިކޮށް ވިދާޅުވީ ބަހްމޫތުގެ ސިނާއީ ފެސިލިޓީތަކުގެ ކޮންޓްރޯލް އަދިވެސް އޮތީ ޔޫކްރެއިނަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުމަކަށް ނާދެވި ކޮޕް31 ގެ މަޝްވަރާތައް ހުއްޓުމަކަށް

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާއި މޫސުމީ އެހީގެ ފައިސާއާ މެދު ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާއިރު، ހުރިހާ ގައުމަކުން އިއްތިފާގުވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްވެސް ނަތީޖާއެއް ނުނެރެ ސަމިޓް ނިންމާލަން ޖެހިދާނެއެވެ.

އެފްބީއައިގެ މައި ޑޭޓާބޭސްއެއް ހެކްކޮށްފި

އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ކުށްވެރިންގެ މައުލޫމާތު ރައްކާކުރާ މައި ޑޭޓާބޭސްއަށް ހެކަރުން ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ނޭޝަނަލް ސައިބާ ޑައިރެކްޓަރު މަގާމުން ވަކިކޮށްފައިވާއިރު، މިއީ އެފްބީއައިގެ ނިޒާމުތަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ވޮޝިންގްޓަންގެ އިސްތަށިކޮޅެއް 4،000 ޑޮލަރަށް ވިއްކާލައިފި

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމެއްގައި 4،000 ޑޮލަރަށް ވިއްކާލައިފިއެވެ. މި އިސްތަށިކޮޅަކީ 1799 ވަނަ އަހަރު އޭނާ އަވަހާރަވުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެކުވެރިއަކަށް ދެއްވި ތާރީޚީ އާސާރީ އެއްޗެކެވެ. މީގެ ކުރިންވެސް ވޮޝިންގްޓަންގެ އިސްތަށިކޮޅުތަކާއި އޭނާއާ ގުޅުންހުރި ތަކެތި ނީލަމުގައި ބޮޑު އަގުގައި ވިއްކާފައިވެއެވެ.

ޗާޕޯ އިސިދްރޯ ހައްޔަރުކޮށްފި

އެމެރިކާގެ އެފްބީއައި އިން އެންމެ ބޮޑަށް ހޯދަން ބޭނުންވާ މެކްސިކޯގެ ޑްރަގު ލީޑަރު "ޗާޕޯ އިސިދްރޯ" ބަޑީގެ ހަމަލާތަކަކަށްފަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. މި ކުރިމަތިލުންތަކުގައި 11 މީހަކު މަރުވެފައިވާއިރު، އޭނާ ހައްޔަރުކުރީ އެމެރިކާއަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކުރާ ކަމުގެ ތުހުމަތުގައެވެ. އެމެރިކާގެ އިންޓެލިޖެންސް އެހީގައި ހިންގި މި އޮޕަރޭޝަނަށްފަހު، އޭނާ އެގައުމާ ހަވާލުކުރުމަށް އެމެރިކާ ސަރުކާރުން ދަނީ އެދެމުންނެވެ.

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

Newsletter

Get the latest news delivered straight to your inbox