ދެކުނު އެފްރިކާގެ ސިފައިންގެ ކޮމާންޑަރު ރަޝިއާގައި

ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ. -- ފޮޓޯ: އޭއެފްޕީ

ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ. -- ފޮޓޯ: އޭއެފްޕީ

މޮސްކޯ، ރަޝިއާ (މޭ 15) - ދެކުނު އެފްރިކާގެ ސިފައިންގެ ފައުޖުގެ ކޮމާންޑަރު މި ވަގުތު ހުންނެވީ މޮސްކޯގައި ކަމަށް ރަޝިއާގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

ލެފްޓިނެންޓް ޖެނެރަލް ލޯރެން މްބާތާ މޮސްކޯއަށް ވަޑައިގެންފައިވާ އިރު، ދެކުނު އެފްރިކާއިން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދޭން އުޅޭ ކަމަށް އެމެރިކާއިން މިދިޔަ ހަފުތާގައި ތުހުމަތު ކުރި އެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ ދެ ގައުމުގެ ސިފައިންގެ ކަންކަމާއި ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މްބާތާއާ އެކު ރަޝިއާގެ ޑިފެންސް މިނިސްޓަރު މަޝްވަރާ ކުރެއްވި ކަމަށެވެ.

Advertisement

މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާއިން ދެކުނު އެފްރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ރިޔުބެން ބްރިގެޓީ ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހު ކޭޕް ޓައުންގެ އަސްކަރީ މަރުކަޒަކަށް ކައިރި ކުރި ރަޝިއާގެ ބޮޑު މަނަވަރަކަށް ހަތިޔާރާއި ވަޒަން އަރުވާފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ ވިދާޅުވީ މައްސަލަ ބަލަމުންދާ ކަމަށާއި އެ ތުހުމަތާ ގުޅޭ ގޮތުން އެއްޗެއް ބުނެވޭނީ ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށެވެ.

ތުހުމަތުތަކާ ގުޅިގެން ތަހުގީގެއް ކުރާނެ ކަމަށް އިއުލާން ކުރުމުން އެމެރިކާއިން މަރުހަބާ ކިޔެވެ.

ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދެކުނު އެފްރިކާއިން މިހާތަނަށް ރަޝިއާ ކުށްވެރިކޮށްފައެއް ނުވެ އެވެ. ތުރުކީ އަދި ޗައިނާ ފަދައިން ދެކުނު އެފްރިކާ ވެސް ބޭނުންވަނީ ވަކި ފަޅިއަކަށް ނުޖެހުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުމަކަށް ނާދެވި ކޮޕް31 ގެ މަޝްވަރާތައް ހުއްޓުމަކަށް

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާއި މޫސުމީ އެހީގެ ފައިސާއާ މެދު ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާއިރު، ހުރިހާ ގައުމަކުން އިއްތިފާގުވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްވެސް ނަތީޖާއެއް ނުނެރެ ސަމިޓް ނިންމާލަން ޖެހިދާނެއެވެ.

އެފްބީއައިގެ މައި ޑޭޓާބޭސްއެއް ހެކްކޮށްފި

އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ކުށްވެރިންގެ މައުލޫމާތު ރައްކާކުރާ މައި ޑޭޓާބޭސްއަށް ހެކަރުން ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ނޭޝަނަލް ސައިބާ ޑައިރެކްޓަރު މަގާމުން ވަކިކޮށްފައިވާއިރު، މިއީ އެފްބީއައިގެ ނިޒާމުތަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ވޮޝިންގްޓަންގެ އިސްތަށިކޮޅެއް 4،000 ޑޮލަރަށް ވިއްކާލައިފި

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމެއްގައި 4،000 ޑޮލަރަށް ވިއްކާލައިފިއެވެ. މި އިސްތަށިކޮޅަކީ 1799 ވަނަ އަހަރު އޭނާ އަވަހާރަވުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެކުވެރިއަކަށް ދެއްވި ތާރީޚީ އާސާރީ އެއްޗެކެވެ. މީގެ ކުރިންވެސް ވޮޝިންގްޓަންގެ އިސްތަށިކޮޅުތަކާއި އޭނާއާ ގުޅުންހުރި ތަކެތި ނީލަމުގައި ބޮޑު އަގުގައި ވިއްކާފައިވެއެވެ.

ޗާޕޯ އިސިދްރޯ ހައްޔަރުކޮށްފި

އެމެރިކާގެ އެފްބީއައި އިން އެންމެ ބޮޑަށް ހޯދަން ބޭނުންވާ މެކްސިކޯގެ ޑްރަގު ލީޑަރު "ޗާޕޯ އިސިދްރޯ" ބަޑީގެ ހަމަލާތަކަކަށްފަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. މި ކުރިމަތިލުންތަކުގައި 11 މީހަކު މަރުވެފައިވާއިރު، އޭނާ ހައްޔަރުކުރީ އެމެރިކާއަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކުރާ ކަމުގެ ތުހުމަތުގައެވެ. އެމެރިކާގެ އިންޓެލިޖެންސް އެހީގައި ހިންގި މި އޮޕަރޭޝަނަށްފަހު، އޭނާ އެގައުމާ ހަވާލުކުރުމަށް އެމެރިކާ ސަރުކާރުން ދަނީ އެދެމުންނެވެ.

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

Newsletter

Get the latest news delivered straight to your inbox