ރައީސް އަޒުލުކުރަން ހުށަހަޅަން ބޭނުންވާ އަދަދަށް މެންބަރުން އެއްބަސްވެފައިވޭ: ފޯޅަވަހި ކޯލިޝަން

ޗާގޯސް މައްސަލާގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅަށް ނުކުމެފައިވާ ކޯލިޝަންގެ ބޭފުޅުން؛ ރައީސް ސޯލިހު އަޒުލުކުރުމުގެ މައްސަލަ ވައްދަން ބޭނުންވާ އަދަދަށް މެންބަރުން އެއްބަސްވެފައިވާ ކަމަށް ބުނި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޗާގޯސް މައްސަލާގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅަށް ނުކުމެފައިވާ ކޯލިޝަންގެ ބޭފުޅުން؛ ރައީސް ސޯލިހު އަޒުލުކުރުމުގެ މައްސަލަ ވައްދަން ބޭނުންވާ އަދަދަށް މެންބަރުން އެއްބަސްވެފައިވާ ކަމަށް ބުނި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޒުލު ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ބޭނުންވާ ސޮއިގެ އަދަދަށް މަޖިލީހުގެ މެންބަރުންތަކެއް އެއްބަސްވެފައިވާ ކަމަށް، ފޯޅަވަހި މައްސަލާގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅަށް އުފައްދާފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުން މިއަދު ބުނެފި އެވެ.

ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގެން އެ ޖަޒީރާތަކާއި ރާއްޖެއާ ދެެމެދު ކަނޑުގެ ސަރަހައްދީ ރޮނގު ބެހުމުގައި ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލި ކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރެ އެވެ.

މި މައްސަލާގައި އެކުގައި މަސައްކަތް ކުރުމަށް ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕެއް އުފައްދާފައިވަނީ، ޕީޕީއެމާއި ޕީއެންސީއާއި، އެމްއެންޕީއާއި ޖުމްހޫރީގެ ޕާޓީގެ އިތުރުން، އެމްޑީޕީގެ މެންބަރުންގެ ތެރެއިން "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެންބަރުން ހިމެނޭ ގޮތަށެވެ.

މި އާ ކޯލިޝަންގެ ޖޮއިންޓު ޕާލިމެންޓްރީ ގްރޫޕުން މި ވަގުތު މަސައްކަތް ކުރަމުން އަންނަނީ ރައީސް ސޯލިހުގެ އިތުރުން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށެވެ.

މި އިއްތިހާދުގެ ބައިވެރިން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމަށް ނިސްބަތްވާ، މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅުއްވާފައިވާ ކަން އިއުލާންކުރައްވައިފަ އެވެ.

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ 15 މެންބަރުންގެ ސޮޔާ އެކުގަ އެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަދުވެގެން 10 މެންބަރުންގެ ސޮޔާ އެކު އެވެ.

ނަމަވެސް، ގާނޫނު އަސާސީގައި ބަޔާން ކޮށްފައި އޮންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ މައްސަލަ މަޖިލީހަށް ވެއްދޭނީ މަޖިލީހުގެ ތިންބައި ކުޅަ އެއްބައި މެންބަރުންގެ އަދަދަށް ސޮއި ހުށަހެޅުމުންނެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން އެއީ 29 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައީސް ސޯލިހުގެ ފެކްޝަނަށް އޮތް އިރު، ރައީސް އަޒުލު ކުރުމުގެ މައްސަލަ ހުށަނޭޅި ލަސްވީ ކީއްވެގެންކަން "އަދަދު" ނޫހުން ސުވާލު ކުރުމުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވީ މައްސަލަ ހުށަހެޅޭ އަދަދަށް ސޮއި ހަމަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

މަޖިލީހުގައި ޕީޕީއެމްއާއި ޕީއެންސީގެ އަށް މެންބަރުން ތިއްބަވާއިރު، ޖުމްހޫރީ ޕާޓީގެ ދެ މެންބަރުން އަދި އެމްއެންޕީގެ ތިން މެންބަރުން ތިއްބަވަ އެވެ. އޭގެ އިތުރަށް "ފިކުރެއްގެ ދިރުން" ފެކްޝަން އަދި އަމިއްލަ މެންބަރުންނާ އެކު މަދުވެގެން 16 މެންބަރުންގެ ސޮއި ބޭނުން ވާނެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އިތުރަށް ތަފްސީލް ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ މިހާރު ވެސް 29 މެންބަރުން ސޮއިކުރަން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް, ބައެއް މެންބަރުން އަދި ރާއްޖޭން ބޭރުގައި ތިބުމުން، ސޮއިކުރުމުގެ ކަންކަން ލަސްވަމުންދާ ކަމަށް ވިދާޅުވި އެވެ.

މި މައްސަލަތައް މަޖިލީހަށް ހުށަހަޅަން ބޭނުންވާ އަދަދު ހަމަވި ނަމަވެސް މަޖިލީހުން އެ ގޮތަށް ފާސްކުރުމަށް ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ ތާއީދެއް ބޭނުންވާނެ އެވެ. މައްސަލަ ހުށަހެޅުމުގެ އިޖުރާއަތް ފުރިހަމަ ކުރުމަށް ފަހު، އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ކޯލިޝަންގެ ބައިވެރިން ބުންޏެވެ.

ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. އިޓްލޮސް އިން ނިންމީ އެއިން ރާއްޖެއަށް 47،232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަކިލޯމީޓަރު ސަރަަހައްދެއް ލިބޭ ގޮތަށެވެ.

އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި މޮރިޝަސްއަށް ލިބުނު 45،331 އަކަކިލޯމީޓަރަކީ ރާއްޖެއަށް ލިބުމަށް ދިވެހި ސަރުކާރުން ވަކާލާތު ކުރަން ޖެހޭނެ ކަމެކެވެ. އަދި, ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުގައިވާ ބައެއް މާއްދާތަކާ ހަވާލާދީ، އެއީ ކުރެވިދާނެ ކަމެއް ގޮތުގައި ސަރުކާރާ ބަހުސް ކުރަމުން ދެ އެވެ.

އިދިކޮޅު ފަރާތްތަކުން އިތުރު ސުވާލުތަކެއް މި ކަމުގައި އުފައްދަމުން ގެންދާ އަނެއް ކަމަކީ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުވި ސިޓީ އެވެ. އެ ސިޓީ އާންމު ކުރުމަށް އެ ފަރާތްތަކުން ގޮވާލަމުންދާއިރު، މަޖިލީހަށް ހިއްސާކުރުމަށް އެދި ބައެއް މެންބަރުން ހުށަހަޅުއްވާފައި ވެސް ވެ އެވެ.

އިޓްލޮސް އިން ނިންމި ނިންމުމަކީ ރާއްޖެއަށް ލިބުނު ކާމިޔާބެއް ކަމަށް ސަރުކާރުން ސިފަކުރަނީ ހާއްސަ އިގުތިސާދީ ސަރަހައްދުގެ އިން ކަނޑައެޅީ އިޓްލޮސްއަށް މޮރިޝަސް އިން ހުށަހެޅި ނުކުތާއަށް ބަލައިގެން ކަމަށް ނުވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox