ވާގޮތް: ހަމުގެ ކުލަ ތަފާތުވަނީ ކީއްވެ؟

ވާގޮތް: ހަމުގެ ކުލަ ތަފާތުވަނީ ކީއްވެ؟

އިންސާނުންގެ މެދުގައި އެންމެ ފާހަގަކޮށްލެވޭ އެއް ތަފާތަކީ އެކަކު އަނެކަކުގެ ހަމުގެ ކުލައެވެ. އެއްބައެއްގެ ހަމުގެ ކުލަ އަލިވެ ދޮންވެފައިވާ އިރު އަނެއް ބައެއްގެ ހަމުގެ ކުލަ އަނދިރި އެވެ. މި ދޭތެރޭގައި ވެސް އެތައް ބައެއްގެ ހަމުގެ ކުލަ ހުރެ އެވެ. ދުނިޔޭގެ ތާރީހުގައި ހަމުގެ ކުލައިގެ ސަބަބުން އެތައް ކަންކަމެއް ހިނގާފައިވާ އިރު، މި ތަފާތު އުފެދެނީ ކީއްވެގެންތޯ ސުވާލު އުފައްދާފައިވީ މަދު ބަޔެކެވެ. ނަމަވެސް މިއަދު މި ސުވާލަށް ސަމާލުކަމެއް ގެނެސް އެދެވޭ ޖަވާބެއް ފޯރުކޮށްދެވޭތޯ ބަލާލާނަމެވެ. އެގޮތުން އެންމެ ސަބަބެއްގެ ބަދަލުގައި، ހަމުގެ ކުލަ ތަފާތުވާ ދެތިން ކަމަކަށް ބަލާލާނަމެވެ.

ޖެނެޓިކްސް

ހަމުގެ ކުލަ ކަނޑައަޅާ އަސާސީ އެއްޗަކީ ޖެނެޓިކްސް އެވެ. ހަމުގެ ކުލައަށް ޒިންމާވާ ޕިގްމެންޓް ކަމަށްވާ މެލަނިން އުފެއްދުން ކޮންޓްރޯލްކުރާ ޖީންތައް މައިންބަފައިންގެ ފަރާތުން ދަރިންނަށް ފޯރުކޮށްދެއެވެ. މީހެއްގެ ގައިގައި މެލަނިން ގިނަވިވަރަކަށް ހަންގަނޑު އަނދިރިވާނެ އެވެ.

މެލަނިންގެ ދެ ވައްތަރެއް ވެއެވެ. އެއީ ޔޫމެލަނިން އާއި ފީއޯމެލަނިން އެވެ. ޔޫމެލަނިން އަކީ ހަމަށް މުށި އަދި ކަޅު ކުލަ ގެނެސްދޭ އެއްޗަކަށް ވާއިރު، ފިއޯމެލަނިން އަކީ ފިޔާތޮށި އަދި ރަތް ކުލަ ގެނެސްދޭ އެއްޗެކެވެ. މީހެއްގެ ހަންގަނޑުގައި އުފެދޭ މެލަނިންގެ ބާވަތާއި މިންވަރު ކަނޑައެޅެނީ އެމީހެއްގެ ޖީންތަކުންނެވެ.

Advertisement

އެގޮތުން ސައިންސްވެރިން ވަނީ ހަމުގެ ކުލައާ ގުޅުން ހުރި ބައެއް ޖީންތައް ދެނެގަނެފަ އެވެ. މި ޖީންތަކުގެ ތެރެއިން އެއް ޖީން އަކީ ހަންގަނޑު ލުއިކޮށްދިނުމަށް ޒިންމާވާ އެސްއެލްސީ24 އޭ5 އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި ޖީން ޔޫރަޕްގެ ނަސްލުގެ އާބާދީތަކުގައި ގިނައިން ފެނެ އެވެ. އަދި މި އާބާދީތަކުގައި ދޮން ހަންގަނޑެއް އުފެދުމުގައި މި ޖީން ދައުރެއް އަދާކުރާ ކަމަށް ދައްކަ އެވެ.

ހަމުގެ ކުލައާ ގުޅުން ހުރި އަނެއް ޖީންއަށް ކިޔަނީ އެސްއެލްސީ45 އޭ2 އެވެ. މިއީ ވެސް ހަމުގެ ކުލަ ދޮންވުމަށް އެހީތެރިވެދޭ ޖީނެކެވެ. މި ޖީން ގިނައިން ފެންނަނީ އުތުރު ޔޫރަޕާއި އޭޝިއާގެ އާބާދީތަކުގައެވެ.

އިވޮލިއުޝަން

މީހެއްގެ ހަންގަނޑުގައި ހުންނަ މެލަނިންގެ މިންވަރު ކަނޑައެޅެނީ ހަމައެކަނި ޖެނެޓިކްސް އަކުން ނޫނެވެ. މިއަކީ ވަގުތާ އެކު މާހައުލަށް ހަށިގަނޑު ހޭނޭ ހޭނުން ނުވަތަ އިވޮލިއުޝަން އާ ވެސް ގުޅިފައިވާ ކަމެކެވެ. މެލަނިން އަކީ ގުދުރަތީ ސަންސްކްރީނެއް ފަދަ އެއްޗެކެވެ. އަވިން ލިބޭ ގެއްލުން ހުރި ޔޫވީ ރޭޑިއޭޝަނުން ހަންގަނޑު ރައްކާތެރިކޮށްދެ އެވެ. ދުނިޔޭގެ އެފްރިކާ ފަދަ އިރުގެ އަލި ގަދަ ސަރަހައްދުތަކުގައި މީހުން ތަރައްގީވީ އިރުގެ ގެއްލުން ހުރި އިރުގެ ދޯދިތަކުން ހަންގަނޑު ރައްކާތެރި ކުރުމަށްޓަކައި އިތުރު މެލަނިން ހަށިގަނޑުން އުފައްދަން ފެށި އެވެ.

އަނެއްކޮޅުން ޔޫރަޕް ފަދަ އިރުގެ އަލި މަދު ސަރަހައްދުތަކުގައި މީހުން ތަރައްގީވީ މެލަނިންގެ އުފެއްދުން މަދުކޮށެވެ. އެމީހުންގެ ހަންގަނޑަށް އިރުގެ އަލި އިތުރަށް ވަދެ ވިޓަމިން ޑީ އުފެއްދުމަށެވެ. ވިޓަމިން ޑީ އަކީ ދުޅަހެޔޮ ކަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާއަކަށް ވީ ހިނދު، ދިރިހުރުމަށް މި މާއްދާ އުފެއްދުން އެމީހުންނަށް މުހިންމުވި އެވެ.

ހިޖުރަކުރުމާއި މަސްހުނިވުން

އިންސާނުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހިޖުރަކުރަމުން ދިޔައިރު، އިރުގެ އަލި ތަފާތު މިންވަރަކަށް ހުންނަ ތަފާތު މާހައުލުތަކާ ކުރިމަތިލާން ޖެހުނެވެ. ނަތީޖާއެއްގެ ގޮތުން އެކި ސަރަހައްދުތަކުގެ އާބާދީތަކުގައި މެލަނިން އުފެއްދުމުގެ ތަފާތު މިންވަރުތައް އުފެދިގެން ދިޔައެވެ. އެފްރިކާގެ ގަދަ އިރުގެ އަލި ލިބޭ މީހުންގެ ހަމުގެ ކުލަ އެންމެ އަނދިރިވީއިރު އުތުރު ޔޫރަޕްގެ މީހުންގެ ހަމުގެ ކުލަ ވަނީ ދޮންވެފަ އެވެ.

މީހުން ހިޖުރަކޮށް އާބާދީތައް އެއްވަމުން ދިޔަ ވަރަކަށް މެލަނިން އުފެއްދުމުގެ އެކި މިންވަރުތަކާއި ޖެނެޓިކް ސިފަތައް އެއްވެ މިއަދު މި ފެންނަ ހަމުގެ ކުލަތައް ފުޅާ ދާއިރާއެއް އުފެދުނެވެ. ބައެއް މީހުންގެ ގައިގައި އެކި އާބާދީތަކުގެ ޖީންތައް އެއްވެފައި ހުރުމުން، ފަސޭހައިން ގިންތި ނުކުރެވޭ ފަދަ ތަފާތު ހަމުގެ ކުލަތައް އުފެދުނެވެ.

އިޖުތިމާއީ އަދި ސަގާފީ ކަންތައްތައް

ޖެނެޓިކްސް އާއި އިވޮލިއުޝަން އަކީ ހަމުގެ ކުލަ ކަނޑައަޅާ މުހިންމު ކަންތައްތަކެއް ކަމުގައި ވިޔަސް، އިޖުތިމާއީ އަދި ސަގާފީ ކަންތައްތަކުގެ ސަބަބުން ވެސް ހަމުގެ ކުލަޔަށް އަސަރުކުރެ އެވެ. ބައެއް ސަގާފަތްތަކުގައި ހަންގަނޑު ދޮންވުމަކީ މާ އެދެވޭ ކަމެއްގެ ގޮތުގައި ދެކޭތީ، ހަންގަނޑު ދޮންކޮށްދޭ އުފެއްދުންތަކާއި އުސޫލުތައް ބޭނުން ކުރެ އެވެ. މިއީ ހާއްސަކޮށް އިސްތިއުމާރާއި ސަރަހައްދީ ވެރިކަމުގެ ތާރީހެއް އޮތް ގައުމުތަކުގައި މިއީ އާންމުވެފައިވާ ކަމެކެވެ. އެ ގައުމުތަކުގައި ހަންގަނޑު ދޮންވުމަކީ މޮޅު އަދި ރީތިކަމުގެ ނިޝާނެއްގެ ގޮތުގައި ދެކެ އެވެ.

ބައެއް ހާލަތްތަކުގައި އިޖުތިމާއީ އަދި ސަގާފީ ކަންތައްތަކުގެ ސަބަބުން އާބާދީތަކުގެ ޖެނެޓިކް އެތުރިފައިވާ ގޮތަށް އަސަރުކޮށްފައިނެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި 16 ވަނަ ގަރުނުގައި ޕޯޗުގީޒުން އެންގޯލާ އިސްތިއުމާރު ކުރުމުން، އެންގޯލާގެ އާބާދީގައި އެސްއެލްސީ24 އޭ5 ޖީން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ނިންމުން

ނިންމާލަމުން ދަންނަވާނަމަ، އިންސާނާގެ ހަމުގެ ކުލައަށް އަންނަ ތަފާތަކީ ޖެނެޓިކްސް، އިވޮލިއުޝަން އަދި ސަގާފީ ކަންތައްތަކުގެ ސަބަބުން ހަށިގަނޑުން ނެރޭ ނަތީޖާއެކެވެ. ވަގުތު ފާއިތުވަމުން ދިޔަ ވަރަކަށް އަހަރެމެންގެ ހަށިގަނޑު އެކި މާހައުލުތަކަށް ހޭނިފައިވާތީ، އެކި އާބާދީތަކުގައި މެލަނިން އުފެއްދުމުގެ މިންވަރު ތަފާތުވެފައިވެއެވެ. އިންސާނުން ހިޖުރަކޮށް އެއްވަމުންދާ އިރު، ހަމުގެ ކުލަތަކުގެ މިންވަރުތައް ފުޅާވަމުންނެވެ. މިއީ ތާރީހާއި ތަފާތު ސަގާފީ ފަސްގަނޑުތައް ދައްކުވައިދޭ ކަމެކެވެ.

ފަހުގެ ޚަބަރު

އޭއައި އިން އުރަމަތީގެ ކެންސަރު ދެނެގަތުމުގެ ބޮޑު ދިރާސާއެއް

އޭއައި ބޭނުންކޮށްގެން އުރަމަތީގެ ކެންސަރު ދެނެގަތުމަށް އިނގިރޭސިވިލާތުގައި ކުރިއަށްގެންދާ ދުނިޔޭގެ އެންމެ ބޮޑު ދިރާސާގައި 700,000 އަންހެނުން ބައިވެރިކުރުމަށް ވަނީ ނިންމާފައެވެ. "އީޑިތު" ގެ ނަމުން ނަންދީފައިވާ މި ދިރާސާގެ މައިގަނޑު މަގްސަދަކީ މެމޯގްރާމްތައް ބެލުމުގައި އޭއައި ބޭނުންކޮށްގެން ބަލި ދެނެގަތުން އަވަސްކުރުމާއި، ސިއްހީ މުވައްޒަފުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމެވެ.

މައިލީ ސައިރަސް އާއި މެކްސް މޮރާންޑޯ ކައިވެނިކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އާއި ޑްރަމަރު މެކްސް މޮރާންޑޯ، ހަތަރު އަހަރުގެ ލޯބީގެ ގުޅުމަކަށްފަހު ކެލިފޯނިއާގެ ރިސޯޓެއްގައި ކައިވެނިކޮށްފިއެވެ. އާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިން ބައިވެރިވި މި ހަފުލާގައި މައިލީ ފެނިގެންދިޔައީ ހުދުކުލައިގެ ސިލްކް ހެދުމެއްގައެވެ.

ޖީޓީއޭ 6 ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރު

ޖީޓީއޭ 6 ބާޒާރަށް ނެރުނު ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، މުނިފޫހިފިލުވުމުގެ ދާއިރާގެ ހުރިހާ ރެކޯޑުތަކެއް މުގުރާލައިފިއެވެ. މިއީ މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފެއްދި ގޭމަށްވާއިރު، މި ކާމިޔާބީއާއެކު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކާއި މި ސިލްސިލާގެ ކުރީގެ ގޭމްތަކުގެ ރެކޯޑުތައް ވެސް ވަނީ ފަހަނައަޅައި ގޮސްފައެވެ.

އިންޑިއާގައި ޕާފޯމްކުރުމަށް ދިވެހި ބޭންޑު "ހީރަޕަންނާ" ފުރަނީ

އިންޑިއާގެ އައިސީސީއާރުގެ ދައުވަތަކަށް އެ ގައުމުގެ އެކި ސިޓީތަކުގައި ޕާފޯމްކުރުމަށް ރާއްޖޭގެ މިއުޒިކް ބޭންޑް "ހީރަޕަންނާ" ފުރަން ތައްޔާރުވެއްޖެއެވެ. މި ދަތުރުގައި ލަކްނޯ، ކަޓަކް، ކަޗް އަދި ނިއުދިއްލީގައި ދިވެހި ސަގާފީ އަދި ޒަމާނީ މިއުޒިކް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ދިވެހި މިއުޒިކް އިޝްތިހާރުކޮށް، އެ ބޭންޑުގެ ފުރަތަމަ އީޕީ ނެރުމާ ދިމާކޮށް ލިބުނު މުހިންމު ފުރުސަތެކެވެ.

ސްރީލަންކާގައި އައިސްކްރީމްގެ ފެންވަރު ބެލުމުގެ އިންސްޕެކްޝަނެއް

ސްރީލަންކާގައި އުފައްދާ އައިސްކްރީމްގެ ފެންވަރު ބެލުމަށާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ޚާއްސަ އިންސްޕެކްޝަންތަކެއް ފަށައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސިއްހީ މިންގަނޑުތަކަށް ނުފެތޭ ތަކެތި ދެނެގަތުމާއި، އައިސްކްރީމްގެ ނަމުގައި އޮޅުވާލައިގެން "ފްރޯޒަން ޑެޒާޓް" ވިއްކުން ހުއްޓުވައި ކުންފުނިތަކުން ގާނޫނަށް އަމަލުކުރާކަން ކަށަވަރުކުރުމެވެ.

ކެތުރިންގެ ކެންސަރުގެ ތަޖުރިބާތަކާއެކު 'ހީލް' ބީބީސީއަށް

ޕްރިންސަސް އޮފް ވޭލްސް ކެތުރިންގެ ކެންސަރު ބަލީގެ ތަޖުރިބާތަކާއި ނަފްސާނީ ގޮތުން އައި ބަދަލުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "ހީލް" ޑޮކިއުމެންޓްރީ މި މަހުގެ 29 ގައި ބީބީސީން ދައްކާނެއެވެ. މި ފިލްމުގައި ބަލިން ފަސޭހަވަމުން އައި ދުވަސްވަރުގެ އިހުސާސްތަކާއި، ގޮންޖެހުންތަކާ ކުރިމަތިލުމަށް ކުރެއްވި "ތްރީ ޕީކްސް ޗެލެންޖް" ގެ މަންޒަރުތައް ފުރަތަމަ ފަހަރަށް އާންމުންނަށް ފެނިގެންދާނެއެވެ.

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

Newsletter

Get the latest news delivered straight to your inbox