ވިނަރެސް ގަތުމަށް ޕޮއިންޓު އެއްވަރުވި މީހުންގެ މެދުގައި ބާއްވާ ގުރުއަތުލުން ބުދަ ދުވަހު

ވިނަރެސް ފުލެޓުތައް: އެ ފުލެޓުތައް ގަތުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޕޮއިންޓު އެއްވަރުވި މީހުންގެ މެދުގައި ގުރުއަތުލުން ބުދަ ދުވަހު އޮންނާނެ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ވިނަރެސް ފުލެޓުތައް: އެ ފުލެޓުތައް ގަތުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޕޮއިންޓު އެއްވަރުވި މީހުންގެ މެދުގައި ގުރުއަތުލުން ބުދަ ދުވަހު އޮންނާނެ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ފަންނީ ވަޒީފާތަކުގައި އުޅޭ މީހުންނަށާއި މެދުފަންތީގެ އާއިލާތަކަށް އަމާޒުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ވިނަރެސް ފުލެޓުތައް ގަތުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޕޮއިންޓު ހަމަހަމަވި މީހުންގެ މެދުގައި ބާއްވާ ގުރުއަތުލުން އަންނަ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީއިން) ބުނެފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ މަހު ހައުސިން މިނިސްޓްރީން މުރާޖައުކޮށް އިއުލާންކުރި ލިސްޓުގައިވާ ފަރާތްތަކަށް އެ މިނިސްޓްރީގެ މިންގަޑުގެ ދަށުން ޕޮއިންޓު ދިންއިރު އެއްވަރުވި ފަރާތްތަކުގެ ތަރުތީބު ކަނޑައެޅޭނީ ގުރުއަތުލައިގެން ކަމަށެވެ. އަދި، އެ ގުރުއަތުލުން މި މަހުގެ 29 ގައި އެ ކުންފުނިން ކުރިއަށް ގެންދާނެ ކަމަށްވެސް އެޗްޑީސީއިން ވަނީ ބުނެފަ އެވެ.

މީގެއިތުރުން، ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން މައި-އެޕްލިކަންޓު އަދި ކޯ-އެޕްލިކަންޓުގެ ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމު ހުށަހެޅި ފަރާތްތަކާއި ދެމަފަރިން ވަކިން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އެއް އެޕްލިކޭޝަން ކެންސަލް ކުރުމަށް އެދި އެކަމަށް އެއްބަސްވި ފަރާތްތަކުގެ ނަން ލިސްޓުން އުނިކުރެވިފައިވާނެ ކަމަށްވެސް އެޗްޑީސީއިން ވަނީ ބުނެފަ އެވެ.

Advertisement

ތަރުތީބު ކުރުމާއި ލިސްޓު ފައިނަލް ކުރުމުގެ މަރުހަލާއަށްފަހު ދެން މި މަޝްރޫއުގެ ދަށުން ކުރިއަށްދާނީ ބުކިން ފީ ނެގުމާއި އެޕާޓްމަންޓު އިހުތިޔާރުކުރުމުގެ މަސައްކަތެވެ. އެޗްޑީސީއިން ބުނި ގޮތުގައި އެ މަރުހަލާގައި އެ ކުންފުނިން ބަލާނީ ގުރުއަތަށް ފަހު ތަރުތީބު ކުރެވޭ ލިސްޓަށެވެ.

ވިނަރެސް އަކީ އެޗްޑީސީން ލޯނު ނަގައިގެން ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ހިންގި މަޝްރޫއެކެވެ.

އެ ޓަވަރުތަކުގައި ހުންނަނީ މުޅިން ވެސް ތިން ކޮޓަރީގެ އެޕާޓްމަންޓެވެ. އެގޮތުން ޖުމްލަ 1344 އެޕާޓްމަންޓު ހުރެ އެވެ. "މިކްސްޑް ރެސިޑެންޝަލް ކޮމްޕްލެކްސް" މޮޑެލްއަށް ތަރައްގީކޮށްފައިވާ މި ފްލެޓުތަކުގައި އެތަނުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އެހެނިހެން ވަސީލަތްތަކާއި މުދަލާއި ހިދުމަތްތައް ފޯރުކޮށްދޭން ވިޔަފާރިތަކަށް ދޫކުރާ ކޮމާޝަލް ޔުނިޓުތައް ވެސް ހުންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox