ރައިސީނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ޝާހިދު އިންޑިއާއަށް

މިނިސްޓަރު ޝާހިދު އިންޑިއާގައި. މިއީ ރައިސީނާ ޑައިލޮގްގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެއް-- ފޮޓޯ: ފޮރިން މިނިސްޓްރީ

މިނިސްޓަރު ޝާހިދު އިންޑިއާގައި. މިއީ ރައިސީނާ ޑައިލޮގްގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެއް-- ފޮޓޯ: ފޮރިން މިނިސްޓްރީ

މި އަހަރުގެ "ރައިސީނާ ޑައިލޮގް"ގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ވަޑައިގެންފި އެވެ.

މާޗް 2 އިން 4 އަށް ކުރިއަށްދާ މި އަހަރުގެ ކޮންފަރެންސްގައި ބާއްވާ ޕެނަލް ޑިސްކަޝަނެއްގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީޏް ބުނެ އެވެ.

ކޮންފަރެންސްގެ ބައިވެރިވެވަޑައިގަތުމުގެ އިތުރުން ޝާހިދު މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ރައިސީނާ ޑައިލޮގަކީ ކޮބާ؟

ރައިސީނާ ޑައިލޮގަކީ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒާއި އޮބްޒާވާ ރިސާޗް ފައުންޑޭޝަން (އޯއާރުއެފް) އާ ގުޅިގެން ބާއްވާ ބައިނަލްއަގުވާމީ ކޮންފަރެންސެވެ. މި އަހަރުގެ ކޮންފަރެންސް އިފްތިތާހު ކޮށްދެއްވާނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.

އިންޑިއާގެ ވެރިކަންކުރާ ސިޓީ، ދިއްލީގައި ބާއްވާ ކޮންފަރެންސްގައި 100 އަށް ވުރެ ގިނަ ގައުމުތަކުން ސަރުކާރުގެ އިސްވެރިންނާއި މިނިސްޓަރުންނާއ އަސްކަރީ ކޮމާންޑަރުންނާއި އިގްތިސޯދީ އަދި ވިޔަފާރީގެ ދާއިރާތަކުގެ ވެރިން ބައިވެރިވެ އެވެ.

މިފަހަރު ކޮންފަރެންސްގެ ޝަރަފުވެރި މެހްމާނަކީ އިޓަލީވިލާތުގެ ބޮޑުވަޒީރު ޖޯޖީޔާ މެލޯނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox