ބިލު ނުދައްކާތީ މާލެ ސިޓީ ކައުންސިލުގެ ބައެއް ތަންތަނުން ކަރަންޓު ކަނޑާލައިފި

މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮންނަ ލޮނުޒިޔާރަތް ޕާކު، ކަރަންޓު ކަނޑާލީ 20 މިލިއަން ރުފިޔާގެ ކަރަންޓު ބިލަށް ފައިސާ ނުދައްކާ އއޮތުމުން --

މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮންނަ ލޮނުޒިޔާރަތް ޕާކު، ކަރަންޓު ކަނޑާލީ 20 މިލިއަން ރުފިޔާގެ ކަރަންޓު ބިލަށް ފައިސާ ނުދައްކާ އއޮތުމުން --

ސްޓެލްކޯއަށް ދައްކަން ޖެހޭ ކަރަންޓު ބިލުތައް ނުދައްކާތީ މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ބައެއް ތަންތަނުން ކަރަންޓު ކަނޑާލައިފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް "އަދަދު"އަށް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ބައެއް ތަންތަނުން ކަރަންޓު ކަނޑާލީ ކައުންސިލުން ކަރަންޓު ބިލުގެ ގޮތުގާ ސްޓެލްކޯއަށް ދައްކަން ޖެހޭ 20 މިލިއަނެއްހާ ރުފިޔާ ނުދައްކާ އޮތުމުން ކަމަށެވެ. އަދި މިހާރު ކަރަންޓު ކަނޑާލި ތަންތަނަށް ކަރަންޓު ދީފައިވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"ބައެއް ތަންތަނުން ކަރަންޓު ކަނޑާލިން އެކަމަކު މޭޔަރު ގުޅުއްވާފައި މަޝްވަރާކޮށްގެން ގޮތެއް ނިންމުމަށް ހުށަހެޅުއްވުމުން އެކަން ގަބޫލުކޮށް ކަރަންޓު ދީފިން. މީގެ ކުރިން އެތައް ސިޓީއެއް ފޮނުވައިގެން ވެސް ސިޓީ ކައުންސިލުން ޖަވާބު ނުދިނުމުން ކަރަންޓު ކަނޑާލީ," ޝަރީފް ވިދާޅުވި އެވެ.

Advertisement

ސްޓެލްކޯއިންް ކަރަންޓު ކަނޑާލި ތަންތަނުގެ ތެރޭގައި ހިމެނެނީ:

  • ލޮނު ޒިޔާރަތް ޕާކު
  • ސަލްޓަން ޕާކު
  • މާލޭގެ ލޭބާ ކުއާޓަރ، ބަދިގެ
  • ގަސްވިއްކާ ފިހާރަ
  • ވިލިމާލެ ސިޓީ ކައުންސިލް އޮފީސް
  • ވިލިމާލެ ލޭބާ ކުއާޓަރު
  • ހުޅުމާލެ ސިޓީ ކައުންސިލް އޮފީސް

މާލެ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ ޕީޕީއެމް ކައުންސިލަރު އާދަމް ރަމީޒް "އަދަދު"އަށް ވިދާޅުވީ، ކަރަންޓު ކަނޑާލީ އެންގުމަކާ ނުލާ މިއަދު ހަވީރު ކަމަށެވެ. އަދި ލޮނުޒިޔާރަތް ޕާކަކީ ކައުންސިލަށް އާމްދަނީ ލިބޭ ގޮތަށް ކުއްޔަދޭ ތަނެއް ކަމަށްވުމާއެކު، ސްޓެލްކޯއިން ކަރަންޓު ކަނޑާލުމުގެ ސަބަބުން ދެ ކައިވެނި ޕާޓީއެއް ކެންސަލު ކުރަން ޖެހުނު ކަމަށެވެ.

ރަމީޒް ވިދާޅުވީ ކަރަންޓު ކަނޑާލާފައި ވަނީ ސްޓެލްކޯއިން އެދުނު ދެތިން ކަމެއްގެ ހުއްދަ ސިޓީ ކައުންސިލުން ނުދީ ހިފެހެއްޓުމުން ކަމަށެވެ.

އެ ތިން ހުއްދަ ހިފަހައްޓާފައި ވާނީ ސިޓީ ކައުންސިލުން ސްޓެލްކޯގައި އެދުނު ބައެއް ކަންކަމުގެ ހުއްދަ ސްޓެލްކޯއިން ނުދީ ހިފަހައްޓާފައި އޮތުމުން ކަމަށް ރަމީޒް ވިދާޅުވި އެވެ. ސްޓެލްކޯއިން ހުއްދަ ނުދީ ހިފަހައްޓާފައި ވަނީ އާޓިފިޝަލް ބީޗާއި، ކާނިވާ ސަރަހައްދަށް އަދި ސިޓީ ކައުންސިލުން އަލަށް ފެށި ވޭސްޓު މެނޭޖްމެންޓު ހިދުމަތާ ގުޅޭ އޮފީހަށް ކަރަންޓު ލުމުގެ ހުއްދަ އެވެ.

"އެއެއްޗިހި [ހުއްދަ]ތައް ހޯލްޑުގަ ހުރީމަ އަޅުގަނޑުމެން އިއްޔެގަ އެބޭފުޅުންގެ ތިން ހުއްދައެއް ހިފެހެއްޓިން. އެ ތިން ހުއްދަ ހިފެހެއްޓީމަ އަޅުގަނޑުމެންގެ ހުރިހާތަނަކުން އެބޭފުޅުން ކަރަންޓު ކަނޑާލީ. މިއަދު ހަވީރު އަޅުގަނޑުމެން ކައިރީ ނުވެސް ވިދާޅުވެ ކަނޑާލީ. ދެން އަޅުގަނޑުމެން އެ ހުއްދަތައް ދީފިން މިހާރު" ރަމީޒް ވިދާޅުވި އެވެ.

ރަމީޒް ވިދާޅުވީ ސްޓެލްކޯއިން 20 މިލިއަން ކަމަށް ބުނި ނަމަވެސް ހަގީގަތުގައި މާލެ ސިޓީ ކައުންސިލުން ދައްކަން ޖެހޭ ފައިސާގެ ގޮތުގައި އޮންނާނީ 12 މިލިއަން ރުފިޔާ ކަމަށާއި، ބާކީ އަށް މިލިއަން ރުފިޔާއަކީ ސިޓީ ކައުންސިލުގެ ބިން ތަކުގައި ހުރި ބައެއް އަމިއްލަ ވިޔަފާރިތަކުން ދައްކަން ޖެހޭ ފައިސާ ކަމަށެވެ.

ރަމީޒް ވިދާޅުވީ، ކަރަންޓު ބިލު ދެއްކުމަށް ދަތިވަނީ ސިޓީ ކައުންސިލަށްް ހުރިހާ ކަމެއް ކުރުމަށް ދޭ ބަޖެޓު ކުޑަވުމުގެ ސަބަބުން ކަމަށެވެ.

"ސަރުކާރުން އަޅުގަނޑުމެންނަކަށް ނުދޭ އެކަށީގެންވާ މިންވަރަށް ފައިސާއެއް. އަޅުގަނޑުމެންގެ އާމްދަނީ، އެކައުންޓަށް ޖަމާވާ ހުރިހާ ފައިސާއެއް ފިނޭންސުން ހުރީ ހިފަހައްޓާފައި. މިދިޔަ ޖުލައި 26 އިން ފެށިގެން އަޅުގަނޑުމެންނަށް ދީފައި ވަނީ 29 މިލިއަން. އޭގެއިން އަޅުގަނޑުމެން ހުރިހާ ކަމެއް ކުރިއަށް ގެންދަން ޖެހެނީ," ރަމީޒް ވިދާޅުވި އެވެ.

ސްޓެލްކޯއިން މީގެ ކުރިން ވެސް ވަނީ ކަރަންޓު ބިލު ނުދައްކާ ބައެއް ތަންތަނުން ކަރަންޓު ކަނޑާލާފަ އެވެ. އޭގެ ތެރޭގައި ދާދިފަހުން ހަ މިލިއަން ރުފިޔާގެ ކަރަންޓު ބިލު ނުދައްކާ އޮތުމުން ފުޓްބޯޅަ އެސޯސިއޭޝަން އިމާރާތުން ކަރަންޓު ކަނޑާލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox