މިނިސްޓަރު ޝާހިދުގެ އިސްތިއުފާއަށް ގޮވަން ޕީޕީއެމުން މަގުމައްޗަށް ނިކުމެއްޖެ

މިނިސްޓަރު ޝާހިދުގެ ގެ ކުރިމަތީ އިދިކޮޅު ކޯލިޝަނުން ކުރަމުންދާ މުޒާހަރާގެ ތެރެއިން: ހާރިޖީ ވަޒީރުގެ އިސްތިއުފާއަށް ދަނީ ގޮވަމުން -- ފޮޓޯ: ޕީޕީއެމް

މިނިސްޓަރު ޝާހިދުގެ ގެ ކުރިމަތީ އިދިކޮޅު ކޯލިޝަނުން ކުރަމުންދާ މުޒާހަރާގެ ތެރެއިން: ހާރިޖީ ވަޒީރުގެ އިސްތިއުފާއަށް ދަނީ ގޮވަމުން -- ފޮޓޯ: ޕީޕީއެމް

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިސްތިއުފާއަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން މިނިސްޓަރުގެ ގެ ކައިރީގައި މިރޭ މުޒާހަރާ ކުރަން ފަށައިފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ، މިރޭގެ މުޒާހަރާއަކީ މި ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތަކާ އިދިކޮޅުން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއް ކަމަށެވެ.

"ކޮރަޕްޓު މީހުންނަށް، މި ސަރުކާރުގައި ވައްކަން ކުރަމުންދާ މީހުންނަށް އަމާޒުކޮށް ހިންގަމުންދާ މުޒާހަރާތަކެއް މިއީ،" ހީނާ ވިދާޅުވި އެވެ.

Advertisement

ސޯސަންމަގުގައި ހުންނަ ޝާހިދުގެ ގެ ކުރިމައްޗަށް އެއްވެ، މުޒާހަރާގެ ބައިވެރިން ދަނީ ޝާހިދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ގިނަ ވަޒީރުންގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފުލުހުން އަންނަނީ މިހާރު މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ދުރަށް ޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. މިހާތަނަށް މި މުޒާހަރާއިން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައެއް ނުވެ އެވެ.

ނަމަވެސް މާލޭގައި މުޒާހަރާ ކުރުން މި ސަރުކާރުން އޮތީ މަނާކޮށްފަ އެވެ. އަދި މީގެ ކުރިން އިދިކޮޅުން ބޭއްވި ވަރަށް ގިނަ މުޒާހަރާތައް ބާރުގެ ބޭނުންކޮށްގެން ރޫޅާލުމަށްފަހު މީހުން ވެސް ހައްޔަރުކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox