އެމްޑީޕީގެ ޕްރައިމަރީގައި ވާދަނުކުރާނަން، ތާއިދު ކުރަނީ ރައީސް ސޯލިހަށް: ޝާހިދު

ފޮރިން މިނިސްޓަރު ޝާހިދު (ވ) ރައީސް ސޯލިހާއެކު: ޝާހިދު ވިދާޅުވީ ތާއީދު ކުރައްވަނީ ރައީސް އަށް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓަރު ޝާހިދު (ވ) ރައީސް ސޯލިހާއެކު: ޝާހިދު ވިދާޅުވީ ތާއީދު ކުރައްވަނީ ރައީސް އަށް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރަައްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑު [ޕްރައިމަރީގައި] ވާދައެއް ނުކުރަން. ތާއިދު ކުރަނީ ރައީސް ސޯލިހަށް،" ޕްރައިމަރީގައި ޝާހިދު ވާދަކޮށް ކުރައްވަފާނެ ކަމުގެ އަޑުތައް ފެތުރިފައިވާއިރު، "އަދަދު" ނޫހަށް ރޭ އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެ ވަކި ތާރީހެއް އަދި އިއުލާނު ނުކުރާއިރު، ޕްރައިމަރީގައި ރައީސް ސޯލިހު ވާދަ ކުރައްވަން ވަނީ ނިންމަވައިފަ އެވެ.

Advertisement

މި އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވަނީ އެފަދަ އިޝާރާތެއް ކުރައްވާފަ އެވެ. އެ ދުވަހު ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންނަމަ އެ މަނިކުފާނަކީ ޕާޓީއަށް "ޗޮއިސް" އެއް ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ރޭ "އަދަދު" އަށް ވިދާޅުވީ އެ ދުވަހުގެ ޕްރެސް ކޮންފަރެންސްގައި ރައީސް ސާފުކޮށް އެ ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ކުރިން ވިދާޅުވެފައިވާއިރު، އެކަމާ ގުޅޭ ގޮތުން މި ފަހަކަށް އައިސް އެ މަނިކުފާނު ވާހަކަ ދައްކަވާފައެއް ނެތެވެ.

އެމްޑީޕީގެ ޕްރައިމަރީ ފުރަތަމަ ބާއްވާނެ ކަމަށް އަޑު ފެތުރުނީ ނިމިދިޔަ އޮގަސްޓު މަހު އެވެ. އެއަށްފަހު މި މަހު ބާއްވާނެ ކަމަށް އަޑު ފެތުރިފައިވަނިކޮށް މިހާރު އިވެމުންދަނީ އަންނަ އަހަރަށް ލަސްވި ވާހަކަ އެވެ.

އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުލް ސައްތާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ ޕްރައިމަރީ ބޭއްވޭނެ ތާރީހެއް، ޕާޓީގެ އިދާރީ ކަންކަން ފުރިހަމަ ކުރުމަށްފަހު އިއުލާން ކުރެވިގެންދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox