ނެދަލޭންޑްސްގައި ޗައިނާގެ ޕޮލިސް ސްޓޭޝަން ހިންގާ މައްސަލައެއް ފެންމަތިވެއްޖެ

ގަވާއިދާ ހިލާފަށް ނެދަލޭންޑްސްގައި ޗައިނާގެ ޕޮލިސް ސްޓޭޝަން ހިންގާކަން ފަޅާ އެރީ ނޫސްތަކުގެ މަސައްކަތުން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ގަވާއިދާ ހިލާފަށް ނެދަލޭންޑްސްގައި ޗައިނާގެ ޕޮލިސް ސްޓޭޝަން ހިންގާކަން ފަޅާ އެރީ ނޫސްތަކުގެ މަސައްކަތުން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޗައިނާ ސަރުކާރުން ގަވާއިދާ ހިލާފަށް ނެދަލޭންޑްސްގައި ދެ "ޕޮލިސް ސްޓޭޝަން" ގާއިމްކުރި ކަމަށް ނޫސްތަކުން ތުހުމަތުކޮށްފި އެވެ.

ނޫސްތަކުން ކުރި ތަހުގީގުން ލިބިފައިވާ ހެކީގެ މައްޗަށް ބަލާއިރު، "ބައިނަލްއަގްވާމީ ހިދުމަތް ދޭ ސްޓޭޝަން"ގެ ގޮތުގައި ހިންގާ ތަންތަނުގެ ބޭނުމަކީ ޗައިނާ ސަރުކާރާ ދެކޮޅު މީހުން ހުއްޓުވުމެވެ.

ނެދަލޭންޑްސް ފޮރިން މިނިސްޓްރީން ބުނީ ނުރަސްމީކޮށް ފުލުހުންގެ މަރުކަޒުތަކެއް ހިންގުމަކީ މަނާ ކަމެއް ކަމަށެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން އެ ތުހުމަތުތައް ދޮގުކުރެ އެވެ.

ޗައިނާގެ "ޕޮލިސް ސްޓޭޝަންތަކުގެ" ވާހަކަ ފަޅާ އަރުވާލީ ސްޕެއިންގައި ހިންގާ ޖަމިއްޔާ ސޭފްގާޑް ޑިފެންޑާޒްގެ "ޗައިނީޒް ޓްރާންސްނެޝަނަލް ޕޮލިސިން ގޯން ވައިލްޑް" ރިޕޯޓުންނެވެ.

އެ ރިޕޯޓުގައު ބުނީ ޗައިނާގެ ދެ ޕްރޮވިންސެއްގެ އާއްމު ސަލާމަތާ ބެހޭ ބިޔުރޯއިން 54 "ބައިނަލްއަގްވާމީ ޕޮލިސް ސާވިސް ސެންޓަރު" ގާއިމްކޮށްފައިވާ ކަމަށެވެ. އެއީ ފަސް ބައްރުގެ 21 ގައުމެއްގަ އެވެ.

އޭގެ ތެރެއިން ގިނަ ތަންތަން ހުރީ ޔޫރަޕުގަ އެވެ. އެގޮތުން ސްޕެއިންގައި ނުވަ މަރުކަޒު، އިޓަލީގައި ދެ މަރުކަޒު އަދި އިނގިރޭސިވިލާތުގައި ދެ މަރުކަޒު ހުރި ކަމަށްވެ އެވެ.

އެ މަރުކަޒުތައް ހެދީ ޓްރާންސްނޭޝަންލް ކުށް ހުއްޓުވައި، ލައިސެންސް ދޫކުރުން ފަދަ އިދާރީ ބޭނުންތަކަށެވެ. އެކަމަކު ހަގީގަތުގައި އެ ތަންތަން އޮޕަރޭޓް ކުރަނީ ސަރުކާރާ ދެކޮޅަށް ޗައިނާ މީހުން އަޑުއުފުލުން ހުއްޓުވުމަށް ކަމަށް ރިޕޯޓުގައި ބުންޏެވެ.

ރިޕޯޓު އާއްމުކޮށްފައި ވަނިކޮށް އާރްޓީއެލް ނިއުސް އަދި ފޮލޯ ދަ މަނީއިން ވަނީ ޗައިނާގެ ރައްޔިތެއް ކަމުގައިވާ ވާން ޖިންގްޔޫގެ ވާހަކަ ރިޕޯޓުކޮށްފަ އެވެ.

އޭނާ ބުނީ ނެދަލޭންޑްސްގެ "ޗައިނާ ޕޮލިސް ސްޓޭޝަނަކުން" އޭނާއަށް ގުޅައި، އެނބުރި ގައުމަށް ދިޔުމަށް އަންގަމުން ދިޔަ ކަމަށާއި ގައުމުގައި ތިބި އާއިލާއާ މެދު ވިސްނަަން އިންޒާރު ދިން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުމަކަށް ނާދެވި ކޮޕް31 ގެ މަޝްވަރާތައް ހުއްޓުމަކަށް

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާއި މޫސުމީ އެހީގެ ފައިސާއާ މެދު ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާއިރު، ހުރިހާ ގައުމަކުން އިއްތިފާގުވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްވެސް ނަތީޖާއެއް ނުނެރެ ސަމިޓް ނިންމާލަން ޖެހިދާނެއެވެ.

އެފްބީއައިގެ މައި ޑޭޓާބޭސްއެއް ހެކްކޮށްފި

އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ކުށްވެރިންގެ މައުލޫމާތު ރައްކާކުރާ މައި ޑޭޓާބޭސްއަށް ހެކަރުން ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ނޭޝަނަލް ސައިބާ ޑައިރެކްޓަރު މަގާމުން ވަކިކޮށްފައިވާއިރު، މިއީ އެފްބީއައިގެ ނިޒާމުތަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ވޮޝިންގްޓަންގެ އިސްތަށިކޮޅެއް 4،000 ޑޮލަރަށް ވިއްކާލައިފި

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމެއްގައި 4،000 ޑޮލަރަށް ވިއްކާލައިފިއެވެ. މި އިސްތަށިކޮޅަކީ 1799 ވަނަ އަހަރު އޭނާ އަވަހާރަވުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެކުވެރިއަކަށް ދެއްވި ތާރީޚީ އާސާރީ އެއްޗެކެވެ. މީގެ ކުރިންވެސް ވޮޝިންގްޓަންގެ އިސްތަށިކޮޅުތަކާއި އޭނާއާ ގުޅުންހުރި ތަކެތި ނީލަމުގައި ބޮޑު އަގުގައި ވިއްކާފައިވެއެވެ.

ޗާޕޯ އިސިދްރޯ ހައްޔަރުކޮށްފި

އެމެރިކާގެ އެފްބީއައި އިން އެންމެ ބޮޑަށް ހޯދަން ބޭނުންވާ މެކްސިކޯގެ ޑްރަގު ލީޑަރު "ޗާޕޯ އިސިދްރޯ" ބަޑީގެ ހަމަލާތަކަކަށްފަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. މި ކުރިމަތިލުންތަކުގައި 11 މީހަކު މަރުވެފައިވާއިރު، އޭނާ ހައްޔަރުކުރީ އެމެރިކާއަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކުރާ ކަމުގެ ތުހުމަތުގައެވެ. އެމެރިކާގެ އިންޓެލިޖެންސް އެހީގައި ހިންގި މި އޮޕަރޭޝަނަށްފަހު، އޭނާ އެގައުމާ ހަވާލުކުރުމަށް އެމެރިކާ ސަރުކާރުން ދަނީ އެދެމުންނެވެ.

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

Newsletter

Get the latest news delivered straight to your inbox