ކުއްޔަށްދޭ ތަންތަނުގެ ދަފްތަރު ނުހެދޭ، މޭޔަރުގެ ދިފާއުއަކީ ސަރުކާރުން ހެދި ގަވާއިދު!

މޭޔަރު މުއިއްޒު "އަދަދު" އަށް އިންޓަވިއު ދެއްވަނީ--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މޭޔަރު މުއިއްޒު "އަދަދު" އަށް އިންޓަވިއު ދެއްވަނީ--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނުގެ ދަށުން ހަދަން ޖެހޭ ކުއްޔަށް ދިނުމުގެ ދަފްތަރުގެ މަސައްކަތް ނުނިމޭ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިދިޔަ ނޮވެންބަރު މަހު ތަސްދީގުކުރި މި ގާނޫނުގައި ވަނީ ދިވެހިރާއްޖޭގައި ކުއްޔަށްދޭ ހުރިހާ ތަންތަނުގައި އެންމެ ދަށްވެގެން ހުންނަންޖެހޭ މިންގަނޑުތައް ކަނޑައަޅައި، ދަފްތަރެއް އެކުލަވާލަން ޖެހޭނެ ކަމަށް ބުނެފަ އެވެ.

ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ގާނޫނުގައިވާ ގޮތުން ކޮންމެ ރަށެއްގައި ވެސް ކުއްޔަށް ދޭ ތަންތަނުގެ ދަފްތަރު ކަނޑައަޅަންޖެހެނީ އެ ރަށެއްގެ ކައުންސިލުންނެވެ. އަދި މުޅި ރާއްޖޭގެ ދަފްތަރެއް ހޯމް މިނިސްޓްރީން ގެންގުޅެންޖެހެ އެވެ.

މިކަމާ ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން މުއިއްޒު ވިދާޅުވީ އެ މަސައްކަތް "ނުހިނގާ" ކަމަށެވެ.

"އަޅުގަނޑުމެންނާ މަޝްވަރާނުކޮށް ގަވައިދު ހަދައި ގެޒެޓުކޮށްފައި އޮތީ، އަޅުގަނޑުމެން ޕްލޭނިން މިނިސްޓްރީއާ މަޝްވަރާ ކުރަމުން އެބަ ދަން މި ގަވައިދު ތަންފީޒުކުރުމުގައި އަދި ބަލަން ޖެހޭ ކަންކަން ނިންމަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި ގޯތިގެދޮރު ކުއްޔަށް ދޭ ބޮޑެތި ސަބަބުތަކެއް ހުރިއިރު، މިކަން ކުރުމުގައި ގިނަ ކަންތައްތަކަކަށް ރިއާޔަތް ކުރަން ޖެހޭ ކަމަށެވެ.

ކަމާ ގުޅުން ހުރި އިދާރާތަކާއެކު މަޝްވަރާތައް ނިމުމުން، އޭގެ އަލީގައި ދަފްތަރުގައި ރެޖިސްޓްރީކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިކަން ކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވި ގޮތުގައި އެކަމަށް ބޭނުންވާ ގިނަ ވަސީލަތްތައް ވެސް ކައުންސިލްގައި ނެތެވެ.

"ކަމަކީ ވަރަށް ބޮޑު ކަމެއް، ސްޓާފުން ބޭނުންވާނެ، ބަޖެޓު ބޭނުންވާނެ، އަދި ޓައިމްލައިނެއް ބޭނުންވާނެ، އެއަށް ބޭނުންވާ ޑޭޓާ ބޭސް އާ އެހެނިހެން އިދާރީ ބައިވަރު ކަންކަން ހުންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

ތަސްދީގުކޮށްފައިވާ ގާނޫނުގައި ވަނީ ގެދޮރު ކުއްޔަށް ހިފާ ފަރާތްތަކާއި ކުއްޔަށް ދޭ ފަރާތްތައް ވެސް އަމަލު ކުރަންޖެހޭ ގޮތްތަކެއް ބަޔާންވެ، ދެ ފަރާތަށް ލިބިފައިވާ ހައްގުތައް ވެސް ސާފުކޮށް ބަޔާން ކޮށްފަ އެވެ. އެގޮތުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ގިނަވެގެން ނެގޭނީ ދެ މަސް ދުވަހުގެ ކުލީގެ ފައިސާކަން ގާނޫނުން ވަނީ ކަނޑައަޅައިފަ އެވެ.

އޭގެ އިތުރުން، ކުއްޔަށް ދޭ ތަނުގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު އެތަނެއްގައި އެންމެ ގިނައިން އުޅެވޭނެ މީހުންގެ އަދަދު ކަނޑައަޅަންޖެހެ އެވެ. އަދި ސަބް ލީޒްއަށް ތިން ވަނަ ފަރާތަކަށް ކުއްޔަށް ދޭ ނަމަ އެކަން ކުރެވޭނީ ކުއްޔަށް ދޭ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް އޮވެގެން ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox